ދެން ރެސިޕީ: ޗީޒީ ހޮޓް ޑޯގް

ބޭނުންވާތަކެތި:
10 ހޮޓް ޑޯގް ބަން
1 ހިކަނދި ފަތް (ހިމުންކޮށް ކޮށާފައި)
1 މިރުސް (ކުޅިމިން ބޭނުންވާވަރަށް ކޮށާފައި)
2 ފިޔާ
ޗީޒް (ބޭނުންވާ މިންވަރަކަށް)
ލޮނު، އަސޭމިރުސް
1 މަސްދަޅު
1 ސަމްސާ ޓޮމާޓޯ ޕޭސްޓް
1 ސަމްސާ އޮއިސްޓަރ ސޯސް، ޗިލީ ސޯސް، ސޮޔާ ސޯސް
ތައްޔާރުކުރާނެގޮތް:
ތަވާ އުނދުން މައްޗަށް އުނދާފައި ހޫނުކޮށްލުމަށް ފަހު ތެޔޮފޮދު އަޅާލާށެވެ. ތެޔޮ ހޫނުވީމަ ކޮށާފައިހުރި ފިޔާ، މިރުސް، ހިކަނދިފަތް، ލޮނު އަދިއަސޭމިރުސް އަޅާ މީރު ކޮށްލާށެވެ. ފިޔާ މީރުވުމުން މަސް އަޅައިއެއްކޮށްލާށެވެ. އެއަށްފަހު ޓޮމާޓޯ ޕޭސްޓް، އޮއިސްޓަރ ސޯސް، ޗިލީ ސޯސް،އަދި ސޮޔާ ސޯސް އަޅާލުމަށް ފަހު ރަނގަޅަށް އެއްކޮށްލާށެވެ.
މަސްގަނޑު ތައްޔާރުކޮށް ނިމުމުން ބަނަސްތައް ނަގައި މެދުން ދިގަށްއެއްކޮށް ވަކި ނުވާ ގޮތަށް ފަޅާލާށެވެ. އަދި ފަޅާފައިހުރި ތަނަށްމަސްއަޅާލާށެވެ. އެއަށް ފަހު ރީތިކޮށް ޓްރޭ އެއްގައި އަތުރާލުމަށް ފަހު އޭގެމައްޗަށް ޗީޒް ކޮޅު އަޅާލާށެވެ. އަދި އަވަނަށް ލައި ކުޑަކޮށް ހޫނު ކޮށްލާށެވެ.