ޚަބަރު

ފަތުރަނީ ހަގީގަތެއް ނެތް ދޮގެއް: ނައިބް ރައީސް

އައިކާ ޔުނާން ، ދެން އޮންލައިން
ރޭ ބޭއްވި ޝަހީދުންގެ ދުވަހުގެ ރަސްމީ ޖަލްސާގައި ނައިބު ރައިސް ވާހަކަފުޅު ދައްކަވަނީ

ނައިބު ރައީސް ހުސައިން މުހައްމަދު ލަތީފް ހުންނަވަން ހަމަޖައްސާފައިވާ ރަސްމީގެކޮޅު, ހިލާލީގެއިން ނިކުމެވަޑައިގެންފައިވާ ކަމަށް ދެކެވޭ ވާހަކަތައް އެމަނިކުފާނު ދޮގުކުރައްވައިފިއެވެ.

Ads by STELCO

ނައިބު ރައީސުންނަށް ޚާއްސަކޮށްފައިވާ ގެކޮޅު ކަމަށްވާ "ހިލާލީ" ގެއިން ނައިބު ރައީސް ނިކުމެވަޑައިގެން، ހުޅުމާލޭގައި ހުންނަ އެމަނިކުފާނުގެ އެޕާޓްމަންޓަކަށް ބަދަލުވެފައިވާ ކަމަށް ސަރުކާރާ އިދިކޮޅު ބައެއް ނޫސްތަކުން ވަނީ ރިޕޯޓުކޮށްފައެވެ.

އެ ރިޕޯޓުތަކުގައިވަނީ ނައިބު ރައީސް އެކަން ކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒު އެމަނިކުފާނަށް ޖާސޫސް ކުރައްވާތީ ކަމަށް ވެސް ތުހުމަތު ކޮށްފައެވެ.

ނަމަވެސް އެ ތުހުމަތުތައް ދޮގުކޮށް ނައިބު ރައީސް "އެކްސް"ގައި ވިދާޅުވީ އެ ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށެވެ.

"މިފަދަ ދޮގު ހަދާ މުޖުތަމައު ފަސާދަކުރުން ހުއްޓާލަން ގޮވާލަން," އެމަނިކުފާނު ވިދާޅުވެފައިވެއެވެ.

އެނގިފައިވާ ގޮތުގައި މިހާތަނަށް ނައިބު ރައީސްގެ ދިރިއުޅުން ހިލާލީގެއަށް ބަދަލުކުރައްވާފައިނުވެއެވެ. އެމަނިކުފާނު އެގެކޮޅަށް ބަދަލުވާން ހަމަޖެހިފައިވަނީ މި މަހުގެ ތެރޭގައެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!