ރެސިޕީ

ދެން ރެސިޕީ: ގާރލިކް ވައިޓް ސޯސް ޕާސްތާ

ރައުފާ ރަޝީދު ، ދެން އޮންލައިން

ބޭނުންވާތަކެތި:

1 ޕެކެޓް ޕެންނެ ޕާސްތާ
2 މޭޒުމަތީ ސަމުސާގެ ބަޓަރު ނުވަތަ މާޖެރިން
2 ފިއް ލޮނުމެދު ( މުގުރާލާފަ)
2 މޭޒުމަތީ ސަމުސާ ފުށް
4/3 ޖޯޑު ފެން
4/3 ޖޯޑު ކިރު
3/1 ޖޯޑު ޕާމެސަން ޗީޒް ގާނާފަހުރި ( ފެކެޓްގައި ހުންނަ ޕައުޑަރ ވެސް ބޭނުން ކުރެވިދާނެ)
ރަހަލާވަރަށް ލޮނު އަދި މުގުރި އަސޭމިރުސް

Ads by Sosun Fihaara

ތައްޔާރުކުރާނެގޮތް:

ޕާސްތާ ޕެކެޓުގައިވާ އިރުޝާދާ އެއް ގޮތައް ކައްކާލާށެވެ. ބަޓަރު ކޮޅު ތަވައެއްގައި ހޫނު ކޮށްލެއްވުމަށް ފަހު ލޮނުމެދު ކޮޅު އަޅާލާށެވެ. ލޮނުމެދު ކޮޅު ލައިޓް ބުރައުން ކުލަ އަރަންދެން މީރު ކޮށްލުމަށް ފަހު ފުށް ކޮޅު އަޅާލާށެވެ. ފުށްކޮޅާ ލޮނުމެދު ކޮޅު އެއްކޮށްލުމަށް ފަހު ފެން އަދި ކިރު އަޅައި ރަނގަޅަށް ހަލުވައިލާށެވެ. ސޯސްކޮޅު ރަނގަޅަށް ކެކެން ފެށުމުން ކައްކާފައި ހުރި ޕާސްތާ ކޮޅު އަޅައިލާށެވެ. ރަނގަޅަށް އެއްކޮށް ލުމަށްފަހު ޕާމެސަން ޗީޒް އަޅުއްވާ އެއްކޮށްލައި ލޮނު އަދި މުގުރި އަސޭމިރުސް ކޮޅެއް އަޅާ ރަހަ ހެޔޮވަރު ކޮށްލާށެވެ.

Ads by Allied Insurance

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!