ޚަބަރު އިޖުތިމާޢީ

ކުށުގެ ވެށީގައި 200 ކުދިން ވީއްލިފައި!

ފައިނާ ފާއިޒް ، ދެން އޮންލައިން
ފުލުހަކު މަގުމަތީގައި ހަރަކާތްތެރިވަނީ/ ފޮޓޯ: ދައުރު

ކުށްތަކަށް އަރައިގަތުމުގެ ސަބަބުން އެޓް ރިސްކުގައި، ޖުވެނައިލް ރިހެބިލިޓޭޝަން ބޭނުންވާ 200 އަށް ވުރެ ގިނަ ކުޑަކުދިން އެބަ ތިބިކަމަށް, ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހުސާން ރޭ ވިދާޅުވެއްޖެއެވެ.

Ads by STELCO

އއ. ރަސްދޫގެ މިސްކިތެއްގެ ފާހާނާގައި ކުޑަކުއްޖަކަށް އަނިޔާކުރި މައްސަަލައެއް ފެންމަތިވުމާއި ގުޅިގެން ކަމާއި ބެހޭ އިދާރާތަކުން ދަނީ މި މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލަން ފަށާފައެވެ.

ކުޑަކުދިން ގަނާއިން ރައްކާތެރިކުރުމަށް މަސައްކަތްކުރާ ޓާސްކްފޯސް އިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި މިނިސްޓަރު އިހުސާން ވިދާޅުވީ، އެފަދަ ކުށްތަކަށް އަރައިގަތުމުގެ ސަބަބުން ޖުވެނައިލް ރިހެބިލިޓޭޝަން ބޭނުންވާ ކުދިން ގިނަ ކަމަށެވެ.

އެ ކުދިންގެ ތެރޭގައި ގިނައީ އުމުރުން 12، 13 އަދި 14 އަހަރުގެ ކުދިންކަން މިނިސްޓަރު ވަނީ ފާހަގަކުރައްވާފައެވެ.

ދިގު މުއްދަތައް ފަރުވާ ބޭނުންވާ ކުދިންވެސް ހިމެނޭ ކަމަށާއި، އެ ފަރުވާ ދިނުމަށް ކޯޓުގެ އިރުޝާދުގެ ދަށުން އެކުދިން ސަރުކާރުގެ ބެލުމުގެ ދަށަށް ގެންދިޔުމުގެ މަސައްކަތް ފަށާފައިވާކަން މިނިސްޓަރު ފާހަގަކުރިއެވެ.

''200 ކުދިން އެޓް ރިސްކްގައި އެބަ ތިބި ފަރުވާ ބޭނުންވާ'' އިހުސާން ވިދާޅުވިއެވެ.

ކެއާ ފެސިލިޓީގައި 18 އަހަރު ވަންދެން ބައިތިއްބުމަށް ފަހު ފަރުވާ ދިނުން އެއީ ރައީސްގެ ވިސްނުން

ދިގު މުއްދަތައް ދެމިގެންދާ ފަރުވާގެ ތެރޭގައި މުޖުތަމައުގެ ތެރޭ ކުރަން ޖެހޭ އެކި އެކި މަސައްކަތް އަދި އަހުލާގާ ގުޅޭ އެކި ތަމްރީނުތައް ހިމެނިގެން ދާނެއެވެ.

ނަމަވެސް ރާއްޖޭގައި މިފަދަ ހިދުމަތް ދެވޭނެ ފެސިލީޓިއެއް ނެތުމުން އެކުދިންނަށް ބޭނުންވާ އެހީ ފޯރުކޮށްދެވެން ނެތްކަމަށާއި ކުރިއަށް އޮތް ހަފްތާގެ ތެރޭގައި މި ހިދުމަތް ލިބޭނެ ގޮތް ހަމަޖެހިގެން ދާނެ ކަމަށްވެސް މިނިސްޓަރު ވަނީ ވިދާޅުވެފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!