ޚަބަރު

ފައްޔާޒު ފުލުހަށް ގެންދަނީ އިންތިހާބުން ބަލިވެ ދާނެކަމުގެ ބިރު އޮތީމަ: ޝާހިދު

އަލީ ސަމާޙް ، ދެން އޮންލައިން
ކުރީގެ ދެ މިނިސްޓަރުން، ފައްޔާޒުއާ ޝާހިދު/ ފޮޓޯ: އަވަސް

މިދިޔަ ސަރުކާރުން މަގު ހެދުމަށް އުފެއްދި، ރޯޑް ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އާރްޑީސީ) ގެ ހިޔާނާތުގެ ތަހުގީގަށް ކުރީގެ އިކޮނޮމިކް މިނިސްޓަރު ފައްޔާޒު އިސްމާއިލް ހާޒިރު ކުރަނީ ކުރިއަށް އޮތް ރައްޔިތުންގެ މަޖިލީހުގެ އިންތިހާބު، ސަރުކާރު ހިންގާ ޕީޕީއެމް/ޕީއެންސީ އަށް ކާމިޔާބު ނުކުރެވޭކަމުގެ ބިރު އޮތީމަ ކަމަށް އިދިކޮޅު އެމްޑީޕީގެ ރައީސް އަބްދުﷲ ޝާހިދު މިއަދު ތުހުމަތު ކުރައްވައިފިއެވެ.

Ads by STELCO

އެމްޑީޕީގެ ޗެއާޕަަސަންގެ މަގާމު އަދާކުރައްވަމުންދާ ފައްޔާޒު، ފުލުހުންގެ މައި އިދާރާ ޝަހީދު އާދަމް ބިލްޑިންއަށް ހާޒިރުވާން އަންގާފައިވަނީ މާދަމާ މެންދުރު ތިނެއް ޖަހާއިރަށެވެ.

ފުލުހުން ފައްޔާޒަށް ފޮނުވި ޗިޓުގައި ބުނީ، ހާޒިރުކުރަނީ އާރްޑީސީ އަށް ލިބޭ ފައިސާ އެ ކުންފުނީގެ ވެރިންނާއި ކުންފުންޏާއި ގުޅުން އޮންނަ ފަރާތްތަކާއި ކުންފުނިތަކަށް ދޫކޮށް ހިޔާނާތްތެރިވެފައިވާ މައްސަލާގައި ސުވާލުކުރަން ކަމަށެވެ. އާރްޑީސީން ކޮށްފައިވާ މާލީ މުއާމަލާތްތަކުގެ ތެރެއިން މާލީ މަންފާ ލިބިފައިވާ ކަމަށް ފުލުހުން ވަނީ ފައްޔާޒަށް ތުހުމަތުކޮށްފައެވެ.

ހާޒިރުވާން ފޮނުވި ޗިޓް ''އެކްސް'' ގައި ހިއްސާކުރައްވާ ފައްޔާޒު ވިދާޅުވީ، ފުލުހަށް ހާޒިރުކުރަން އެންގުމަކީ އަސާސެއް ނެތް ސިޔާސީ ތުހުމަތުތަކުގެ ސިލްސިލާ ފެށުން ކަމަށެވެ.

ފައްޔާޒުގެ އެ ޕޯސްޓު ރީ-ޕޯސްޓު ކުރަމުން މި ވަގުތު މަޖިލީސް ކެމްޕޭނަށް އަތޮޅު ތެރެއަށް ދަތުކުރައްވަމުންދާ ކުރީގެ ފޮރިން މިނިސްޓަރު ޝާހިދު ވަނީ އިދިކޮޅު ފަރާތްތަކަށް، ސިޔާސީ ގޮތުން ކުރަމުންދާ ފުރައްސާރަ އާއިި ބިރުދެއްކުން މިހާރުން މިހާރަށް ހުއްޓާލަން ގޮވާލާފައެވެ.

މަޖިލީސް އިންތިހާބު ބާއްވަން ޖެހޭނީ ބިރުވެރިކަމާއި ބަދަލުހިފުން ފަދަ ކަންކަމުން އެއްކިބާވެފައިވާ މާހައުލެއްގައި ކަމަށް އިނގިރޭސި ބަހުން ކުރެއްވި ޕޯސްޓުގައި ވިދާޅުވިއެވެ،

މިއީ ކުރިއަށް އޮތް ތަނުގައި އަޣުލަބިއްޔަތު (މަޖިލީހުގެ) ނުލިބުމުގެ ބިރު އޮތުމުން ސަރުކާރުން އެޅި ހަރުކަށި ފިޔަވަޅެއް

ޝާހިދު ވިދާޅުވީ އޭގެ ސަބަބުން އެމްޑީޕީ ބަލިކަށިނުވާނެ ކަމަށާއި، ހުރިހާ ކަމެއްގެ ތެރެއިން އެމްޑީޕީ ކާމިޔާބު ހޯދާނެ ކަމަށެވެ.

އިންތިހާބާ ދިމާކޮށް އެމްޑީޕީއާ ސަރުކާރާ ދެމެދު ގެންދަނީ ބަހުގެ ހަމަލާތައް ބަދަލު ކުރަމުންނެވެ. ސަރުކާރަށް މަޖިލީހުގެ މެޖޯރިޓީ ލިބިއްޖެނަމަ އަނިޔާވެރިކަން އަލުން އިޔާދަވެދާނެ ކަމަށް އެމްޑީޕީ ބުނަމުންދާއިރު, ވެފައިވާ ވައުދުތައް ފުއްދޭނީ ޕީޕީއެމް/ޕީއެންސީޯ ކެންޑިޑޭޓުން މަޖިލީހަށް އިންތިހާބު ކޮށްގެން ކަމަށް ސަރުކާރުން ދަނީ ބުނަމުންނެވެ.

ކެންޑިޑޭޓުންގެ ކެމްޕޭނު ޖަލްސާތަކުގައި ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ، ރައީސް ޑރ މުހައްމަދު މުއިއްޒުއާ ދެ ބޭފުޅުންވެސް ގެންދަވަނީ އެއްބޭފުޅަކު އަނެއް ބޭފުޅަށް ބަހުގެ ހަމަލާތައް ރައްދުކުރައްވަމުންނެވެ.

Ads by Allied Insurance
  1. ލަކުޑި ކަޅޭ

    ކޮންތާކު ވައްކަންކުރީމަދޯހޭއަހާލަންވެސްގެންދާނީ އަހަރެމެންވެސްމިތިބީ ގެންދަންވީނު އެނގިދާނެތާދޯބަލަންމިތިބީ

  2. ކޯޅާލި ވަގުން

    ވަގުން ފުލުހައްވެސް ގެންދާނެ ކިތަންމެ އިނތިހާބެއް އަޔަސް އަހަރެމެން ފުލުހަކަށްވެސް ނުގެންދޭ ރައްޔިތުންގެ މުދަލާ ހަވާލުވީދުވަހު އެމުދާކޮޅާލާފަހުރީމާ ފުލުހަށާ އެހެންތަންތަނައްވެސް ގެންދާނެ