ޚަބަރު

މަޝްރޫއުތައް ނުހިނގާ ކަމަށް ޝާހިދު ވިދާޅުވުމުން ސަރުކާރުގެ ވެރިން ރައްދުދޭން ފަށައިފި

އަލީ ސަމާޙް ، ދެން އޮންލައިން
ޝާހިދު އަތޮޅު ތެރެއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގެ ތެރެއިން

އެމްޑީޕީ ސަރުކާރުގައި އާބާދީގެ ގޮތުން ކުޑަރަށެއް ބޮޑު ރަށެއް ތަފާތުނުކޮށް ހުރިހާ ރަށަކަށް އިސްކަންދީފައިވާ ކަމަށާއި ނަމަވެސް މިހާރު އެ މަންޒަރު ނުފެންނަ ކަމަށާއި މަޝްރޫއުތައް ހުއްޓިފައިވާ ކަމަށް އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު ވިދާޅުވުމުން ސަރުކާރުގެވެރިން ރައްދު ދޭން ފަށައިފިއެވެ.

Ads by Hajj Corporation

އަންނަ މަހުގެ 21 ވަނަ ދުވަހު ބާއްވާ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އެމްޑީޕީގެ ޓިކެޓުގައި ވާދަކުރާ ކެންޑިޑޭޓުންނަށް ތާއިދު ހޯދަން ޝާހިދު ވަނީ އަތޮޅުތަކަށް ދަތުރުކުރައްވަމުންނެވެ.

މަޖިލީހުގެ ދިއްގަރު ދާއިރާގެ މެންބަރު އިކްރާމް ހަސަން އަށް ތާއިދު ހޯދުމަށް އެ ދާއިރާގައި ހިމޭނެ ރަތްމަންދޫ އަށް ޝާހިދު ވަނީ ވަޑައިގެންފައެވެ. އެ ރަށު ބަނދަރު ސަރަހައްދުގައި ހުންނަވާ 'އެކްސް' ގައި އާންމުކުރެއްވި ވީޑިއޯގައި ވިދާޅުވީ ވިދާޅުވީ އަބާދީ މަދުވިޔަސް ރަތްމަންދޫ އަކީވެސް އެމްޑީޕީ ސަރުކާރުގައި ހާއްސަ ރަށެއް ކަމަށެވެ.

"ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތުކުރުމެއް ނެތި މި ސަރުކާރުން ވަނީރަށްރަށުގެ ތަރައްގީގެ މަޝްރޫއުތައް ހުއްޓާލާފައި" ޝާހިދު ވިދާޅުވެފައިވެއެވެ.

ޝާހިދު އެހެން ވިދާޅުވެެ ކުރެއްވި ޓްވީޓް ރީ-ޓްވީޓް ކުރައްވާ ކޮންސްޓްރަކްޝަން މިނިސްޓްރު އަބްދުﷲ މުއްތޮލިބު ވިދާޅުވީ ރަތްމަންދޫގައި ފެނާއި ނަރުދަމާގެ މަޝްރޫއު ހުއްޓިފައިވަނީ މިދިޔަ ސަރުކާރުގައި ކަމަށެވެ.

''ސޮއި ކުރިތާ ދެ އަހަރުވީއިރު ކުރެވިފައިވަނީ އެންމެ %26 މަސައްކަތް. ފެނަކައިގަ މިފަދަ ޕްރޮޖެކްޓް ހިންގުމުގެ ގާބިލްކަން ނެތީސް އެތައް ރަށެއްގައި ފެނާއި ނަރުދަމާ ގާއިމްކުރުމަށް އެކުންފުންޏާ ހަވާލު ކުރުމަކީ އެރަށްތަކުގެ ރައްޔިތުންނަކަށް ފެނާއި ނަރުދަމާގެ އަސާސީ ހިދުމަތް ފޯރުކޮށްދިނުމުގައި މިދިޔަ ސަރުކާރުން ވެފައިވާ އިހުމާލެއް'' މުއްތޮލިބު ވިދާޅުވިއެވެ.

