ޚަބަރު ސިޔާސީ

އިންތިހާބު ފަސްކުރާ ބިލު ވަގުތުން ތަސްދީގުކުރަން އެމްޑީޕީން ގޮވާލައިފި

ރައުފާ ރަޝީދު ، ދެން އޮންލައިން

ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު ރޯދައިގެ ފަހަށް ފަސްކުރުމަށް މަޖިލީހުން ފާސްކުރި ބިލް ވަގުތުން ތަސްދީޤުކުރަންޖެހޭ ކަމަށް، އެމްޑީޕީގެ ޗެއާޕާސަން ފައްޔާޒު އިސްމާއިލް ގޮވާލައިފިއެވެ.

Ads by STELCO

ފައްޔާޒު އެހެން ވިދާޅުވީ މަޖިލީހުގެ އިންތިހާބު ރޯދަ މަސް ނިމޭތާ ދިހަ ދުވަސް ފަހުން ބާއްވަން މަޖިލީހުން ފާސްކޮށްފައިވާ ދަނޑިވަޅެއްގައެވެ.

ފައްޔާޒު ވިދާޅުވީ އިންތިޚާބުތައް ބާއްވަން ވާނީ ރައްޔިތުންގެ ބައިވެރިވުން ބޮޑު ވާނޭ ގޮތަށް ބަލައިގެން ކަމަށެވެ. އަދި ރައްޔިތުންގެ ވަކީލުން ހޮވުމުގެ އިންތިޚާބު ރަމަޟާންމަހު ބޭއްވުމުން އެ ދަތިކުރެވެނީ ވޯޓުދިނުމުގެ އަސާސީ ޙައްޤުގެ ބޭނުންކުރުމަށް ކަމަށާއި އެހެންވެ އިންތިޚާބު ފަސްކުރުމަށް ފާސްކުރި ބިލް ވަގުތުން ތަސްދީޤުކުރުމަށް ގޮވައިލެއްވިއެވެ.

މަޖިލިސް އިންތިޚާބު ބާއްވަން އަދި ހަމަޖެހިފައި އޮތީ ރޯދަ މަހުގެ ތެރޭގައި މި އަންނަ މަހުގެ 17 ވަނަ ދުވަހުއެވެ. ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު ރަމަޟާން މަހުގެ ތެރޭގައި ބާއްވާ ގޮތަށް ހަމަޖެހިފައިވާތީ، އިންތިހާބު ފަސްކުރުމަށް މަޖިލީހުން ވަނީ ގާނޫނަށް މާއްދާއެއް އިތުރުކުރުމަށް ނިންމާ، އެގޮތަށް ފާސްކޮށްފައެވެ. މި އިސްލާހު ފާސްކޮށް، ރައީސުލްޖުމްހުރިއްޔާއަށް ތަސްދީގު ކުރުމަށް ވަނީ ފޮނުވާފައެވެ.

Ads by Allied Insurance
  1. ނުޖެހޭ ތަސްދީގު ކުރަން ކަލޭމެން ކައްކާހާ ބަތަކަށް ރައީސް ނުޖެހޭނެ ރިހައަޅަން އެނގިއްޖެ ފުއްޕަންވެސް އޮތީ ތިންމަސް