Wednesday, 28 October 2026
Advertisement
MWSC — SmartMeter (leaderboard)
ރެސިޕީ

ދެން ރެސިޕީ: ޗޮކްލެޓް ޓާޓް

ދެން ރެސިޕީ: ޗޮކްލެޓް ޓާޓް

ބޭނުންވާތަކެތި:

1 ޖޯޑު ރޯސްޓަޑް ކެޝޫ ނަޓްސް ނުވަތަ ބޭނުން ވައްތަރެއްގެ ނަޓްސް

3 ޖޯޑު މާރީ ބިސްކޯދު

Advertisement
Ooredoo — Square (box)

2/3 ޖޯޑު ބަޓަރު

1 ޖޯޑު ހަކުރު

½ ޖޯޑު ކޮކޯ ޕައުޑަރު

1 ޖޯޑު ފެން

ސައިސަމުސާ ވެނީލާ އެސެންސް

½ ޖޯޑު ޑާރކް ޗޮކްލޭޓް (ކުދިކޮށް ކޮށާފައި)

½ ޖޯޑު ހެވީ ކްރީމް (ހޫނުކޮށް)

ގާނިޝް ކޮށްލުމަށް ނަޓްސް ކޮޅެއް

ތައްޔާރުކުރާނެގޮތް:

އެންމެ ފުރަތަމަ ނަޓްކޮޅާއި މާރީ ބިސްކޯދު ފުނޑާލުމަށްފަހު އެއްފަރާތެއްގައިބަހައްޓާލާށެވެ.

ތަވައެއްގައި ބަޓަރު، ވެނީލާ އެސެންސް، ފެން، ހަކުރު އަދި ކޮކޯ ޕައުޑަރުއެއްކޮށްލުމަށްފަހު މަޑުގިނީގައި ދޭފަތަކުން ހަލަމުން ކައްކާލާށެވެ. ބޮކި ޖަހަންފެށުމުން އުނދުނުން ބޭލުމަށް ފަހު އެއްފަރާތެއްގައި ބަހައްޓާލާށެވެ.

ތައްޓެއްގައި ކުރިން ފުނޑި ބިސްކޯދު މިކުސް އާއި ދެންމެ އެނދުނުން ބޭލިމިކުސް ރަނގަޅަށް އެއްކޮށްލާށެވެ. އެއަށްފަހު ޓްރޭއަކަށް އެޅުމަށްފަހު ޓްރޭގެފުލުގައި މިމިކްސް ދޭފަތަކުން ފަތުރާލާށެވެ. އެއަށްފަހު ސެޓް ކުރުމަށް ½1 ގަޑިއިރު ފްރިޖްގައި ބަހައްޓާލާށެވެ.

އެހެން ތައްޓެއްގައި ޑާރކް ޗޮކްލޭޓް އަދި ހެވީކްރީމް ރަނގަޅަށްއެއްކޮށްލާށެވެ. ހެވީކްރީމް އަޅަން ވާނީ ހޫނުކޮށް ހުއްޓައެވެ. ރަނގަޅަށްޗޮކްލެޓް ކުލަ އަރަންދެން މިކްސް ކޮށްލަންވާނެއެވެ.

އެއަށްފަހު ފްރިޖަށްލީ ޓްރޭ ނެގުމަށްފަހު މި ޗޮކްލޭޓްގަނޑު ފަތުރާފައި ހުރިބިސްކޯދު މިކުސްގެ މަތީގައި ފަތުރާލާށެވެ. ގާނިޝް ކޮށްލުުމަށް ނަޓްސްތައް މިޗޮކްލެޓްގަނޑު މަތީގައި ރީތިގޮތަކަށް އަތުރާލާށެވެ.

ދެން އަނެއްކާވެސް ސެޓް ކޮށްލުމަށް ފްރިޖްގައި 3 ގަޑިއިރު ބަހައްޓާލާށެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް