ކަސްޓަމްސްގެ ޑެޕިއުޓީ ކޮމިޝަނަރު ކަމަށް މަފާޒް އައްޔަންކޮށްފި
ޑެޕިއުޓީ ކޮމިޝަނާ އޮފް ކަސްޓަމްސްގެ މަގާމަށް އިބްރާހިމް މަފާޒް, ރައީސް ޑރ. މުހައްމަދު މުއިއްޒު މިއަދު އައްޔަން ކުރައްވައިފިއެވެ.
މި މަގާމަށް މިއަދު އައްޔަން ކުރެެއްވުމާ ހަމައަށް މަފާޒް ހުންނެވީ ޑެޕިއުޓީ ޗީފް ސްޕްރިޓެންޑް، އެޑްމިނިސްޓްރޭޝަން އެންޑް ލޮޖިސްޓިކް ޑިވިޝަންގެ ހެޑްގެ މަގާމުގައެވެ.
ކަސްޓަމްސް އިން "އެކްސް"ގައި ކުރި ޕޯސްޓެއްގައި ވިދާޅުވީ މަފާޒަކީ ކަސްޓަމްސްގައި މަސައްކަތް ކުރައްވާތާ 21 އަހަރު ވެފައިވާ ބޭފުޅެއް ކަމަށެވެ.
ކަސްޓަމްގެ މަގާމުގެ އޮނިގަނޑުގައިވާ ގޮތުން ކޮމިޝަނަރު ކަމާއި ޑެޕިއުޓީ ކޮމިޝަނަރު ކަމަށް ބޭފުޅުން އައްޔަން ކުރައްވަނީ ރައީސެވެ. މަފާޒް އައްޔަން ކުރުމާއެކު ކަސްޓަމްސްގައި މިވަގުތު ހަތަރު ޑެޕިއުޓީ ކޮމިޝަނަރުން ތިބޭނެއެވެ.
އެއީ މަފާޒުގެ އިތުރުން އަބްދުﷲ ވަހީދާއި މަހުމޫދު ރިޔާޒުގެ އިތުރުން އެންމެ ފަހުން އެ މަގާމަށް އައްޔަން ކުރެވުނު ފާތިމަތު ދިޔާނާއެވެ. ދިޔާނާއަކީ މިދިޔަ 133 އަހަރުވީ ދިގު ތާރީހުގައި އެ އިދާރާގެ ޑެޕިއުޓީ ކޮމިޝަނަރަކަށް އައްޔަން ކުރި ފުރަތަމަ އަންހެން ބޭފުޅާއެވެ.
ފޮނި ގޮލައެއް