Thursday, 5 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އެސްޓީއޯ ރަމަޟާން ބާޒާރު: 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް

އެސްޓީއޯ ރަމަޟާން ބާޒާރު: 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް

ކޮންމެ އަހަރަކު ވެސް އެސްޓީއޯއިން ބާއްވަމުންދާ އެސްޓިއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސްގެ "ރަމަޒާން ބާޒާރު" ޕްރޮމޯޝަން މިއަދު ފަށައިފިއެވެ.

އެސްޓީއޯ އިން ބުނީ މި ޕްރޮމޯޝަން ކުރިއަށްދާނީ އޭޕްރިލް 11 ގެ ނިޔަލަށް ކަމަށެވެ. ޕްރޮމޯޝަން ކުރިއަށް ދާނީ އެސްޓީއޯގެ މަކިޓާ ޝޯވްރޫމް، އެސްޓިއޯ ކޮންސްޓްރަކްޝަން ސޮލިއުޝަންސް ޝޯރޫމްއިންނެވެ (އަމީނީ މަގު، ނިޕޯން ޝޯރޫމް), އަދި ލ. ފޮނަދޫގެ ފިހާރައިގައި ކަމަށެވެ.

މި ޕްރޮމޯޝަންގައި އެސްޓީއޯއިން ވިއްކާ ޕްރޮޑަކްޓުތަކުން 50 ޕަސެންޓާ ހަމައަށް ޑިސްކައުންޓް ލިބޭއިރު "ރަމަޒާން ބާޒާރު"ގައި ކޮންމެ 1000ރ. ގެ ވިޔަފާރި އަކަށް ޑިޖިޓަލް ކޫޕަނެއް ލިބޭނެއެވެ. އަދި ކޫޕަން ލިބޭ ފަރާތްތަކުގެ މެދުގައި ރޯދަ މަސްނިމުމުން ގުރުއަތު ނަގާނެއެވެ.

Advertisement
Allied — Dhen Online (box)

<img class="aligncenter wp-image-211705 size-full" src="https://cdn.dhen.mv/wp-content/uploads/2024/02/photo1707196923-1.jpeg" alt="" width="985" height="657" />

މި ލަކީޑްރޯ އިން އެއް ވަނަ އަށް ހޮވޭ ފަރާތަކަށް ބައިލައްކަ ރުފިޔާގެ މުދަލުގެ ގިފްޓް ވައުޗާރ އެސްޓިއޯ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސް އިން ލިބޭނެއެވެ.

މީގެ އިތުރުން ހަ ނަސީބުވެރި ފަރާތަކަށް ފަސްހާސް ރުފިޔާގެ މުދާ އެސްޓީއޯގެ ކޮންސްޓްރަކްޝަންސް ސޮލިއުޝަންސްގެ އައުޓްލެޓްތަކުން ބައްލަވައި ގެނެވިދާނެ ކަމަށާއި އެގޮތުން ސިމެންތި, ހިލަ, ހިލަވެލި، އަދި ނިޕޯން ޕެއިންޓް ފަދަ އާންމުކޮށް ކޮންސްޓްރަކްޝަން އިންޑަސްޓްރީގައި ބޭނުންކުރާ ބާވަތްތައްވެސް އިނާމު ލިބޭ ނަސީބުވެރިންނަށް ނެގޭނެ ކަމަށް އެސްޓީއޯ އިން ބުންޏެވެ.

ނިޕޯން ޕެއިންޓް އަކީ ސިންގަޕޫރްގެ ނަންބަރު ވަން ޕެއިންޓް ބްރޭންޑް. އެސްޓީއޯއަކީ ނިޕޯން އަދި މަކިޓާގެ ރާއްޖޭގެ އޮތޮރަޒައިޑް ޑިސްޓްރިބިއުޓާއެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް