އިދިކޮޅު އެމްޑީޕީގެ ރައީސް ކަމުގެ މަގާމަށް ކުރިމަތިލެއްވި ކުރީގެ ފޮރިން މިނިސްޓަރު ޝާހިދު، އިންތިހާބަކާއި ނުލާ އެ މަގާމަށް އިންތިހާބުވެއްޖެއެވެ.
އެމްޑީޕީން ވިދާޅުވީ އެޕާޓީގެ ރައީސްކަމަށް ކުރިމަތިލުމަށް ހުޅުވާލި ފުރުސަތުގެ މުއްދަތުހަމަވިއިރު، އެމަޤާމަށް ކުރިމަތިލާފައިވަނީ އެންމެ މެންބަރަކަށްވާތީ، ހ. ރަބީޢީމަންޒިލް / މާލެ، ޢަބްދުﷲ ޝާހިދު އިންތިޚާބަކާއިނުލާ އެމަޤާމަށް ހޮވިފައިވާކަމަށެވެ.
އެމްޑީޕީގެ ރައީސްކަމުގެ މަޤާމް ހުސްވީ އެޕާޓީގެ ރައީސް ކަމުގައި ހުންނެވި ކުރީގެ ރައީސް މުހައްމަދު ނަޝީދު އެ މަގާމުން އިސްތިއުފާ ދެއްވުމުންނެވެ. ރައީސް ނަޝީދު އެ މަގާމުން އިސްތިއުފާ ދެއްވީ ޕާޓީގެ ލީޑާޝިޕާއި މެދު އުފެދުނު ހިޔާލު ތަފާތުވުންތަކަކާއި ގުޅިގެންނެވެ.
ގިނަ ދުވަސްތަކެއް ވަންދެން ސިޔާސީ ހަރަކާތްތަކުގައި ހިދުމަތް ކުރައްވާފައިވާ ޝާހިދު، އެމްޑީޕީއާ ގުޅިވަޑައިގަތީ ރައީސް މައުމޫންގެ 30 އަހަރުގެ ވެރިކަން ނިމުނު ފަހުންނެވެ. އެއީ 2013ވަނަ އަހަރުގެ އޭޕްރީލް މަހުގެ ތެރޭގައެވެ.
ކާޕެޓް ގަންނާނެ ކަމެއނެތް