ޝާހިދަށް ރައްދު ދެއްވަމުން އިސްލާމިކް މިނިސްޓަރު ޑރ ޝަހީމް އަލީ ސައީދު ވިދާޅުވީ ރައީސް ޑރ މުހައްމަދު މުއިއްޒުގެ ސަރުކާރު ވެރިކަމާއި ހަވާލުވިއިރު ކިތަންމެ މަޝްރޫއެއް އޮތީ ހުއްޓިފައި ކަަމަށެވެ.
''އެކަންކަން އަލުން ފައްޓަވައި ބިލްތައް ވެެސް ދައްކަވައި މަޝްރޫއުތައް އެދަނީ ކުރިއަށް، ބައެެއްތަންތަން
ނިމިއްޖެ، އަނެއްބައި ތަންތަން އެދަނީ ނިމެމުން.'' ޝަހީމް ވިދާޅުވިއެވެ.

''އަލިފުށި އެއާޕޯޓް ހެދުން ހުއްޓުނީ މަނިކުފާނުގެ ވެރިކަމުގައިކަން ނޭގުމަކީ ދެރަކަމެއް، ހުޅުދުއްފާރު މަގުތަކުގައި ފަސްބާޑީ ޖަހައި މުޅި ރަށް ހަރާބުކޮށްލީ މަނިކުފާނުގެ ޕާޓީން'' ކައުންސިލް މިނިސްޓަރު އާދަމް ޝަރީފް، ޝާހިދުއަށް ރައްދު ދެއްވައި ވިދާޅުވިއެވެ.

ހޭޝްޓެގް ދޮގު ދޮލަގު ޖައްސަވައި ހެލްތް މިނިސްޓަރު ޑރ އަބްދުﷲ ހަލީލް ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ދޮގު ދޮލަގު ހިތްޕަވައިގެން ރަށްރަށަށް ޝާހިދު ވަޑައިގަންނަވަނީ ކަމަށެވެެ.

 

ޝާހިދަށް ރައްދުދެއްވަމުން ހޯމްލޭންޑް މިނިސްޓަރު އަލީ އިހުސާން ވިދާޅުވީ މިދިޔަ ސަރުކާރު ނިމުނު އިރު ޕްރޮޖެކްޓް ހިންގުމުގެ ނަމުގައި 9000 މިލިއަން ރުފިޔާ ރައްޔިތުންނަށް ދަރާފައި އޮތް ކަމަށެވެ.

''12 މިލިއަނަށް ނިމޭ އިމާރާތް ހަދަން ދަނީ 39 މިލިއަނެއް. މިއީ ހަމަ ހައްގުތޯ'' އިހުސާން ސުވާލުކުރެއްވިއެވެ.

މިދޔަ ފަސް އަހަރުވެރިކަން ކުރެއްވި ރައީސް އިބްރާހިމް މުހައްމަދު ސޯލިހުގެ ވެރިކަމުގެ ދަރަނީގެ ތަފާސް ހިސާބުތައް ހިއްސާކުރައްވަމުން އެމްއެމްޕީއަރްސީގެ އެމްޑީ ފާތިމަތު ތައުފީގް (ކުޑީ) ވިދާޅުވީ ޝާހިދުއާ ސޯލިހު ފަސް އަހަރު ހޭދަކުރެއްވީ ގާތް ތިމާގެ މީހުންނަށް ޕްރޮޖެކްޓްދީ ރައްޔިތުންގެ ފައިސާއިން ވައްކަންކުރުމުގައި ކަމަށެވެ.

