ޚަބަރު ރައްޔިތުންގެ މަޖިލިސް

މުއައްސަސާތަކުގެ ވެރިންނާއި ފަނޑިޔާރުންނާއި ކައުންސިލަރުންގެ މުސާރަ ބޮޑުކުރަން ފާސްކޮށްފި

ރައުފާ ރަޝީދު ، ދެން އޮންލައިން

މިނިވަން މުއައްސަސާތަކުގެ ވެރިންނާއި ފަނޑިޔާރުން އަދި ކައުންސިލަރުންގެ މުސާރަތައް ބޮޑު ކުރަން ރައްޔިތުންގެ މަޖިލީހުން މިއަދު ފާސްކޮށްފިއެވެ.

Ads by Hajj Corporation

އެ މުއައްސަސާތަކުގެ މުސާރަތައް ބޮޑުކުރާ ގޮތަށް މަޖިލީހުގެ މާލިއްުޔަތު ކޮމިޓީން އެކުލަވައިލި ރިޕޯޓް މަޖިލީހުން ފާސްކުރީ އެކަމަށް ނެގި ވޯޓުގައި 49 މެމްބަރުން ވޯޓުދެއްވައިގެންނެވެ. ރިޕޯޓް ފާސްކުރުމާ ދެކޮަޅަަށް ވޯޓު ދެއްވީ އެންމެ މެމްބަރެކެވެ.

ގާނޫނު އަސާސީގެ 102 ވަނަ މާއްދާގައިވާ ގޮތުގެ މަތިން މަޖިލީހުން ކަނޑައަޅަންޖެހޭ މުސާރައާއި އިނާޔަތްތައް މުރާޖާ ކުރީއިރު މަޖިލީހުން ފުރަތަމަ މަޝްވަރާކުރީ މަޖިލީސް މެންބަރުންނާއި ރައީސުލްޖުމްހޫރިއްޔާއާއި ނައިބު ރައީސް އަދި މިނިސްޓަރުންގެ މުސާރަ ވެސް ބޮޑު ކުރާށެވެ.

ނަމަވެސް މާލިއްޔަތު ކޮމިޓީން އެ މައްސަލަ ދިރާސާކޮށް ނިންމި ގޮތުގެ ރިޕޯޓު މިއަދު މަޖިލީހަށް ހުށަހެޅިއިރު، ރައީސާއި ނައިބު ރައީސް އަދި މެންބަރުންގެ ވާހަކައެއް ނެތެވެ.

ކޮމިޓީން ނިންމާފައި އޮތީ ހުރިހާ ކޯޓެއްގެ ފަނޑިޔާރުންނާއި ކައުންސިލަރުން އަދި މިނިވަން މުއައްސަސާތަކުގެ ވެރިންނާއި އެފަދަ ހުރިހާ މަގާމެއްގެ މުސާރަ ބޮޑުކުރާށެވެ.

މުސާރަތަކަށް ގެނައި ބަދަލުތައް:

  • އުއްތަމަ ފަނޑިޔާރުގެ މުސާރަ 91،000 ރ.
  • ސުޕްރީމް ކޯޓުގެ ފަނޑިޔާރުން 89،000 ރ.
  • ހައި ކޯޓު އިސް ފަނޑިޔާރުގެ މުސާރަ 70،000 ރ.
  • ހައި ކޯޓު ފަނޑިޔާރުންގެ މުސާރަ 68،000 ރ.
  • ކްރިމިނަލް ކޯޓު، ޑްރަގް ކޯޓު، ފެމިލީ ކޯޓު، ސިވިލް ކޯޓު، ޖުވެނައިލް ކޯޓުގެ އިސް ގާޒީ މުސާރަ 62،000 ރ.
  • ކްރިމިނަލް ކޯޓު، ޑްރަގް ކޯޓު، ފެމިލީ ކޯޓު، ސިވިލް ކޯޓު، ޖުވެނައިލް ކޯޓުގެ ގާޒީންގެ މުސާރަ 60،000 ރ.
  • ސިޓީތަކުގެ މޭޔަރުންގެ މުސާރަ 46،000 ރ.
  • ސިޓީތަކުގެ ޑެޕިއުޓީ މޭޔަރުންގެ މުސާރަ 40،500 ރ.
  • އަތޮޅު ކައުންސިލްތަކުގެ ރައީސުންގެ މުސާރަ 33،000 ރ.
  • ސިޓީ ކައުުންސިލަރުންގެ މުސާރަ 35،000 ރ.
  • ރަށު ކައުުންސިލްތަކުގެ ރައީސުންގެ މުސާރަ 25،500 ރ.
  • ރަށު ކައުުންސިލަރުންގެ މުސާރަ 18،000 ރ.
  • މިނިވަން މުއައްސަސާތަކުގެ ރައީސުންގެ މުސާރަ 59،000 ރ.
  • މިނިވަން މުއައްސަސާތަކުގެ ނައިބު ރައީސުންގެ މުސާރަ 55،000 ރ.
  • މިނިވަން މުއައްސަސާތަކުގެ މެންބަރުންގެ މުސާރަ 48،000 ރ.
  • ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ރައީސްގެ މުސާރަ 41،000 ރ.
  • ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ ނައިބު ރައީސްގެ މުސާރަ 31،000 ރ.
  • ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑުގެ މެންބަރުން 12،000 ރ.

Ads by Allied Insurance
  1. ދެރަކަމެއް

    އަޅޭ ސިވިލްސާވަންޓުންގެ މުސާރަ ބޮޑުކުރަނީ ކޮންއިރަކުހޭ؟؟؟؟؟؟

  2. ޤައުމަށް ހަރާމް ކޯރުވާ މީހުންގެ މުސާރަ ހަމައެކަނި ތި ބޮދުކުރީ މުއީޒު އެހެން ކަމަކާ އުޅެންވީ އެއްނުން