ރެސިޕީ

ދެން ރެސިޕީ: ޗިކަން ނާޗޯސް

ރައުފާ ރަޝީދު ، ދެން އޮންލައިން

ބޭނުންވާތަކެތި:

Ads by Sosun Fihaara

1 ފިޔާ

4 ލޮނުމެދު

2 މޭޒުމަތީ ސަމުސާ އޮލިވް އޮއިލް

225 ގްރާމް މިންސްޑް ކުކުޅު

6 މޭޒުމަތީ ސަމުސާ ޓޮމާޓޯ ޕޭސްޓް

½ ސައިސަމުސާ ތެޅި މިރުސް

½ ސައިސަމުސާ މުގުރި އަސޭމިރުސް

½ ސައިސަމުސާ މުގުރި ދިރި

2/3 ސައިސަމުސާ ލޮނު

½ ސައިސަމުސާ ހަކުރު

1 ސައިސަމުސާ މިކްސްޑް ހަރބްސް

¼ ޖޯޑު ފެން

1 ޖޯޑު ތުނިކޮށް ކޮށާފައިހުރި ޗެޑާ ޗީޒް

1 ޖޯޑު ތުނިކޮށް ކޮށާފައިހުރި މޮޒަރެލާ ޗީޒް

2 ޕެކެޓު ނާޗޯ ޗިޕްސް ޕެކެޓް

ތައްޔާރުކުރާނެގޮތް:

ފިޔާ އަދި ލޮނުމެދު ތުނިކޮށް ކޮށާށެވެ. ތެޔޮ ކޮޅު ތެއްޔަކަށް އަޅާ ހޫނު ކުރާށެވެ. ދެން ފިޔާ އަދި ލޮނުމެދު އޭގެ ތެރެއަށް އަޅައި މެދު ގިނީގައި ކައްކާލާށެވެ. މިންސްޑް ކުކުޅުކޮޅު ތެއްޔަށް އަޅާފައި ކައްކާލާށެވެ.

ދެން ޓޮމާޓޯ ޕޭސްޓް، ތެޅި މިރުސް، އަސޭމިރުސް، ދިރި، ލޮނު، ހަކުރު އަދި މިކްސްޑް ހަރބްސް އާއި ފެން ތެލީގެ ތެރެއަށް އަޅާފައި ހުރިހާ އެއްޗެއް އެއްކޮށްލާފައި ކައްކާލާށެވެ.

ދެން ޗެޑާ ޗީޒްއާއި، މޮޒަރެލާ ޗީޒް ތެލީގައި ހުރި ކުކުޅުގެ މައްޗަށް އަޅާފައި ތެލީގެ މަތި ޖަހާށެވެ. މަޑު ގިނީގައި ޗީޒްކޮޅު ވިރެންދެން ކައްކާލާށެވެ.

6. ނާޗޯސް ތައްޔާރު ކުރަން ބޭނުން ކުރާނެ ތަބަކުގެ ފުލުގައި ބޭކިންގް ކަރުދާސް އަޅާށެވެ. އޭގެ މައްޗަށް ނާޗޯސް ޗިޕްސް އެޅުމަަށްފަހު ތެލީގައި ހުރި ސާމާނު ތަބަކުގެ ތެރެއަށް އޮއްސާލާށެވެ.

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!