ޚަބަރު ރައްޔިތުންގެ މަޖިލިސް އިޖުތިމާޢީ

މަޖިލިސް އިންތިހާބުގައި އޮބްޒާވަރުންނާއި މޮނީޓަރުންނަށް ވާން ހުޅުވާލަނީ

ފައިނާ ފާއިޒް ، ދެން އޮންލައިން
ވޯޓު ފޮށި

އަންނަ މަހުގެ 21 ވަނަ ދުވަހު ބާއްވާ މަޖިލިސް އިންތިޚާބުގެ އޮބްޒާވަރުން ،މޮނީޓަރުން އަދި ކެންޑިޑޭޓުންގެ މަންދޫބުން ކުރިމަތިލާން ފުރުސަތު ހުޅުވާލައިފިއެވެ. 

Ads by Sosun Fihaara

އިލެކްޝަންސް ކޮމިޝަންއިން (އީސީ) މިރޭ އެކްސްގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައި ވަނީ، ރައްޔިތުންގެ މަޖިލީހުގެ އިންތިޚާބު 2024 ބާއްވާ ތާރީޚު އެޕްރީލް 21 އަށް ބަދަލުވެފައިވާތީ، އިންތިޚާބުގެ އޮބްޒާވަރުން، މޮނީޓަރުން އަދި ކެންޑިޑޭޓުންގެ މަންދޫބުން އައްޔަނުކުރުމަށް އެދި ކުރިމަތިލުމަށް އެ ކޮމިޝަނުން ވަނީ ނިންމާފައިވާކަމަށެވެ. 

އިތުރު ފުރުޞަތެއް ދޭން ނިންމާފައި ވަނީ، މާރިޗު 19 އިން 21 އަށެވެ. މި އިންތިޚާބުގައި ވޯޓުލުމަށް 10،000 މީހުން ވަނީ ރީ-ރެޖިސްޓާ ވެފައިއެވެ.

އީސީން އާއްމުކުރި ނަންބަރުތައް ދައްކާ ގޮތުން އޮންލައިން ޕޯޓަލް ''އީ ފާސް'' މެދުވެރިކޮށް 11،169 މީހަކު ވަނީ ރީ-ރަޖިސްޓްރީވާން ހުށަހަޅާފައިވެވެ. އޭގެ ތެރެއިން ސައްހަވީ 10،028 ފޯމެވެ. ރިޖެކްޓްވީ 11،141 ފޯމެވެ.

މި އިންތިހާބުގައި ރާއްޖެއިން ބޭރުގައި ވޯޓު ފޮށި ބަހައްޓާނީ ތިން ގައުމެއްގައެވެ. ބޭރު ގައުމެއްގައި ވޯޓު ފޮށި ބެހެއްޓޭނީ އީސީން ކަނޑައަޅާފައިވާ 150 އަށްވުރެ ގިނަ މީހުން ރީ-ރަޖިސްޓަރީ ކުރާ ގައުމުތަކުގައި އެކަންޏެވެ.

އެ އަދަދަށް ރީ-ރަޖިސްޓަރީ ކޮށްފައި ވަނީ މެލޭޝިޔާ، ސްރީލަންކާގެ އިތުރުން މި އިންޑިއާގައެވެ. މޭލެޝިޔާގެ ވެރިރަށް ކުއަލަލަމްޕޫރުގައި ބަހައްޓާ ފޮއްޓަށް ވޯޓުލާން 702 މީހަކު ރަޖިސްޓްރީ ކޮށްފައިވާއިރު ލަންކާގެ ކޮލަމްބޯގައި ވޯޓުލާން ރަޖިސްޓްރީވީ 306 މީހުންނެވެ. ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅޭ އިންޑިއާގެ ޓްރިވެންޑްރަމްގައި ވޯޓުލާން ރަޖިސްޓްރީވީ 159 މީހުންނެވެ.

ކުރިން ވޯޓުފޮށި ބަހައްޓަން ނިންމި ތައިލެންޑް، އިނގިރޭސިވިލާތް އަދި އެކުވެރި އަރަބި އިމާރާތުގައި ވޯޓުފޮށި ނުބަހައްޓަން ނިންމާފައިވާ ކަމަށް އީސީން ބުންޏެވެ.

އެހެންވެ އެ ގައުމުތަކުގައި ދިރިއުޅޭ ރައްޔިތުން އެހެން ތަނެއްގައި ވޯޓުލާން ރީ-ރަޖިސްޓާ ވުމުގެ ފުރުސަތު ލިބޭނެއެވެ. އީސީން ބުނީ، ހުޅުވާލާފައިވާ މުއްދަތުގައި ރީ ރަޖިސްޓްރި ނުކޮށްފިނަމަ އެ މީހުންނަށް ވޯޓުލެވޭނީ ރަށްވެހިވެފައިވާ ރަށުގައި ކަމަށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!