ލައިފްސްޓައިލް

ރުޅިގަދަވާ މީހުންނަށް ، ނިންޖާއިމެދު ސަމާލުވޭ!

އިބްރާހީމް ޙުސައިން ، ދެން އޮންލައިން

ބައެއް މީސްމީހުންނަކީ ތަބީޢީގޮތުން ވެސް ރުޅިގަދަ މީހުންނެވެ. އަދި އަނެއް ބަޔަކީ ރުޅިމަޑު ނަމަވެސް ބައެއް ޙާލަތްތަކުގައި ރުޅިގަދަ ވާ މީހުންނެވެ. ރުޅިގަދަ ވުމުގެ ސަބަބުން ބައެއް ފަހަރު ދުލާއި އަތްފައިން ގޯސް ހެދި އެކަންކަމާއި ހިތާމަކުރާން ޖެހޭ ކަންކަމާއި ދިމާވަނީ މަދަކުން ނޫނެވެ. އެފަދަ މީހުން ވިސްނާލާށެވެ. ތިޔަ އުޅެނީ ރަނގަޅަށް ނިދައިގެން ހެއްޔެވެ؟

Ads by Hajj Corporation

ފުރިހަމަ ނިންޖެއް ލިބުމަކީ ރުޅިގަދަ މީހުން އެކަމުން ދުރު ކުރުވިދާނެ ކަމެކެވެ. އެމެރިކާގެ ލޮވާ ސްޓޭޓް ޔުނިވާސިޓީން ދާދި ފަހުން ކުރި ދިރާސާއަކުން މިކަން ވަނީ ސާފުވެފައެވެ. 200 ކޮލެޖު ދަރިވަރުންނާއި 147 އާންމުން ބައިވެރިކޮށްގެން ހެދި މި ދިރާސާގައި ނިދާ މިންވަރު މަދު ކޮށްގެންނާއި އިތުރުކޮށްގެން އެމީހުންގެ ދުވަހުގެ ހަރަކާތްތަކަށް އަންނަ ބަދަލު ވަނީ ދެނެގަނެފައެވެ. އެގޮތުން ރަނގަޅަށް ނުނިދާ މީހުން ޖެހިގެން އަންނަ ދުވަހު ، ކަންކަމާއި މާޔޫސްވެ ، ރުޅިގަދަ ވާކަން ވަނީ ފާހަގަ ކުރެވިފައެވެ.

މި ދިރާސާގައި އިސްކޮށް ހަރަކާތްތެރިވި ޒްލަޓާން ކްރިޒާން ބުނެފައިވަނީ ނިންޖަށް އަންނަ ބަދަލަކީ ރުޅިގަދަ ވުމާއި މާޔޫސްވުމަށް އަސަރުކުރުވާ ކަމެއް ކަމުގެ ހެކި މި ދިރާސާއިން ލިބިގެން ހިނގައްޖެ ކަމަށާއި އެހެންކަމަށް ވުމާއެކު މިއީ ވަރަށް މުހިންމު ދިރާސާއެއް ކަމަށެވެ. މީގެ އިތުރުން ސިކުނޑީގެ ދުޅަހެޔޮ ކަމަށް ވެސް ފުރިހަމަ ނިދީގެ މުހިންމުކަން ދިރާސާއިން ސާބިތުވެގެން ދިޔަ ކަމަށް އޭނާ ބުނެފައިވެއެވެ.

 

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!