މާލޭގެ ބައެއް ސަރަހައްދުތަކުން މާދަމާ ކަރަންޓު ކެނޑިދާނެ
 
                                                    މާލޭގެ ބައެއް ސަރަހައްދުތަކުން މާދަމާ ކަރަންޓު ކެނޑިދާނެ ކަމަށް ސްޓެލްކޯއިން ވިދާޅުވެއްޖެއެވެ.
ސްޓެލްކޯއިން ވިދާޅުވީ މިކުންފުނީގެ ކަރަންޓުގެ ވިއުގަ އަޕްގްރޭޑް ކުރުމުގެ މަސައްކަތަށް މާފަންނުގެ އަލިކިލެގެފާނު މަގާއި، ހިތަށްފިނިވާމަގު އަދި ލިލީމަގު ހިމެނޭ ސަރަހައްދުން 29 ފެބްރުއަރީ 2024 ވާ ބުރާސްފަތި ދުވަހު (މާދަމާ)ގެ ހެނދުނު 09:30 އިން 11:30 އަށް ކަރަންޓުގެ ޚިދުމަތް މެދުކެނޑުމަކީ އެކަށީގެންވާ ކަމެއް ކަމަށެވެ.
މި ވަގުތުތަކުގައި ދިމާވެދާނެ ދަތިތަކަށް ސްޓެލްކޯއިން ވަނީ މަޢާފަށް އެދިފައެވެ.
އިއްޔެ ވެސް މާލޭގެ ބައެއް ސަރަހައްދުތަކުގައި ކަރަންޓު ވިއުގައި އަޕްޑޭޓު ކުރުމުގެ މަސައްކަތް ކޮށްފައިވެއެވެ.
 
  Ads by HDC
 
 
 
            
                     
            
                     
            
                     
            
                    
 
		
 
		
 
		
 
		
