ބީއެމްއެލްއިން ކާޑުގެ ޑޮލަރު ލިމިޓު 25 ޑޮލަރަށް ކުޑަ ކުރަނީ

ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް)ގެ ކާޑުތަކުން ބޭރުގެ ވިޔަފާރީގެ މުއާމަލާތް ކުރުމަށް ކަނޑައެޅިފައިވާ ކާޑު ލިމިޓު 25 ޑޮލަރަށް ކުޑަކުރަން ނިންމައިފިއެވެ.
ބީއެމްއެލް އަށް ޑޮލަރު ލިބުމުގެ ދަތިކަން ދިމާވުމުގެ ސަބަބުން އެ ކުންފުނިން ވަނީ މި ހާލަތަށް ބަދަލެއް އަންނަންދެން ކާޑު ތަކުގެ ޑޮލަރު ލިމިޓް ކުޑަކުރުމަށް ނިންމާފައެވެ .
އެގޮތުން ޑެބިޓް ކާޑުގެ ލިމިޓު 25 ޑޮލަރަށް އަދި ކްރެޑިޓް ކާޑުގެ ލިމިޓު 75 ޑޮލަރަށް ކުޑަކުރަން ނިންމާފައިވާ ކަމުގެ މައުލޫމާތު ވަނީ ލިބިފައެވެ.
އެކަމާއި ގުޅޭ ގޮތުން ބޭންކުން ''ދެން'' އަށް ފޮނުވި މެސެޖެއްގައި ބުނީ ބޭންކުން ކަސްޓަމަރުންނަށް ޑޮލަރުގެ އެހީތެރިކަން ދެވެން އޮންނަނީ ބޭރު ފައިސާ ގަތުމަށް ބޭންކަށް ލިބިގެންދާ އަދަދެއްގެ މައްޗަށް ބިނާކޮށް ކަމަށެވެ. އިތުރު ތަފްސީލެއް ނުދެއެވެ.
25 ޑޮލަރއަލިމިޓުކުރީމާ މީސްމީހުންގެ އެކައުންޓު އިން ނަގާ ހަދަނީ ކިހިނެތް.