ޚަބަރު އިޖުތިމާޢީ

ގޯތިތަކަށް އަރާގޮތަށް ހުރި ނަރުދަމާ ހޮޅިތައް ބަދަލުކުރުމުގެ މަސައްކަތް ފަށައިފި 

ފައިނާ ފާއިޒް ، ދެން އޮންލައިން

ބިންވެރިޔާ ސްކީމްގެ ދަށުން ދޫކުރެވިފައިވާ ޕްލޮޓުތަށް ދިނުން އަވަސް ކުރުމަށް ފެނާއި ނަރުދަމާގެ ވިއުގަ އެހެން ސަރަހައްދަކަށް ބަދަލުކުރުމުގެ އަމަލީ މަސައްކަތް ފަށައިފިއެވެ.

Ads by MWSC

ހުޅުމާލެ ފޭސް ދޭކުން ދޫކޮށްފައިވާ ޕްލޮޓުތަކުގެ ތެރެއިން ބައެއް ޕްލޮޓުތަކުގެ ތެރެއިން ފެނާއި ނަރުދަމާގެ ވިއުގައަށް އަރާގޮތަށް ދޫކުރެވިފައި ވާތީ އެ ވިއުގަ އެހެން ސަރަހައްދަކަށް ބަދަލު ކުރުމުގެ އަމަލީ މަސައްކަތް މިއަދު ވަނީ ފަށާފައިއެވެ.

މި މަސައްކަތް ނިމުމުން އެސަރަހައްދުން ދޫކުރެވިފައިވާ ޕްލޮޓުތައް އެ ޕްލޮޓު ތަކުގެ ވެރިފަރާތާއި ހަވާލުކުރެވިގެން ދާނެކަމަށް އެޗްޑިސީިއން ވަނީ ބުނެފައިއެވެ.

އެޗްޑީސީއިން މިހާރު ވަނީ ބައެއް ޕްލޮޓުތައް ވަކިކޮށް އިންފާރު ރޭނުމުގެ ހުއްދަ ދީފައިއެވެ. އަދި އިންފާރު ރޭނުމަށް ފަހު އެ ކޯޕަރޭޝަނަށް އެންގުމުން އެތަން ފާސްކޮށް ގޭގެ ފައުންޑޭޝަން އެޅުމުގެ ހުއްދަ ދޫކުރަން ވަނީ ނިންމާފައިއެވެ.

ހުޅުމާލޭގައި ހިންގާ އެކި ކޮންސްޓްރަކްޝަން ޕްރޮޖެކްޓުތަކަށް ވެލި އަދި ހިލަ އެއްކޮށްފައިވާ ހިސާބުތަކުންނާއި، ކޮންސްޓްރަކްޝަން ވޭސްޓު ހުރި ސަރަހައްދުތަކުން ވެސް ގޯތި ދޫކޮށްފައި ހުރިކަން އެޗްޑީސީއިން ފާހަގަކުރި އެވެ.

އެތަންތަނުގެ އިންވަކިކޮށް ބިންވެރިންނާ ހަވާލުކުރުމަކީ ވެސް ދަތިކަމެއް ކަމަށާއި، ނަމަވެސް އެފަދަ ތަންތަން ސާފްކުރުމަށް މިހާރު އަންގާފައިވާނެ ކަމަށް އެޗްޑީސީއިން ބުނެ އެވެ.

ބިންވެރިޔާ ސްކީމުގެ ދަށުން ގިރާވަރު ފަޅުންނާއި، ގުޅީފަޅުން އަދި ހުޅުމާލެއިން 9،003 ގޯތި ދޫކުރި އެވެ. ހުޅުމާލެއިން ދޫކުރުމަށް ހަމަޖެހިފައި އޮތީ 1351 ގޯއްޗެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!