ޚަބަރު ސަރުކާރު ސިޔާސީ

ޑިމޮކްރަސީ އައިފަހުން ދިވެހިންގެ 15 އަހަރު ބޭކާރުވެއްޖެ: އަބްދުއްރަހީމް

ފާރިހާ ޢަދުނާން ، ދެން އޮންލައިން
އަބްދުއްރަހީމް އަބްދުﷲ / ފޮޓޯ: ދެން

ޑިމޮކްރަސީ އައި ފަހުން ދިވެހިންގެ 15 އަހަރު ބޭކާރު ވެގެން ގޮސްފި ކަމަށް އިސް ވަޒީރު އަބްދުއްރަހީމް އަބްދުﷲ ވިދާޅުވެއްޖެއެވެ.

Ads by MWSC

އައްޑޫ ހުޅުދޫ ދާއިރާއަށް ޕީޕީއެމް/ޕީއެންސީގެ ޓިކެޓުގައި ވާދަކުރައްވާ ކެނޑިޑޭޓްގެ މާލެ ކެންޕޭން ޖަގަހަ ހުޅުވުމުގެ ރަސްމިއްޔާތުގައި ވާހަކަދައްކަވަމުން އަބްދުއްރަހީމް ވިދާޅުވީ، ކޮންމެ ބަޔަކުވެސް ވެރިކަމަށް އައިސް، އަނެއް ބަޔަކާއި ކޯޅެނީ ކަމަށާއި، އެގޮތް މިހާރު ބޭނުންނުވާ ކަމަށެވެ. ސިޔާސީ މީހުންގެ ކޯޅުމުގެ ސަބަބުން ދިވެހި ރައްޔިތުންގެ މުސްތަގުބަލު ހަލާކުވާން ރައްޔިތުންވެސް ބޭނުންނުވާކަން އޭނާ ފާހަގަކުރެއްވިއެވެ.

15 އަހަރު ދިވެހިރާއްޖޭގެ، އަޅުގަނޑުމެންގެ ތާރީހުން މި ޑިމޮކްރަސީއެއް އައިފަހުން ބޭކާރުވެގެން ހިނގައްޖެ. ހަމަ ކޯޅުމުގެ ތެރޭގައި މިދަނީ. ކޮންމެ ބަޔަކު ވެރިކަމަށް އައިސްފަ އަނެއްބަޔަކާ ކޯޅެނީ. އެޔެއް އަޅުގަނޑުމެންނަކަށް މިހާރަކު ބޭނުމެއް ނޫން. މި ގައުމަށް އެބަ ޖެހޭ ހަމަޖެހުން އަންނަން

އިތުރަށް އޭނާ ވިދާޅުވީ، މިދިޔަ ސަރުކާރުގައި ދިވެހިންނަށް އަމިއްލަ ފައިމައްޗަށް ތެދުވާން ފުރުސަތު ދީފައިނުވާ ކަމަށެވެ. އެ ފުރުސަތު ދިވެހިންނަށް ދިނުމުގެ ބަދަލުގައި އެ ސަރުކާރުން އައީ ގާނޫނު އަސާސީއާ ކަނޑައެޅިގެން ހިލާފަ އެއްބަސްވުންތަކެއްގައި ސޮއިކުރަމުން ކަމަށެވެ.

އިންޑިއާ ސަރުކާރާ އެކު ހަދައިފައިވާ އުތުރުތިލަފަޅު ތަރައްގީކުރުމުގެ އެއްބަސްވުމާއި، ހަނިމާދޫ އެއާޕޯޓާއި ގުޅުންހުރި އެއްބަސްވުންތަކަށް ތިއާޔަތްކޮށް އަބްދުއްރަހީމް ވިދާޅުވީ، އެ އެއްބަސްވުންތަކުގެ ސަބަބުން ޒަމާނުން ސުރެ ދިވެހިން އުޅެމުން އައި މިނިވަން ރާއްޖެ ދިވެހިންގެ އަތުން ދަމައިގަނެ ބޭރުގެ ބަޔަކަށް ވިއްކާލީ ކަމަށެވެ.

ރާއްޖޭގެ ތާރީހުގައި އެންމެ ބޮޑަށް ގައުމަށް ގައްދާރުވި ކަމަށް ކިޔަނީ 'ގޯވާ' އަށް ވަޑައިގެންނެވި ހަސަން ރަސްގެފާނާއި، ހަސަން ތާޖުއްދީންގެ ދެ ދަރިންގެ ވާހަކަ ކަމަށާއި، މި މީހުންނަށް ވުރެ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް އަކީ މާ ނުލަފާ މީހެއްގެ ގޮތުގައި އަބްދުއްރަހީމް ސިފަކުރެއްވިއެވެ.

އޭނާ ވިދާޅުވީ، ސޯލިހު ނުލަފާ މީހެއްގެ ގޮތުގައި ސިފަކުރެއްވީ ވެރިކަމުގައި ހުރެ، ގައުމަށް ގައްދާރުވުމުން ކަމަށެވެ. އަދި ދެން ގައުމަށް ގައްދާރުވީ ކަމަށް ބުނާ މީހުންނަކީ ވެރިކަމަށް އަންނަން ވެގެން ގައުމަށް ގައްދާރުވީ މީހުންކަން ފާހަގަކުރެއްވިއެވެ.

"ރައްޔިތުންގެ ފުރިހަމަ ތާއީދާއެކީގަ ގައުމުގެ ވެރިކަމަށް އައިސް ރައްޔިތުންނަށް އަނިޔާވެރިވީ، ރައްޔިތުންނަށް ހަރާންކޯރުވީ،" ކުރީގެ ރައީސް ސޯލިހް ސިފަކުރައްވާ އަބްދުއްރަހީމް ވިދާޅުވިއެވެ. އަދި ކުރިއަށް އޮތްތާ އެފަދައިން ކަންތައް ކުރަން ފުރުސަތު ނުދެއްވާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

Ads by HDC
  1. ޙަސނު

    މިކަލޭގެ އަށް ސަނާކިޔަން އެތިބޭ ތައުލީމީ ޒުވާނުން ހަމަ ލަދެއްވެސް ނުގަނޭބާ.