ޚަބަރު

އަމިއްލައަށް އެދިގެން އުޅަނދު ނައްތާލަން ބޭނުންވާ ފަރާތްތަކަށް އެ ފުރުސަތު ހުޅުވާލައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

އަމިއްލައަށް އެދިގެން އުޅަނދު ނައްތާލަން ބޭނުންވާ ފަރާތްތަކަށް ޓްރާންސްޕޯޓު މިނިސްޓްރީއިން އެ ފުރުސަތު ހަމަޖައްސަދީފިއެވެ.

Ads by Sosun Fihaara

ޓްރާންސްޕޯޓް މިނިސްޓްރީއިން ބުނީ އެއްގަމު އުޅަނދު ތޮއްޖެހުމުގެ ސަބަބުން މާލެ ސަރަހައްދުގެ ޓްރެފިކް ފްލޯއަށް ދިމާވެފައިވާ މައްސަލަތަކާއި މަގުމަތި ތޮއްޖެހުމުގެ ސަބަބުން އާންމުންނަށް ދިމާވެފައިވާ މައްސަލަތަކަށް ހައްލު ހޯދުމުގެ ބޭނުމަށް ޓްރާންސްޕޯޓު މިނިސްޓްރީއިން އިސްނައިގެން އެކުލަވާލި އާބަން ޓްރެފިކް ޑީ ކޮންޖެޝަން މެނޭޖްމަންޓް ކޮމިޓީގެ މަޝްވަރާގެ މަތިން، ކުރު ރާސްތާ އަދި ދުރު ރާސްތާގައި ކުރެވިދާނެ ކަމަށް ނިންމި މަސައްކަތްތަކުގެ ތެރެއިން ފުރަތަމަ ފެށުމަށް ނިންމާފައިވާ މަސައްކަތް ކަމަށެވެ.

މި މަސައްކަތުގެ މަޤްސަދަކީ މާލެ އަދި ހުޅުމާލޭގެ މަގުތަކުގައި ގިނަ ދުވަހު ބޭނުން ނުކޮށް ބަހައްޓާފައިވާ އުޅަނދުތަކުގެ ސަބަބުން މަގުމަތި ފުރި، 4 ލޭނުގެ މަގުތައް 2 ލޭނަށް ކުޑަވަމުންދިއުމުގެ ސަބަބުން މަގުމަތި ބޭނުންކުރާ ފަރާތްތަކަށް އެކަމުގެ ސަބަބުން ކުރިމަތިވަމުންދާ އުނދަގޫތަކަށް އަވަސް ހައްލެއް ހޯދުން ކަމަށެވެ.

މިނިސްޓްރީން ވިދާޅުވީ އެ ޕްރޮގްރާމްގެ ދަށުން ހުޅުވާލެވޭ ފުރުސަތުގައި ބައިވެރިވާން ބޭނުންވާ ފަރާތްތައް އެ މިނިސްޓްރީގެ ވެބްސައިޓުން ފޯމު ޑައިންލޯޑްކުރުމަށްފަހު، ފޯމު ފުރާ އީމެއިލް އިން ނުވަތަ މިނިސްޓްރީގެ ރިސެޕްޝަނަށް ހުށަހެޅޭނެ ކަމަށެވެ.

މި ފުރުސަތު ހުޅުވާފައިވަނީ މި މަހުގެ 8 އިން އަންނަ މަހުގެ 3 ވަނަ ދުވަހުގެ ނިޔަލަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!