ވިހިވަނަ މަޖިލީހަށް ސަބާގެ އެޖެންޑާ ކޮންމެހެން މުހިންމު
މުހައްމަދު ސަބްރީ (ސަބާ) އަކީ ދިވެހި ރާއްޖޭގައި އެންމެ ފުރަތަމަ ނާކޮޓިކްސް އެނޯނިމަސް (އެން.އޭ) މީޓިންތައް ފެށި ބޭފުޅާއެވެ. އެއީ 2006 ވަނަ އަހަރުގައެވެ. އެން.އޭ މީޓިން ތަކަކީ އެކަކު އަނެކެއްގެ ކިބައިން ހިތްވަރު ލިބިގަނެ އެކަކު އަނެކެއްގެ ވާހަކަ އެންމެގެ ތެރޭގައި ބައްދަލުވެ ހިއްސާކޮށް ހިޔާލުބަދަލުކޮށް، ތަޖުރިބާ ކިޔައިދީ ހެދުމަށްޓަކައި، ރިކަވަރިން އެޑިކްޓްސް ނުވަތަ މަސްތުން ސަލާމަތްވާން މަސައްކަތްކުރާ މީހުން އެކުގައި އިށީނދެ ގަވާއިދުން ބާއްވާ މީޓިން ތަކެކެވެ. މިފަދަ މީޓިން ތަކުގެ ސަބަބުން އެޑިކްޝަނުން އަރައިގަތުމައް މަސައްކަތް ކުރާ މީހުންނަށް ހިތްވަރު ލިބި، އާއިލާ އާއި މުޖުތަމައުން ބާކީކޮށްފައި ތިއްބަސް އެކަކު އަނެކެއްގެ ފަރާތުން އަޅާލުމާއި ލޯބި ލިބުމަށް މަގުފަހިވެއެވެ.
އޭގެ ފަހުން ވެސް ސަބާ އަންނަނީ އެޑިކްޝަނުން ސަލާމަތްވާން ބޭނުންވާ މީހުންނަށް އެކި ގޮތްގޮތުން އެހީތެރިކަން ފޯރުކޮށް ދެމުންނެވެ. މި ދާއިރާގައި ސަބާ މަސައްކަތް ކުރާތާ 20 އަހަރު ވީ އިރު މުޅި ރާއްޖޭގެ އެކި ސަރަހައްދުތަކުގެ އާއިލާތަކަށް ސަބާ ވަނީ ރިކަވަރީ ފަރުވާ ހޯދުމަށް އެހީތެރިކަންވެދީފައެވެ. ރާއްޖޭގައި އެޑިކްޝަން އަށް ބޭހުގެ ފަރުވާ އެންމެ ފުރަތަމަ ތައާރަފްވެގެން އައުމުގައި ވެސް ސަބާ މިކަމަށް އެދި ކުރި މިންނެތް ހިތްވަރާއި މަސައްކަތް ވެއެވެ.
"ލިއްލާހިއަށް ޓަކައި ހިލޭސާބަހަށް ސަބާ އަންނަނީ ރާއްޖެއާއި ރާއްޖެއިން ބޭރުން ވެސް ފަރުވާ ބޭނުންވާ މީހުންނަށް އެހީވަމުން. މިއީ ރިކަވަރިން ކޮމިއުނިޓީ އަށް ނުވަތަ މަސްތުވާތަކެތި ބޭނުންކުރުމުގެ ބައްޔަށް ފަރުވާ ހޯދައި އަނބުރާ މުޖުތަމައަށް އަންނަން އެދޭ މީހުންނަށް ވަރަށް މުހިންމު މީހެއް" އެން.ޑީ.އޭ ގެ ކުރީގެ ޑިރެކްޓަރ ޖެނެރަލް އަލީ ޝަރީފު ސަބާ އާއި މެދު ވާހަކަ ދައްކަވަމުން ވިދާޅުވިއެވެ.
ސަބާ ސިފަކުރައްވާ ގޮތުގައި ރާއްޖޭގައި މަސްތުވުމުގެ ބަލި މިހާރު އޮތީ ޕެންޑަމިކެއްގެ ދަރަޖައަށް އައިސްފައެވެ. ރާއްޖޭގެ ޖަލުތަކުގެ އާބާދީގެ 95 އިންސައްތަ އަކީ މަސްތުވާތަކެއްޗާއި ގުޅުން ހުރި ކުށްތަކުގެ ހުކުމް ތަންފީޒުކުރާ މީހުންނެވެ. ރާއްޖޭގެ މި މައްސަލަ އާއި ބެހޭ ގޮތުން ހަދާފައިވާ ދިރާސާތަކުން ފެންނަ ގޮތުގައި ރާއްޖޭގައި މަސްތުވާތަކެތި ބޭނުން ކުރާ މީހުންގެ އަދަދު އަންނަނީ އެއް އަހަރަށް ވުރެ އަނެއް އަހަރު މަތި ވަމުންނެވެ. މަސްތުވުމުގެ ފުރަތަމަ މައްސަލަ ރާއްޖޭގައި ރެކޯޑު ކުރެވިފައިވަނީ 1977 ވަނަ އަހަރުގައެވެ. 2021 ވަނަ އަހަރުގެ ސިޗުއޭޝަނަލް އެސެސްމަންޓް ރިޕޯޓުން ދައްކާ ގޮތުން މަސްތުވާ މީހުންގެ އަދަދު ވަނީ 2016 އިން 2020 އަށް ދެގުނަ އަށް މަތިވެފައެވެ. މިއީ ބިރުވެރި އަދަދުތަކެކެވެ.
