ޚަބަރު ސަރުކާރު

އެކިއެކި ނަންނަމުގައި ހަށިވިއްކުމުގެ ވިޔަފާރިކުރާ 111 ތަނެއް މާލޭގައި އެބަހުރި: އިހުސާން

ރައުފާ ރަޝީދު ، ދެން އޮންލައިން
ހޯމް މިނިސްޓަރު އަލީ އިހުސާން.. ފޮޓޯ: ދާހިލީ ސަލާމަތާއި ފަންނިއްޔާތާ ބެހޭ ވުޒާރާ

މާލޭ ސަރަހައްދުން އެކަނި ވެސް އެކިއެކި ނަންނަމުގައި ހަށިވިއްކުމުގެ ވިޔަފާރިކުރާ 111 ތަނެއް ފާހަގަކުރެވިފައިވާ ކަމަށް ހޯމް މިނިސްޓަރު އަލީ އިހުސާން މިއަދު ވިދާޅުވެއްޖެއެވެ.

Ads by STELCO

ހޯމް މިނިސްޓްރީއާއި އެ މިނިސްޓްރީގެ ދަށުން ހިންގާ އިދާރާތަކުން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިނިސްޓަރު އިހުސާން ވިދާޅުވީ ސަލޫންތަކުގެ ނަމުގައި މާލެ ސަރަހައްދުގައި ފުޅާ ދާއިރާއެއްގައި ހަށިވިއްކުމުގެ މަސައްކަތް ކުރަމުންދާ 111 ތަނެއް މިނިސްޓްރީގެ ސަމާލުކަމަށް އައިސްފައިވާކަމަށެވެ.

އެ ތަންތަނާއި ދޭތެރޭ ގާނޫނީ ފިޔަވަޅު އެޅުމުގެ މަސައްކަތް މިނިސްޓްރީން ކުރަމުން އަންނަކަމަށް މިނިސްޓަރު ވިދާޅުވިއެވެ. އަދި ހަަށިވިއްކާ ބިދޭސީން ވަގުތުން އެމީހެއް ފުރުވާލާނެ ކަމަށާއި ރާއްޖޭގެ އިންނަ އުސޫލުގެ ތެރެއިން އޭނާ ބަންދުކޮށް, ޝަރީޢަތް ހިންގުން ފަދަ ކަންކަން ނުކުރާ ކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

"މީގަ އުސޫލެއްގެ ގޮތުން މިހާރު ފޮލޯ ކުރަމުންދާ ސްޓޭންޑަޑަކީ ބިދޭސީއެއް ކަމަށްވެއްޖިއްޔާ އޭނާ ވަގުތުން ފުރުވާލަނީ. ރާއްޖޭގެ އިންނަ އުސޫލުގެ ތެރެއިން އޭނާ ބަންދުކޮށް އޭނަގެ މައްޗަށް ޝަރީޢަތް ހިންގާ އެއީ ވަރަށް ހަރަދު ބޮޑު އަޅުގަނޑުމެން ކުރަން ބޭނުން ވެސް ނުވާ ކަމެއް"

މާލޭން ހަށިވިއްކުމުގެ މައްސަލަތަކުގައި ދޭތެރެދޭތެރެއިން މީހުން ހައްޔަރުކުރެއެވެ. އެފަދަ މީހުން އާންމުކޮށް ފުލުހުން ހައްޔަރުކުރަނީ މަސާޖު ޕާލާތަކާއި ސްޕާތަކުންނެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!