މެޑަމް ސާޖިދާ ގެންގުޅުއްވާ ލިސްޓަކަށް ގޯތި ދޫކުރާ ކަމަށް ބުނެ ފަތުރަނީ ދޮގު ވާހަކަ: ރައީސް
"ގެދޮރުވެރިޔާ" ސްކީމްގެ ދަށުން ގޯތި ދިނުމުގައި މެޑަމް ސާޖިދާ ގެންގުޅުއްވާ ލިސްޓަކަށް ގޯތި ދޫކުރާ ކަމަށް ބުނެ ފަތުރާ ވާހަކަ ތަކަކީ އެއްވެސް ހަގީގަތެއް ނެތް ވާހަކަތަކެއް ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.
ރައީސް މުޢިއްޒު މިފަދައިން ވިދާޅުވީ އާންމުންނަށް ރައީސާ ސުވާލުކުރެވޭ ގޮތަށް ކުރިއަށް ގެންދާ “ރައީސްގެ ޖަވާބު”ގައި އާންމުންގެ ފަރާތަކުން ކުރެއްވި ސުވާލަކަށް ޖަވާބުދެއްވަމުންނެވެ.
އެ ފަރާތުން ކުރެއްވި ސުވާލުގައި ވަނީ ސަރުކާރުން ފްލެޓް ބަހާ ގޮތާއިމެދު ފެތުރޭ ބައެއް ވާހަކަތަކުގެ ހަގީގަތް ހޯއްދެވުމަށް ރައީސާ ސުވާލު ކޮށްފައެވެ. އޭނާ ވަނީ ގޯއްޗާއި ފްލެޓު ދިނުމުގައި މެޑަމް ސާޖިދާ، ލިސްޓެއް ގެންގުޅުއްވާ ކަމަށް ގޮތް ނޭނގޭ މީޑިއާތަކުން ހަބަރު ފަތުރަމުންދާތީ އެކަމާ ގުޅޭ ގޮތުން ރައީސްގެ މެސެޖް މެސެޖަކީ ކޮބައިތޯ އައްސަވާފައެވެ.
އެ ސުވާލުޖެ ޖަވާބުގައި ރައީސް ވިދާޅުވީ އެމަނިކުފާނުގެ އަންހެނުން ވިޔަސް، ރައްޓެއްސެއް ވިޔަސް، އަދި ސަރުކާރުގެ މަގާމެއްގައި ހުރި މީހެއް ވިޔަސް، އެއްވެސް ކަހަލަ ނުފޫޒެއް އެއްވެސް ދިމާލަކުން ފޯރުވައިގެން ސަރުކާރުން އެއްވެސް ރައްޔިތެއްގެ ހައްގަކަށް ނާރާނެ ކަމަށެވެ.
“އެއިން އެއްވެސް ކަމަކަށް އެއްވެސް ފަރާތެއްގެ ނުފޫޒެއް ފޯރުވުމަކީ އަޅުގަނޑު ޖާގަ ދޭނެ ކަމެއް ނޫން. އަދި އެކަހަލަ ކަމެއް ހިންގާ މީހެއްގެ މައުލޫމާތު ލިބިއްޖެ ނަމަ އެކަމަކަށް އިސްވެ އަޅުގަނޑު ފިޔަވަޅު އަޅާނަން” ރައީސް ވިދާޅުވިއެވެ.
ރައީސް ވިދާޅުވީ މިހާރު ނެރޭ ލިސްޓު ނޫނީ އެއްވެސް އެކަހަލަ މައުލޫމާތަކާ ގުޅޭ ގޮތުން ދައްކާ ވާހަކަތަކަކީ ހަގީގަތާ ހިލާފު ވާހަކަތަކެއް ކަމަށެވެ.
މެޑަމް ފާތުންގެ ލިސްޓަށް ބަހައިފަހުރި މީހަކު ތިކަން ނުކުރާނެއޭ ބުނާނީ ކިހިނެއް.