ފުއާދުގެ ޖަވާބުނަޝީދަށް: ނިޒާމް ކަނޑައެޅުމުގެ އިންތިޚާބަކީ އެންމެ ހާމަކަން ބޮޑުކޮށް ބޭއްވި އިންތިޚާބު

ރައީސް މައުމޫންގެ ވެރިކަމުގައި ކުރިމަތިވި ކޮންމެ އިންތިޚާބެއް ވަނީ އޮޅުވާލާފައިވާ ކަމަށާއި 2007 ވަނަ އަހަރު ނެގި ނިޒާމުގެ ވޯޓް ވެސް އޮޅުވާލާފައިވާ ކަމަށް ރައީސް މުޙައްމަދު ނަޝީދު ވިދާޅުވެފައިވާތީ އެކަމަށް އިލެކްޝަންސް ކޮމިޝަންގެ ކުރީގެ ރައީސް އަދި މިހާރުގެ މެމްބަރު ފުއާދު ތައުފީގު ޖަވާބު ދެއްވައިފިއެވެ.
ސީއެންއެމްގެ އިތުރުކާފު ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަމުން ފުއާދު ވިދާޅުވީ ވެރިކަމުގެ ނިޒާމު ކަނޑައެޅުމަށް ނެގި އިންތިޚާބަކީ އޭރު ބޭއްވި އިންތިޚާބުތަކުގެ ތެރެއިން އެންމެ ހާމަކަން ބޮޑުކޮށް ބޭއްވި އިންތިޚާބު ކަމަށާއި އެ އިންތިޚާބު އޮޅުވާލާފައިވާ ކަމަށް ބުނެވޭނެ ޖާގައެއް ނޯންނާނެ ކަމަށެވެ. އަދި އޭރު ވެސް އިންތިޚާބުތައް ބާއްވަމުން ދިޔައީ މިހާރެކޭ އެއްގޮތަށް ކަމަށެވެ. ހަމައެހެންމެ ވޯޓް ގުނާފައިވާނީ އާންމުންނާއި ޕާޓީތަކުގެ އޮބްޒާވަރުންގެ ކުރިމަތީގައި ދެފުށް ފެންނަ ގޮތަށް ކަމަށް ވެސް ފުއާދު ވިދާޅުވިއެވެ.
ރައީސް ނަޝީދު ، ރައީސް މައުމޫންގެ މައްޗަށް ކުރެއްވި ތުހުމަތާއި ގުޅިގެން ރައީސް މައުމޫން ވެސް ވަނީ ރައީސް ނަޝީދަށް ޖަވާބު ދެއްވާފައެވެ. އެގޮތުން ރައީސް މައުމޫންގެ ވެރިކަމުގައި ހުރިހާ އިންތިޚާބެއް އޮޅުވާލެއްވި ކަމަށް ވިދާޅުވިއިރު 2008 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބު ބޭއްވިއިރު ވެސް ރައީސް ކަމުގައި ހުންނެވީ އެމަނިކުފާނު ކަމަށާއި އާންމުން ޤަބޫލު ކުރާ ފަދަ ވާހަކަ ދެއްކެވުމަށް ރައީސް މައުމޫން ވިދާޅުވިއެވެ.
މުހަނމަދު ނަށީދަކީ މައުލޫމާތެއހޯދާއިގެން އެޗެއ އެނގިގެން ވާހަކަ ވިދާޅުވާ ބެއިފުޅެއނޫނ.
މީހާ ދިރިހުރީތީ ދޫހެލޭތީ ބަސްވިދާޅުވާ ބެއިފުޅެއ.