ޚަބަރު ރައްޔިތުންގެ މަޖިލިސް ސަރުކާރު

މެމްބަރުން ޕާޓީ ބަދަލުކުރުން ހުއްޓުވަން، ގޮނޑި ގެއްލޭ ބިލެއް ހުށަހަޅައިފި

އަލީ ސަމާޙް ، ދެން އޮންލައިން
މަޖިލީހުގެ ޖަލްސާއެއް ކުރިއަށްދަނީ

ރައްޔިތުންގެ މަޖިލީހުގެ މެންބަރުން އިންތިހާބުވާ ޕާޓީން ވަކިވެއްޖެނަމަ ގޮނޑި ގެއްލޭ ގޮތަށް އެންޓި ޑިފެކްޝަން ގާނޫނެއް އިދިކޮޅު އެމްޑީޕީން މަޖިލީހަށް ހުށަހަޅައިފިއެވެ.

Ads by STELCO

މިއަދު އެމްޑީޕީގެ ޕީޖީ ގްރޫޕުން މަޖިލީހުގެ އިދާރާގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ޕީޖީ ލީޑަރު މުހައްމަދު ރަޝީދު (ބިގޭ) ވިދާޅުވީ، ވަކި ޕާޓީއަކުން މަޖިލީހަށް އިންތިހާބުވެ ވަޑައިގަންނަވާ މެމްބަރުން، އިންތިހާބުވާ ފަހުން ޕާޓީ ބަދަލުވާ މައްސަލައިގެ ކަންބޮޑުވުންތައް ރައްޔިތުންގެ ފަރާތުން ލިބެމުންދާ ކަމަށެވެ. އެހެންވެ އެކަން ހުއްޓުވުމަށް މަޖިލީހަށް ބިލެއް ހުށަހަޅާފައިވާ ކަމަށް ވިދާޅުވިއެވެ.

ބިގޭ ވިދާޅުވީ އެކި ސަބަބުތަކާއި ހުރެ އެ ބިލުގެ މަސައްކަތް މަޖިލީހުގެ ތަޅުމުގައި ކުރިއަށް ގެންދިޔުމުގެ ޖާގަ އަދި މިހާތަނަށް ލިބިފައިނުވާ ކަމަށެވެ.

އެމްޑީޕީން ހުށަހެޅި ބިލުގައިވާ ގޮތުންނަމަ މަޖިލީހަށް ޕާޓީ ޓިކެޓެއްގައި ވާދަކޮށް އިންތިހާބުވާ މެމްބަރަކު އަމިއްލަ އަށް ޕާޓީން ވަކިވެއްޖެނަމަ މެމްބަރުކަމުން އަމިއްލައަށް އިސްތިއުފާ ދޭންޖެހޭނެއެވެ.

މެމްބަރަކު އިންތިހާބުވި ޕާޓީން އޭނާ ވަކިކޮށްފިނަމަ އިލެކްޝަންސް ކޮމިޝަނުން އެ މެމްބަރަކު ނިސްބަތްވާ ދާއިރާގައި އެ މެމްބަރު އިތުރަށް ބަހައްޓަން ފެންނަ ނުފެންނަ ވޯޓެއް ނަގަންޖެހޭނެއެވެ.

އެންޓި ޑިފެކްޝަން ބިލެއް ހުށަހަޅާ ގާނޫނެއް އެންމެ ފުރަތަމަ އެކުލަވާލީ 18 ވަނަ ރައްޔިތުންގެ މަޖިލީހުގަ އެވެ.

Ads by HDC
  1. ޢަޙުމަނިކު

    މިއީ އަޅުގަނޑު މެމްބަރު ޔަޢުގޫބު އަށް ކުރިން ދެންނެވިފައި ވާހަކައެއް.މިއީ އަނެއްކާ އެމެމްބަރ ހިއްޕުޅާވާ ކަމެއްތޯ ؟؟؟؟ ޢަހާލަން ބޭނުންވާ ކަމެއް.

  2. ޢަހުމަދު

    މިއީ އަޅުގަނޑު މެމްބަރު ޔަޢުގޫބު އަށް ކުރިން ދެންނެވިފައި ވާހަކައެއް.މިއީ އަނެއްކާ އެމެމްބަރ ހިއްޕުޅާވާ ކަމެއްތޯ ؟؟؟؟ ޢަހާލަން ބޭނުންވާ ކަމެއް.