ރެސިޕީ

ދެން ރެސިޕީ: ޓްރެސް ލެޗެސް މިލްކް ކޭކް

ރައުފާ ރަޝީދު ، ދެން އޮންލައިން

ބޭނުންވާތަކެތި:
4 ބިސް
200ގ ހަކުރު
200ގ ފުށް
10 މޭޒުމަތީ ސަމުސާ ބަޓަރު
1 މޭޒުމަތީ ސަމުސާ ބޭކިން ޕައުޑަރ
1 މޭޒުމަތީސަމުސާ ވެނިލާ އެސެންސް
1 ޖޯޑު ރޯ ކިރު
ވިޕިން ކްރީމް

Ads by Sosun Fihaara

ތައްޔާރުކުރާނެގޮތް:

އިލެކްޓްރިކް ހޭންޑް މިކްސާ އެއް ބޭނުން ކޮށްގެން ނުވަތަ މިކްސަރެއްގައި ފުރަތަމަ ބިސްތައް އެޅުމަށްފަހު ރަނގަޅަށް ގިރާލާށެވެ. އެއަށްފަހު އޭގެތެރެއަށް، ހަކުރާއި، ވެނީލާ އެސެންސް އަޅާ އެއްކޮށްލާށެވެ. ދެން އަނެއްކާވެސް ފުށާއި، ބޭކިން ޕައުޑަރ އެޅުމަށް ފަހު ރަނގަޅަށް އެއްވަންދެން ގިރާލާށެވެ.

ދެން އެއަށްފަހު ވަކިން ތެއްޔެގެ ތެރެއަށް ކިރާއި ބަޓަރު އެޅުމަށްފަހު އެއްވަންދެން ގޭސް އުނދުނުގައި ރަނގަޅަށް ހޫނު ކޮށްލާށެވެ. އެއަށް ފަހު ކުރިން ހެދި މިކްސްގެ ތެރެއަށް އެއްވެފައި ހުރި ކިރާއި ބަޓަރު ކޮޅު އަޅާލައި އަނެއްކާ ވެސް ރަނގަޅަށް އެއްކޮށްލާށެވެ.

ރަނގަޅަށް މިހުރިހާ އެއްޗެއް އެއްކުރުމަށް ފަހު ކޮންޓެއިނަރަކަށް ނުވަތަ ކޭކް ފިހާ ޓްރޭއަކަށް އަޅާ، އަވަން 180 ޑިގްރި ސެލްސިއަސް އަށް ހޫނުކުރުމަށް ފަހު 30 މިނެޓު ވަންދެން އަވަނުން ކޭކު ފިހެލާށެވެ. ކޭކް ފިހެވުމުން ހިހޫ ކުރުމަށް ކޭކް އަވަނުން ނަގާފައި ބަހައްޓާށެވެ. އަދި ކޭކް ހިހޫ ވުމުން ކޭކްގެ މަތީގައި ވިޕިން ކްރީމް ހާކާށެވެ.

ކޭކް ސާރވް ކޮށްލުމަށް ކޭކް މަތީގައި ސްޓްރޯބެރީ ފަދަ މޭވާ އެއްވެސް ބޭނުން ކޮށްލެވިދާނެއެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!