ދެން ރެސިޕީ: ލެމަން ޗީޒްކޭކް

ބޭނުންވާތަކެތި:
300 ގްރާމް މާރީ ބިސްކޯދު
100 ގްރާމް އަންސޯލްޓެޑް ބަޓަރު
600 ގްރާމް ފުލް ފެޓް ކްރީމް ޗީޒް
100 ގްރާމް އައިސިން ޝުގަރ
300 އެމްއެލްގެ ޑަބަލް ކްރީމް
75 މިލިލީޓަރުގެ ލުނބޯ ޖޫސް (ގާތްގަނޑަކަށް 3 ލުނބޯ)
ތައްޔާރުކުރާނެގޮތް:
މރީ ބިސްކޯދުތައް ވަރަށް ހިމުންކޮށް ފުނޑުކޮށްލާށެވެ. ލޮނުއަޅާ ބަޓަރު ރަނގަޅަށް ގިރާލުމަށްފަހު ބިސްކޯދުގެ ތެރެއަށް އަޅާލާށެވެ.
ބިސްކޯދުތައް އަނެއްކާވެސް އެއްކޮށްލުމަށްފަހު ޓްރޭގައި ފަތުރާލާށެވެ.
ސްޓޭންޑް މިކްސަރ ތަށި ނުވަތަ ބޮޑު ތައްޓަކަށް ކްރީމް ޗީޒް އަޅާލާށެވެ. އައިސިން ޝުގަރ އެޅުމަށްފަހު ސްޓޭންޑް މިކްސަރުގައި ވާ ވިސްކް އެޓޭޗްމަންޓް ބޭނުންކޮށްގެން ނުވަތަ އިލެކްޓްރިކް ހޭންޑް ވިސްކްގައި ވިސްކް ބޭނުންކޮށްގެން ރަނގަޅަށް އެއްކޮށްލާށެވެ.
ދެން ޑަބަލް ކްރީމް އެޅުމަށްފަހު މިކްސްޗަރު ހަރުވާން ފެށުމުން ލުނބޯ ޖޫސް އެޅުމަށްފަހު އަނެއްކާވެސް ވިސްކްކޮށްލާށެވެ. ވަރަށް ހަރުވަންދެން ވިސްކް ކުރަމުން ގެންދާށެވެ.
ބިސްކޯދު ބޭސްގެ މައްޗަށް ތައްޔާރުކުރި ޗީޒްކޭކް މިކްސް އަޅާލާށެވެ. މަދުވެގެން 5-6 ގަޑިއިރު ވަންދެން ފްރިޖުގައި ފިނިކޮށްލާށެވެ.