ޚަބަރު

މާލޭގެ މަގުތަކަށް ކުނި އަޅާ މީހުން ލައްވާ މަގުތައް ސާފު ކުރަނީ

ރައުފާ ރަޝީދު ، ދެން އޮންލައިން

މާލޭ މަގުތަކަށް ކުނި އަޅާ މީހުންދެނެގަނެ އެ މީހެއް ލައްވާ ކުނި ނެގުމުގެ މަސައްކަތް ކުރަމުން އަންނަ ކަމަށް ފުލުހުން މިއަދު ބުނެފިއެވެ.

Ads by MWSC

ފުލުހުން މިއަދު ވިދާޅުވީ މާލެ ސިޓީގެ މަގުތަކަކީ ސާފުތާހިރުތަނަކަށް ހެދުމަށް، މާލެ ސިޓީގައި ދިރިއުޅޭ ހުރިހާ ރައްޔިތުންގެ އެހީތެރިކަމާއި އެއްބާރުލުން ބޭނުންވާ ކަމަށާއި މި މަސައްކަތުގައި ފަރުދީ ޒިންމާ އަދާކޮށް ބަލިތައް ފެތުރުމުން ރައްކާތެރިވުމަށް މަގުތަކަށް ކުނި އެޅުމުން ދުރުހެލިވާން ޖެހޭ ކަމަށެވެ.

އަދި މާލެ ތެރެއަށް ކުނި އަޅާ މީހުންނަށް ނަސޭހަތްދީ ޖޫރިމަނާ ކުރުމުގެ މަސައްކަތް ކަމާ ގުޅޭ އިދާރާތަކާ ގުޅިގެން ކުރަމުންދާ ކަމަށާއި ކުނި އަޅާ މީހުން ނުވަތަ ބަޔަކު ދެނެގަނެވިއްޖެނަަމަ އެފަދަ މީހުން ލައްވާ ކުނިތައް ނަގުވާ މަގު ސާފުކުރުމުގެ މަސައްކަތް ކުރަމުންދާ ކަމަށް ފުލުހުން ވިދާޅުވިއެވެ.

ފުލުހުން މިފަދައިން ވިދާޅުވެފައިވާއިރު ސީސީޓީވީއާއި ދިވެހި ފުލުހުންގެ ޚިދުމަތުގެ އެހީގައި ގަވާއިދާ ހިލާފަށް ކުނި އަޅާ މީހުން ފުލުހަށް ހާޒިރުކޮށް، އެމީހުން ޖޫރިމަނާ ކުރަން މިހާރު ވަނީ ފަށާފައެވެ.

ސިޓީ ކައުންސިލުން ބުނި ގޮތުގައި އިއްޔެ އެކަނިވެސް 42.15 ޓަނުގެ ކުނި މާޅެ ތެރެއިން ވަނީ އުކާލާފައެވެ. އަދި ފާއިތުވި 18 ދުވަސްތެރޭ 305.65 ޓަނުގެ ކުނި މާލެ ތެރެއިން ނެގާފައިވާކަމަށް ސިޓީ ކައުންސިލްގެ މޭޔަރު އާދަމް އާޒިމް ވަނީ ވިދާޅުވެފައެވެ.

Ads by HDC
  1. ވވ. ރަގަޅު