ލައިފްސްޓައިލް

ހާސްވެ ކަންބޮޑުވަނީތަ؟ މިއޮތީ އެކަމުން ވެސް ނެގިދާނެ ފައިދާތަކެއް!

ދެން އެމްވީ ، ދެން އޮންލައިން

އަހަރެމެން ދުނިޔޭގައި ދިރިއުޅުމުގެ ވަގުތުތައް ހޭދަކުރަމުން ދާއިރު، ހަމަ ޔަގީނުންވެސް ވަރަށް ގިނަ ގޮންޖެހުންތަކާ ދިމާވާނެއެވެ. ޝައްކެއްވެސް ނެތެވެ. އެއްވެސް މީހަކަށް އަބަދަކު އުފަލުގައެއް ނޫޅެވޭނެއެވެ. ހިތާމައާ ވެސް ކުރިމަތިލާން ޖެހޭނެއެވެ. އެއީ ދުނިޔޭގެ އުސޫލު ވެސް މެއެވެ. ބައެއް މީހުންނަކީ ވަރަށް ފަސޭހައިން ކަންކަމާ ކަންބޮޑުވެ ހާސްވާ މީހުންނެވެ. ދިރިއުޅުމުގެ ކަންކަމާމެދު ވިސްނައި ، ސްޓްރެސް ވާ މީހުންނެވެ. ކަންކަމާއި ފަސޭހައިން ކަންބޮޑުވެ ހާސްވާނަމަ އެކަމުން ވެސް ފައިދާ ނެގިދާނެއެވެ.

Ads by STELCO

ކަމަކާ ދޭތެރޭ ވިސްނާ މާބޮޑަށް ހާސްވާނަމަ އެކަމާ ކުރިމަތި ލާށެވެ. ބޮޑު އުނދަގުލަކާ ކުރިމަތި ލާން ބިރުން އަބަދު އެކަމާ ދޭތެރޭ ވިސްނުމުގެ ބަދަލުގައި، އެ އުނދަގުލަކާ ކުރިމަތި ލާށެވެ. ކަންކަމާ ދޭތެރޭ ހާސްވެ ބިރުގަތުމަކީ ވެސް ދިރިއުޅުމުގައި ކުރިމަތި ލާން ޖެހޭނެ ކަމެއްކަން ދަނެގެން، އެކަން އަމިއްލަ ނަފްސަށް ވިސްނައިދޭށެވެ. މި ފަދައިން ހާސްވެ ކަންބޮޑުވާ ކަންކަމާ ކުރިމަތިލުމުން ދިރިއުޅުމުގައި އިތުރަށް ރަނގަޅު ކުރަން ހުންނަ ކަންކަން ވެސް އެނގޭނެއެވެ.

ދިރިއުޅުމުގައި އެއްވެސް ވަރަަކަށް ކަންކަމާ މެދު ފަސޭހައިން ހާސްވުމާއި ކަންބޮޑުވުމަކީ ތިބާގެ ބަލި ފަޔަކަށް ވިޔަ ނުދޭށެވެ. އޭގެ ބަދަލުގައި ކަންކަމާ ދޭތެރޭ ހާސްވުމާއި ކަންބޮޑުވުން ހަދަންވީ ތިބާގެ ހިތްވަރަކަށެވެ. ދިމާވާ ގޮންޖެހުންތަކުގައި ފަސޭހައިން ، ހާސްވުން ކޮންޓްރޯލްކޮށް ބަލި ފަޔަކަށް ވުމުގެ ކުރިން އެކަންކަމަކީ ތިބާގެ ހިތްވަރާއި ބުންވަރަށް ހަދާށެވެ.

ހަޔާތް އަބަދު އެއް މަގަކުން ކުރިއަށް ގެންދިއުމުގެ ބަދަލުގައި ބައެއް ފަހަރު މަގު ބަދަލު ކޮށްލާށެވެ. އެ ގޮތުން ދިރިއުޅުމުގައި ކުރިން ނުކުރާ އާ އެހެނަސް ފައިދާ ހުރި ކަންކަން ކުރާށެވެ. އަބަދު އެއްގޮތަކަށް އުޅެ އެ ކަންކަމާ މެދު ހާސްވެ ކަންބޮޑުވެ އެކަމާ ދޭތެރޭ ވިސްނުމުގައި ދުވަސްތައް ހޭދަކުރުމުގެ ބަދަލުގައި އާ ކަންކަން ތަޖުރިބާ ކޮށްލާށެވެ. އުޅޭ އުޅުމަށް ހެޔޮ ބަދަލުތައް ގެންނާށެވެ.

ހަގީގަތުގައި ދިރިއުޅުމުގައި ކާމިޔާބު ހާސިލު ކުރެވޭނީ ވަރަށް ހިތްވަރުގަދަ އަދި ކެރޭ ކުޅަދާނަ މީހުންނަށެވެ. ދިރިއުޅުމުގައި އަބަދު ހުރިހާ ކަމެއް އެއްގޮތަށް ނުހިނގާނެކަން ގަބޫލުކުރަން ޖެހެއެވެ. ތިބާގެ ގާތް އަދި އެ މީހަކު ދެކެ ތިބާ ވަރަށް ލޯބިވާ މީހަކު ވެސް ބައެއް ފަހަރު ތިބާގެ ހަޔާތުން ދުރު ވެދާނެއެވެ. ނުވަތަ ހިތާމައެއް ދީފާނެއެވެ. އެފަދަ ހާލަތްތަކުގައި އެ ކަންކަމާ ވެސް ކުރިމަތި ލާން ޖެހޭނެކަން ގަބޫލުކޮށް، ދިރިއުޅުމައިގެން ކުރިއަށްދާށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!