ޚަބަރު ސަރުކާރު ސިޔާސީ

މަޖިލީހަށް އައްޑޫ ބްރިޖް މަޝްރޫއު ހުއްޓުވިދާނެ, ސަރުކާރަށް މަޖިލިސް ދީ: ރައީސް

ފާރިހާ ޢަދުނާން ، ދެން އޮންލައިން
އައްޑޫ ކެމްޕެއިން ޖަލްސާގައި ރައީސް ވާހަކަފުޅު ދައްކަވަނީ - ފޮޓޯ: ދެން އިމޭޖަސް

އައްޑޫ ސިޓީ ހިތަދޫ އާއި ހުޅުމީދޫ ދެމެދު އެޅުމަށް ހަމަޖެހިފައިވާ ބްރިޖުގެ އަމަލީ މަސައްކަތް ކުރިއަށްއޮތް ދެ މަސްދުވަހުގެ ތެރޭގައި ފަށާނެ ކަމަށާއި، ނަމަވެސް، އެ މަސައްކަތް ރައްޔިތުންގެ މަޖިލީހަށް ހުއްޓުވިދާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

Ads by STELCO

ރައީސް މިފަދައިން ވިދާޅުވީ، މިރޭ އައްޑޫގައި ކުރިއަށްދިޔަ ޕީޕީއެމް/ޕީއެންސީ ޖަލްސާގައި ސަޕޯޓަރުންނާއި ވާހަކަފުޅު ދައްކަވަމުންނެވެ.

ރައީސް ވިދާޅުވީ، ފުރަތަމަ 100 ދުވަހުގެ ތެރޭގައި ބްރިޖްގެ މަސައްކަތް ފެށިފައިވާ ކަމަށާއި، އެތަނުގެ މަސައްކަތް މިސްރުގެ ދަ އަރަބް ކޮންޓްރެކްޓާސް ކުންފުންޏާއި ހަވާލުކުރެވި، ބާރު ސްޕީޑުގައި މަސައްކަތް ކުރިއަށްދާ ކަމަށެވެ. އެގޮތުން، އެ ކަނޑު އަޑީގެ ސާވޭތައް ނިިމިފައިވާ ކަމަށެވެ. އަދި ޑިޒައިނިންގްގެ ތިންބައި ކޮށްފައި އެއްބައި މަސައްކަތް ނިމިފައިވާކަން ފާހަގަކުރިއެވެ. މި މަސައްކަތް ކުރިއަށް އޮތް ދެ މަސްދުވަހުގެ ތެރޭގައި ނިންމައި، މި އަހަރު ނިމުމުގެ ކުރިން ބްރިޖުގެ އަމަލީ މަސައްކަތް ފެށިގެންދާނެއެވެ.

"ކުރިއަށް އޮތް ދެ މަހެއްހާ ދުވަހުގެ ތެރޭގައި އިރާދަކުރެއްވިއްޔާ މި ދެންނެވި މަރުހަލާ ނިމި، މި އަހަރު، 2024 ނިމުމުގެ ކުރިން އަމަލީ މަސައްކަތް ފެށިގެންދާނެ،" ރައީސް ވިދާޅުވިއެވެ.

މީގެއިތުރުން، މި ދައުރު ނިމުމުގެ ކުރިން ބްރިޖުގެ މަސައްކަތް ނިންމަން ބޭނުންވާކަން ރައީސް ފާހަގަކުރެއްވިއެވެ. ރައީސް އެހެން ބޭނުންވީ ނަމަވެސް، މިދިޔަ ހަތަރު މަހު މަޖިލީހުން މަސައްކަތްތައް ހުއްޓުވި ފަދައިން ބްރިޖުގެ މަސައްކަތް ކުރިޔަ ނުދީ ހުއްޓުވިދާނެކަމަށް ވިދާޅުވިއެވެ. އަދި އެބާރު އޮތީ ރައްޔިތުންގެ އަތުގައި ކަމަށާއި، އެ ފުރުސަތު ނުދެއްވުމަށް ގޮވާލެއްވިއެވެ.

