Thursday, 5 November 2026
Advertisement
HDC — Share-Below (leaderboard)
ޚަބަރު

ރާއްޖޭގެ ކަނޑު ވިއްކާލީ ކިހާ ވަރެއްް ނަގައިގެންތޯ ނުބަލާ ފަރުޖެއްސޭކަށް ނެތް: ޝިޔާމް

ރާއްޖޭގެ ކަނޑު ވިއްކާލީ ކިހާ ވަރެއްް ނަގައިގެންތޯ ނުބަލާ ފަރުޖެއްސޭކަށް ނެތް: ޝިޔާމް

ކުރީގެ ރައީސް އިބްރާހީމް މުޙައްމަދު ޞާލިޙްގެ ސަރުކާރުން ރާއްޖޭގެ ކަނޑު ވިއްކާލީ ކިހާ ވަރެއްް ނަގައިގެންތޯ ނުބަލާ ފަރުޖެއްސޭކަށް ނެތް ކަމަށް ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމް ވިދާޅުވެއްޖެއެވެ.

ޕީއެންސީގެ އޮފީހުގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަދައްކަމުން ޝިޔާމް ވިދާޅުވީ ނިމިދިޔަ ސަރުކާރުގައި ތިބެ ގައުމު އުނދަގޫ ދަނޑަވަޅަކަށް ގެނައުމުގައި އެންމެ އިސްކޮށް ތިއްބެވި ފަރާތްތައް މިއަދު ފާޅުވެފައިވާ ކަމަށެެވެ. ރައްޔިތުން ކުރިމައްޗަށް އަރަން އެބޭފުޅުން ލަދުގަންނަން ޖެހޭނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

މިދިޔަ ސަރުކާރުން ކުރިހާ ވެސް ކަމަކީ ދިވެހި ދަޢުލަތް 122 ބިލިއަން ރުފިޔާއިން ދަރުވާލުން ކަމަށާއި އެ ވައްކަންތައް ހިންގި މީހުން މިއަދު މަޖިލީހުގެ ގޮނޑިތަކަށް ވެސް ކުރިމަތިލައިގެން އުޅޭ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

Advertisement
HDC — Sidebar (box)

ޝިޔާމް ވިދާޅުވީ ކުރީ ސަރުކާރުން ހިންގި ވައްކަންތައް ބަލަން އެދި ރައްޔިތުން މެސެޖުތައް ފޮނުވަމުންދާ ކަމަށެވެ.

"ރައްޔިތުން އެބަ ބުނޭ ޞާލިޙް ކޮށްފަ ހުރި ވައްކަންތައް ބަލަންށޭ ރައީސް މުޢިއްޒު ވެރިކަމަށް ގެނައީ. ދޫނުކުރައްވައްޗޭ ވިދާޅުވީ. އެ މެސެޖުތައް މިއަދު އަޅުގަނޑުމެންނަށް އެންމެ ގިނައިން އަންނަނީ" ޝިޔާމް ވިދާޅުވިއެވެ.

ކޮވިޑްގެ ދަތި ހާލަތުގެ ނާޖާއިޒް ފައިދާ ވެސް އެ ސަރުކާރުން ނަގާފައިވާ ކަމަށާއި ގައުމަށް ހެޔޮ އެދިގެން އެހެން ޤައުމުތަކުން ހިލޭ އެހީ ފޮނުވި ނަމަވެސް ކޮވިޑް ނިމިގެން ދިޔައީ ރައްޔިތަކަށް ހިލޭ މާސްކެއްހާ މިންވަރު ވެސް ނުލިބި ކަމަށް ޝިޔާމް ވިދާޅުވިއެވެ.

އާރްޑީސީގެ ވެރިޔާގެ އެންމެ އެކައުންޓަކަށް 11 މިލިއަން ރުފިޔާގެ ޓްރާންސެކްޝަން ހަދާފައިވާ މަންޒަރުކަން ފާހަގަކުރައްވަމުން ޝިޔާމް ވިދާޅުވީ ހުރިހާ ކުންފުނިތައް ބަލަން ޖެހޭ ކަމަށެވެ.

"ފެނަކަ އެބަ ބަލަންޖެހޭ. އެޗްޑީސީ އެބަ ބަލަންޖެހޭ. ދިވެހިރާއްޖޭގެ ހުރިއްޔާ ހުރި ކުންފުނިތައް ބަލަންޖެހޭ. ވުޒާރާތަކުން ކޮށްފައި ހުރި ވައްކަންތައް ބަލަންޖެހޭ. ރައީސުލްޖުމްހޫރިއްޔާ ކޮށްފައި ހުރި ވައްކަންތައް ބަލަންޖެހޭ. ރާއްޖޭގެ ކަނޑު ވިއްކާލީ ކިހާ ވަރަކަށް ކޯއްޗެއް ނަގައިގެންތޯ ނުބަލާ ފަރުޖެއްސޭކަށް ނެތް،" ޝިޔާމް ވިދާޅުވިއެވެ.

މަޖިލިސް އިންތިހާބުގައި އެމްޑީޕީ ކެންޑިޑޭޓުން ހޮވައިގެން ގައުމު ތަރައްގީ ވާނެ ކަމަށް ބުނި ނަމަވެސް އެކަން ރައްޔިތުން ބަލައި ނުގަންނާނެ ކަމަށް ޝިޔާމް ވިދާޅުވިއެވެ.

ރިއެކްޝަން

Advertisement
Allied — Dhen Online (box)

ކޮމެންޓް