"ރާއްޖޭގައި މިހާރު މެތް އާއްމުވެއްޖެ. މިއީ މީހާގެ ސިކުނޑި ކުޑަ ދުވަސްކޮޅެއްގެ ތެރޭގައި ހަލާކުކޮށްލާ ޑްރަގެއް. ސިންތެޓިކް ޑްރަގް އާއްމުވެއްޖެ. ޅަކުދިން މީގައި ޖެއްސުމުގެ ބޭނުމުގައި ރަށްރަށުގައި މިތަކެތި ބަހާ އެބަ ހަދާ. ސްކޫލުތަކުގެ ދަރިވަރުން މަސްތުގެ ވަބާގައި ޖެހޭ މިންވަރު އަންނަނީ މަތިވަމުން."
މިކަމަށް އޮތް ހައްލަކީ މީހުން މަރުކަޒަކަށް ލައިގެން ޑިޓޮކްސް ކޮށް މެތަޑޯން ދިނުމެއް ނޫނެވެ. މަސްތުވާތަކެތީގެ ވަބާ ގައި ޖެހެނީ ނަފްސާނީ މައްސަލަތައް ތަހައްމަލު ކުރާ މީހުން ކަމުން، ނަފްސާނީ ބަލިތަކުގެ ފަރުވާ އާއި، އާމްދަނީ ހޯދުމަށް ކުރާނެ މަސައްކަތްތައް ނެތި މި ބަލިން މީހުން ފަސޭހަ ކުރަން ދަތިވާނެ ކަމަށް ސަބާ ގަބޫލުކުރައްވައެވެ.
ދެން އޮތީ ނަފްސާނީގޮތުން ދިމާވާ އެކިއެކި ހާލަތްތައް ނުވަތަ ނިއުރޯޑައިވާރޖަންޓް ސްޕެކްޓްރަމްތަކުގެ އެކި ހިސާބުގައި ތިބޭ ކުދިންނަށް ތެރަޕީ ދީ، އެކުދިން ބޮޑު މީހުންނަށް ވާއިރު ދިރިއުޅުމަށް ތައްޔާރުކޮށް، ނަފްސާނީ ގޮތުން ދުޅަހެޔޮ ބަޔަކަށް ހެދުމަށްޓަކައި އާލީ އިންޓަވެންޝަން ނުވަތަ ދުރާލައި ހުރަސް އެޅުމުގެ ޕްރޮގްރާމްތައް ވަރުގަދަ ކުރުމެވެ. ސްކޫލުތަކުގައި ކައުސެލިން ދޭނެ ކައުންސިލަރުން ތިބުމަކީ ގާނޫނުން ލާޒިމު ކަމެއް ނަމަވެސް ރާއްޖޭގެ 250 ސްކޫލުގެ ތެރެއިން ދަރިވަރުންނަށް މި ހިދުމަތް ލިބެނީ އެންމެ 51 ސްކޫލުންނެވެ.