"އަޅުގަނޑު ބޭނުން މި ދައުރު ނިމޭއިރަށް ބްރިޖް ނިންމަން. 2028 އައީމަ ކުރާ ކަމަކަށް ބާއްވާކަށް ބޭނުމެއް ނޫން. އެކަމަކު، މިކަމަށް ހުރަސް އެޅިދާނެ. މިކަން ހުއްޓުވިދާނެ. ރައްޔިތުން މަޖިލީހަށް ހުއްޓުވިދާނެ. ތިބޭފުޅުން ތިޔަ ތިބީ އެ ފުރުސަތު ދެއްވަންތޯ މަޖިލީހުން ހުއްޓުވަން. މިދިޔަ ހަތަރު މަސް ދިޔަ ގޮތަށް ދާ މަޖިލީހެއް އައިސްފިއްޔާ ހުއްޓުވޭނެ ހުރިހާ ކަމެއް ވެސް. އެހެންވީމަ ދިވެހި ލޮބުވެތި ރައްޔިތުން އެ ރިސްކް ނުނަންގަވާ،"

މި ސަރުކާރާއި ހިޔާލު ތަފާތުވާ ބަޔަކު މަޖިލީހުގައި ތިބެގެން ތަރައްގީގެ މަސައްކަތްތައް ނުކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. ގެދޮރުވެރިކަމާއި، ފުދުންތެރިކަމާއި، ސިއްހީ ނިޒާމާއި މީގެ އިތުރުން ވެސް މެނިފެސްޓޯގައި ހުރި ތަރައްގީގެ މަސައްކަތްތައް ކުރުމަށް މަޖިލިސް ބޭނުންވާ ކަމަށް ވިދާޅުވިއެވެ.

ހިތަދޫ އާއި ހުޅުމީދޫ ދެމެދު ގާއިމްކުރާ ބްރިޖުގެ މަސައްކަތް ނިމުމުން އެތަން ވެގެންދާނީ ތަރައްގީގެ ފާލަކަށްކަން ރައީސް ފާހަގަކުރެއްވިއެވެ. ބްރިޖާއެކު ސިޓީ ތަރައްގީ ވާނެ ކަމަށާއި، އޭގެ ސަބަބުން އިގްތިސާދީ ފައިދާ މުޅި ސިޓީއަށް ލިބިގެންދާނެކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން ޓޫރިޒަމާއި އެއާޕޯޓް ޑިވެލޮޕްމެންޓް ވެސް ވަނީ ބްރިޖާއި ގުޅި ލާމެހިފައިކަން ފާހަގަކުރެއްވިއެވެ.

ރޭ އައްޑޫގައި ބޭއްވި އެމްޑީޕީ ކެމްޕޭން ޖަލްސާގައި ވާހަކަދައްކަވަމުން ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ވަނީ، މި ބްރިޖުގެ މަސައްކަތަށް އެމްޑީޕީ މެމްބަރުންގެ ފުރިހަމަ ތާއީދު ލިބޭނެ ކަމުގެ ޔަގީންކަން ދެއްވާފައެވެ.

Ads by HDC
  1. ރެއްފެ

    މުއީޒް އަކީ ޕާރޓީ އަކީ ތާއީދުކުރިން. މިހާރު އޭނަގެ އަމަލްތަން އެދަނީ ވަރައް ދޮގުވެރިކޮން. ރާްޖެތެރެ ކަންކަން ހުއްޓުވަނީ މަޖްލިސް ނުލިބިގެން. މާލެ ބަގްރޫޓް ކޮށްލާ މަސްރޫއުތައް ކުރިޔައްދޭ. އިގޭތޯ ބޭފުޅާ އަށް މިހާރު ކިޔޭ އެއްޗެއް. ޓެސްޓް އެއް ހަދާލަބަލަ ތުރުކީ އިން. މިހާރު ހުރިހާކަމެއް ކުރީ ސަރުކާރު ބޮލަށް. ރަގަޅު ކުރައްގެނައީ ކީކޭތަ ތިކިޔަނީ. މާގިނާން ދޮގު ހަދަނީ ތިހިރާ.. އީމާން ތެރިކަން ހިތައް އަރުވާ ލަބަލަ.. ދެއްކުން ތެރިކަން ހުއްޓާލަބަލާ..

  2. ޙަސަނު

    ރަސްމާލެ ޕުރޮޖެކްޓާ މިނިސްޓަރުންނަށް ރުހުންދިނުމާ ނުހުއްޓުވޭނެދޯ.