ޚަބަރު ސިޔާސީ

މެންބަރު ރަޝީދު އަލުން ވާދަކުރަން ބޭނުންވެއްޖެ، މައްސަލަ ހައި ކޯޓަށް

އަލީ ސަމާޙް ، ދެން އޮންލައިން
މެމްބަރު ރަޝީދު

ރައްޔިތުންގެ މަޖިލީހުގެ އައްޑޫ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު ރަޝީދު (ޗެކްމާކް ރަޝީދު) އަލުން  މަޖިލީސް އިންތިހާބުގައި ވާދަކުރައްވަން ބޭނުންވެގެން އެ މައްސަލަ ހައި ކޯޓަށް ހުށަހަޅުއްވައިފިއެވެ.

Ads by STELCO

އެމްޑީޕީން ވަކިވެ ކުރީގެ ރައީސް މުހައްމަދު ނަޝީދު އިސްވެ ހުންނަވައި އުފެއްދި ދަ ޑިމޮކްރެޓްސް ގުޅިވަޑައިގެންނެވި ރަޝީދު، މަޖިލީހުގެ ދެވަނަ ދައުރަކަށް ވާދަނުކުރާނެކަން އިއުލާންކުރީ މިދިޔަ މަހު ކުރީކޮޅުއެވެ. އިލެކްޝަން ކޮމިޝަނަށް ފޯމު ވެސް ހުށަހެޅުމަށް ފަހު ވާދަ ނުކުރަން ނިންމެވީ ހިޔާލު ބަދަލުވެގެން ކަމަށް ރަޝީދު މީޑިއާގައި ވިދާޅުވެފައެވެ.

ހައި ކޯޓުގެ ރަޖިސްޓްރީން ދައްކާ ގޮތުން އިންތިހާބީ މައްސަލަ އެއް މިދިޔަ ބުރާސްފަތި ދުވަހު، ރަޝީދު ހުށަހަޅާފައިވެއެވެ.

އެ މައްސަލަ ބަލައިގަތުމާ މެދު ކޯޓުން އަދި ވަކި ގޮތެއް ނިންމާފައިނުވި ނަމަވެސް މި ނޫހަށް މައުލޫމާތު ލިބިފައިވާ ގޮތުން ރަޝީދު، ކޯޓަށް މައްސަލަ ހުށަހެޅީ އިންތިހާބު ބާއްވާ ތާރީހަށް ބަދަލު ގެނައުމުން އިތުރު ފުރުސަތެއް ދޭން ޖެހޭނެ ކަމަށް ބުނެއެވެ.

އަންނަ މަހުގެ 21 ވަނަ ދުވަހު ބާއްވާ އިންތިހާބުގައި ހިތަދޫ މެދު ދާއިރާއަށް ދެ ކެންޑިޑޭޓަކު ވާދަކުރެއެވެ. އިދިކޮޅު އެމްޑީޕީގެ ޓިކެޓުގައި އައްޑޫ ސިޓީގެ ޑެޕިއުޓީ މޭޔަރު އަހުމަދު ޝުއާއު ވާދަކުރާއިރު ވެރިކަންކުރާ ޕްރޮގްރެސިވް ކޮންގްރެސް ކޯލިޝަންގެ ޓިކެޓުގައި ވާދަކުރަނީ ނޫސްވެރިޔާ އަހުމަދު އަޒާންއެވެ.

Ads by Allied Insurance
  1. އަބްދޫ

    އިންތިހާބު ބާއްވާ ތާރީހް ލަސް ވުމަކީ އަލުްންކުރިމަތިލުމުގެ ފުރުސަތު ދޭންޖެހޭ ސަބަބެއްނޫން.

    • ޢ. ޙަބީބް

      ފުރުސަތު ލިބެންޖެހޭ، އެއީ އިންތިޚާބެއްގެ މައިގަޑު މަގުސަދަކީވެސް ހަމަހަމަކަން ދެމެހެއްޓައި ރައްޔިތުންގެ ބަސް އިއްވުން. ތާރީޚްއާއި ގުޅިގެން ރީރެޖިސްޓްރޭޝަން ފުރުސަތާއި އެހެނިހެން ކަންތަކަށް ބަދަލު އައިއިރު، ކެންޑިޑެންސީއަށްވެސް ފުރުސަތު ލިބެންޖެހޭ.

      • ކަރީމް

        އިރު އިރު ކޮޅާ ޚިޔާލު ބަދަލުވާ މީހެއް މަޖިލީހަށް ލާކަށް ނުވާނު….ހބ ވެގެން ތަ ނަން ނެގީ ދެން.

    • 100 ވޯޓް ވެސް ނުލިބޭނެ މިފަހަރު . ލަދެއްގަ ސިޔާސީ ހަޔާތް ނިންމަން ބޭނުންނަމަ އާދޭ

      ޙިޔަލީ

  2. އައްޑޫ މީހާ

    ފުރުސަތު ދިނުން ވަރަށް ބުއްދިވެރި ވަގުތާ ހާލަތަށް ބަލާފަ އެމްޑީޕީ ވަރަށް ގިނަ ވޯޓު އަހުމަދު ރަޝީދު ނަގާނެ އަޒާނު އަށް އެންމެ ފުރުސަތު ބޮޑީ މީނާ ކުރިމަތި ލެވޭ ގޮތްވީމަ