ޚަބަރު

މަޖިލިސް ޖަލްސާތައް ކުރިއަށް ގެންދަން ހުރަސް އަޅަނީ ސަރުކާރުން: ޑިމޮކްރެޓްސް

އައިކާ ޔުނާން ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ކުރިއަށް ގެންދަން ހުރަސް އަޅަނީ ސަރުކާރުން ކަަމަށާއި އެ ކަމުގެ އެންމެ ބޮޑު އެއް ސަބަބަކީ ސަރުކާރު ޖަވާބުދާރީކުރުވުމަށް މަޖިލީހުން ކުރާ މަސައްކަތްތައް ކަމަށް އިދިކޮޅު ޑިމޮކްރެޓްސް ޕާޓީން ތުހުމަތުކޮށްފިއެވެ.

Ads by STELCO

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމަށް ބޭނުންވާ ކޯރަމް ހަމަނުވުމުން ޖަލްސާ ނުބޭއްވުނެވެ. މަޖިލީހުގެ މިއަދުގެ ޖަލްސާގައި ރިޔާސަތުގައި އިންނެވި ހަނިމާދޫ ދާއިރާގެ މެންބަރު އަބްދުލްގަފޫރު މޫސާ ވިދާޅުވީ ޖަލްސާގެ ގާނޫނީ އަދަދު ހަމަނުވާތީ މިއަދުގެ ޖަލްސާ ފެށުން ލަސްކޮށްފައިވާ ކަމަށެވެ. އެވަގުތު ޖަލްސާއަށް ވަޑައިގެން ތިއްބެވީ 11 މެންބަރުން ކަމަށް އަބްދުލްގަފޫރު ވިދާޅުވިއެވެ.

މަޖިލީހުގެ ގަވާއިދުގެ 49 ވަނަ މާއްދާގައިވާ ގޮތުން ޖަލްސާއެއްގެ ގާނޫނީ އަދަދަކީ މަޖިލީހުގެ މެންބަރުންގެ 25 ޕަސަންޓެވެ. މަޖިލީހުގެ އެއްވެސް ޖަލްސާއެއް ފެށޭނީ ގާނޫނީ އަދަދު ހަމަވުމުންނެވެ.

ޑިމޮކްރެޓްސް އިން މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި އެ ޕާޓީގެ ޕީޖީ ލީޑަރު އަލީ އާޒިމް ވިދާޅުވީ, ކޯރަމް ހަމަނުވީ ސަރުކާރު މެންބަރުން ގަސްދުގައި ތަޅުން ދޫކޮށް ދިއުމުން ކަމަށެވެ.

"ސަރުކާރަށް ނިސްބަތްވާ މެންބަރުން ހަމަ ގަސްދުގައި [ނުވަނީ]، މިއަދު ވަތްނަމަ ކޯރަމް ލިބުނީސް. ބޭރަށް ނުކުމެލީ ހަމަވާ ވާތީ," އާޒިމް ވިދާޅުވިއެވެ.

އާޒިމް ވިދާޅުވީ މެންބަރުން އެގޮތަށް ކަން ކުރަމުން އަންނަނީ ސަރުކާރުން ޖަލްސާތައް ކުރިއަށް ގެންދަން ބޭނުންނުވާތީ ރާވައިގެން ކަމަށެވެ. އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވިއެވެ.

ރައްޔިތުންގެ މަޖިލީހުގެ ޖަލްސާތައް ގަވާއިދުން ނުބާއްވާތީ ދަ ޑިމޮކްރެޓްސްގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފު ވަނީ ޖަލްސާތައް ބޭއްވުމަށް ގޮވައިލައި މައްސަލައެއް ވެސް ހުށަހަޅުއްވައިފައެވެ.

އެ މައްސަލައިގައި އާޒިމް ވިދާޅުވީ ޕީޖީ ލީޑަރުންގެ މެދުގައި އެގޮތަށް މަޝްވަރާކޮށް ގޮތް ނިންމާފައިވަނީ ޑިމޮކްރެޓްސްގެ ޕީޖީ ލީޑަރާ މަޝްވަރާ ކުރުމެއް ނެތި ކަމަށާއި އެއީ އެ ޕާޓީން ތާއީދު ކުރާ ކަމެއް ނޫން ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!