ލައިފްސްޓައިލް

ފްލަޝް ނުކުރެވިގެން ބަލާލިއިރު ޓޭންކު ތެރޭގައި ހަތަރު ހަރުފަ

މަރްޔަމް ވަޙީދާ ، ދެން އޮންލައިން

ސީއެންއެން: އޮސްޓްރޭލިއާގެ އަންހެނަކަށް ފާޚާނާއެއްގެ ތެރޭގައި، ވަރަށް ހައިރާން ކުރުވަނިވި އަދި ބިރުވެރި ކަމަކާއި ކުރިމަތި ވެއްޖެއެވެ.

Ads by MWSC

ނޯތު ކުއީންސްލޭންޑުގައި އުޅޭ ސޯފީ ޕިއާރސަން ބުނީ، ފާޚާނާ ބޭނުން ކުރުމަށްފަހު ފްލަޝް ނުކުރެވިގެން މިދިޔަ އާދީއްތަ ދުވަހު އޭނާއަށް އުޅެން ޖެހުނު ކަމަށާއި، ފްލަޝް ކުރެވުނީ ވަރަށް އުނދަގުލުން ކަމަށެވެ.
"އަހަރެން ވަރަށް ހައިރާންވި. އެހެންވެ ގަސްދުކުރީ ފްލަޝްޓޭންކުގެ މަތިގަނޑު ނަގާފައި ބަލާލަން ވެގެން އުޅޭ ގޮތެއް" ސީއެންއެންގެ ޕާޓްނަރ މީޑިއާއެއް ކަމަށްވާ ސެވަން ނިއުސް އަށް މައުލޫމާތު ދެމުން ސޯފީ ބުންޏެވެ.
މަތިގަނޑު ނަގާފައި ބެލިއިރު، އޭނާއަށް އޭގެ ތެރެއިން ފެނުނީ ގަސްގަހުގައި އުޅޭކަހަލަ ހަތަރު ހަރުފަ ފްލަޝް ޓޭންކުގެ ތެރޭގައި އޮޅިފައި އޮއްވައެވެ. އޭގެ ތެރެއިން އެންމެ ދިގުކޮށް އޮތް ހަރުފައިގައި ވެސް 3 ފޫޓު 4 އިންޗި ހުއްޓެވެ.

އާއްމުކޮށް އެހެން މީހުންވެސް މިޒަމާނުގައި ކަންތައްކުރާ ފަދައިން މީހަކަށް ގުޅާފައި އެކަން އެންގުމުގެ ކުރިން، ސޯފީ ވެސް ފުރަތަމަ އެހަރުފަތަކުގެ ފޮޓޯ ނަގައި ވީޑިއޯ ކުރިއެވެ.

ރިޕޯޓުތަކުން ބުނާ ގޮތުގައި މިގޮތަށް ގަސްގަހުގައި ހަރުފައިގައި ވިހައެއް ނުހުންނާނެއެވެ. އެހަރުފަތައް އާއްމުކޮށް ކައި އުޅެނީ ބޮއް ފަދަ ތަކެތި ކަމަށް ވެސް ރިޕޯޓުތަކުން ބުނެފައިވެއެވެ.

 

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!