 

''ކުޑަ ރަށެއް ބޮޑު ރަށެއް ތަފާތުކުރުމެއް ނެތި މި ދިޔަ ސަރުކާރުން ދިޔައީ ރަށްރަށުގެ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވަމުން. ދައުލަތުގެ ކުންފުނިތައް ބަނގުރޫޓް ކޮށްގެން ތަރައްޤީގެ މަޝްރޫޢުތައް ހިންގާކަމަށް ދައްކަމުން! އެއްވެސް ޕްރޮޖެކްޓަކަށް ފައިސާ ނުދައްކައި'' ޝާހިދަށް ރައްދު ދެއްވަމުން ހަޔާ އެޑިއުކޭޝަން މިނިސްޓަރު މަރިޔަމް މާރިޔާ ވިދާޅުވިއެވެ.

ސަރުކާރަށް ނިސްބަތްވެވަޑައިގަންނަވާ މެމްބަރުންނާއި ސިޔާސީ އެކި މަގާމުތަކުގައި ތިއްބެވި ބޭފުޅުން ގެންދަވަނީ ޓްވީޓް ކުރައްވަމުންނެވެ.

Ads by Ooredoo
  1. ޑާޑާޑާޑާ

    މުއިއްޒު ހީކުރީ އެއީ ރައީސް ޔާންޓޭ ކުރި ފަދަ ފިސާރި ކެރޭ ފިރިހެންވަންތަ ވެރިކަމެއް އޭނާ އަށް ކުރެވޭނެ ކަމަށޭ އޮޅުވާލުމާއި މަކަރާއި ހީލަތުން ޕީޕީއެމްގެ ޓިކެޓް ފޭރިގަނެގެން ވެރިކަމަށް އައިސް ޓިނޭ ބޮޑަކަށް ލައިގެން އޭއި މިހިރަ ކަނޑުކޮހާ އެއީ އެގޮތަށް ވާން ހުންނަ ކަންކަމެއް ނޫނޭ އެއީ ސަގާފީ ގޮތުން ވެސް ގައިގައި ހުންނަން ޖެހޭނެ ސިފައެކޭ ފިރިހެންވަންތަ ސިފައަކީ މަމެން ލަދުން ބޯހަލާކޭ ކުދިންނޭ ހިނގާ ދާން މީ ދުއްޕާންވެރިކަމެކޭ ނަނާނާނާ ޑަޑަޑަޑަ ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ މީ ބަލާ އެއް ފަދަ ސަރުކާރެކޭ ސަރުކާރެއް އޮންނަ ކަން ވެސް އިހްސާސް ނުކުރެވެއޭ މީ ބަލާއެކޭ ބަލާ ބަލާ ބަލާ ބަލާއެކޭ ބަލާއެކޭ ބަލާއެކޭ ބަލާއެކޭ ބަލާއެކޭ ޑާޑާ ޑާޑާ ޑާޑާ ޑާޑާ ޑޯން ބީ ޑޯން ބީ ޑޯން ބީ ޑޯން ބީ ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ ޑާޑާޑާޑާ….

  2. ވަގުންނޭ

    ހިންވަރު އިބޫ ވެރިކަމުގައި ބުނީ ކޮވިޑް އައުމުންނޭ އޭނާ ވެންޓިލޭޓަރުން ވައްކަން ކުރަން ޖެހުނީ ދެން ރައްޔިތުން ބުނީ އޭނާ ގާތު އަޅެ އަމީނީ މަގު ހަދާދީބަލާށޭ ތަ ވައްކަން ކޮށްގެން ނަމަވެސް ދެން އޭނާ އެކަން ހަވާލު ކުރި ރާ އަތޮޅު ބޮޑު ވަގަކު ނިކުމެ ބުނައްޕޭ ކަމަކުދާންނެތޭ މާލެ އެއްކޮޅަށް އަރިއަޅައިގެން ވެއްޓެނީއޭ އެކަން ހައްލު ކުރެވޭނީ އޭނާގެ އެކައުންޓަށް 1 ބިލިއަން ޖަމާކުރުމުންނޭ ހަމަ އެގޮތަށް ވަޒީރުގެ ޖީބަށޭ 1 ބިލިއަން ދިޔާ ކުރި ކަމެއް ނުފެނެއޭ ކުރަނީ މުޅިން ވެސް ވައްކަމޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ ވަގުންނޭ