"މުދައްރިސުން ނުލިބުނީމައި އަޅުގަނޑުމެން ރާއްޖެއިން ބޭރުން އެހިދުމަތް އިމްޕޯޓު ކުރާ ފަދައިން ކައުންސެލިން ދޭނެ ޕްރޮފެޝަނަލް މީހުން އަވަހަށް ހޯދަން ޖެހޭ. ސަރުކާރަކުން މީހުން ބިނާކޮށް ކައުންސިލަރުންނާއި ތެރަޕީ ދޭނެ މީހުން ބިނާކޮށް ނިމެންދެން އަޅުގަނޑުމެންގެ ދަރިންނެއް ނުތިބޭނެ ދެއްތޯ ބޮޑުނުވެ. އެކުދިން ދާނީ ހެދި ބޮޑުވަމުން. ދާއިރު މިއެހީތެރިކަމާއި ނުލައި ކުދިން ބޮޑުވުމަކީ ނަފްސާނީ ދުޅަހެޔޮކަމަށް އޮތް ހުރަހެއް. ދިރާސާތަކުން އެބަ ފެނޭ މަސްތުވުމުގެ ވަބާތެރެއަށް މީހުން ހުށައެޅޭ ސަބަބުތަކުގެ ތެރޭގައި އެންމެ ބޮޑު ސަބަބަކީ ނަފްސާނީ ދުޅަހެޔޮކަން ނެތުން ކަން"
އާއިލާތައް ރޫޅުން، އާއިލާތަކުގެތެރޭގައި ފަގީރުކަން އޮތުން، ތައުލީމުން މަހުރޫމުވުން، ބޯހިޔާވަހިކަން ނެތުން، މައިންބަފައިން މަރުވެ ކުދިން އެކަނިވުން ފަދަ ކަންކަމަކީ ރާއްޖޭގައި ގޭންގުތައް އުފެދި ކުށުގެ ތެރެއަށް ކުޑަ ކުދިންނާއި ޒުވާނުން ވަންނަ ސަބަބުތައް ކަމަށް ދިރާސާ އިން ދައްކައެވެ.
މިބިރުވެރި ކަމުން ސަލާމަތްވުމަށްޓައި ފުލުހުން ގިނަކޮށް ޖަލުތައް ގިނަކޮށްގެން އެއްވެސް ގައުމެއްގައި ކުރިއެރުން ހޯދިފައެއް ނެތެވެ. އޭރުން އެ ހޯދެނީ މައްސަލަ ފޮރުވޭނެ ގޮތެކެވެ. މީހުން މަރުކަޒަކަށް ލައި އެކަހެރި ކުރެވެނީއެވެ. އެމީހުން މުޖުތަމައުތެރޭގައި ހަރުދަނާ މީހުންގެ ގޮތުގައި ދިރިއުޅުމުގެ ފުރުސަތު ހޯދައި ދީގެން މެނުވީ ގައުމަށް ސަލާމަތެއް ނެތެވެ. އެހެން ނޫންނަމަ މި ސަރަހައްދުގަ ވެސް އާބާދީގެ ނިސްބަތުން އެންމެ ކުށްވެރިންނާއި މަސްތުވާ ބަލީގެ މީހުން ގިނަ ގައުމަށް އަޅުގަނޑުމެންގެ މިރާއްޖެ ބަދަލުވުން ގާތެވެ. މިހާރުވެސް އާބާދީގެ ނިސްބަތުން ކުށްވެރިން އެންމެ ގިނަ ގައުމުތަކުގެ ތެރޭގައި ރާއްޖެ ހިމެނެއެވެ.
އަޅާލުމާއި ލޯބި ދީގެން، ފުރިހަމަ ވަށާޖެހޭ ފަރުވާގެ ޕްރޮގްރާމެއްގެ ތެރެއިން، ސަބްސްޓަންސް ޔޫޒް ޑިސްއޯޑަރ (އެސް.ޔޫ.ޑީ) ކޮމިއުނިޓީގެ މީހުންނަށް ފަރުވާ ދޭން ޖެހުން މާ ލަސްވެސް ވެއްޖެއެވެ. މިކަމަކީ ތައުލީމާއި ބޯހިޔާވަހިކަމާއި ސިއްހަތާއި އާއިލާތަކުގެ އާމްދަނީ އާއި ފަރުދީ ފުދުންތެރިކަމާއި ގުޅުން ހުރި މައްސަލައެއް ކަމުން ގާނޫނު ހަދާ މަޖިލީހުގައި ހުރެ މިވާހަކަ ދައްކާނެ މީހަކަށް މުޅި ރާއްޖެ އެދެއެވެ. 20 ވަނަ މަޖިލީހަށް ކުރިމަތިލާފައިވާ ކެންޑިޑޭޓުންގެ ތެރެއިން އެ ކެންޑިޑޭޓެއްގެ ލެޖިސްލޭޓިވް އެޖެންޑާ މި މައްސަލައަށް ހާއްސަކޮށްފައިވާ އެހެން ބޭފުޅެއް ނެތެވެ.
ސަބާ އަށް ރާއްޖޭގެ އެކި ހިސާބުތަކުގެ ބެލެނިވެރިންނާއި އަމިއްލަ ފަރުދުން ގުޅައި މިވާހަކަ ދައްކައި ދިނުމަށް އެދެމުންދަނީ ސަބާ ދެކޭ ގޮތުގައި މި މައްސަލަ ސިއްހީ މައްސަލައެއްގެ ގޮތުގައި ބަލައިގަތުމަކީ ރާއްޖެއަށް އާ ކަމަކަށް ވީމައެވެ. ދެން ނޫހުގެ ފަރާތުން ސަބާ އަށް ކާމިޔާބަށް އެދެމެވެ.
ތައުލީމު
- އެމެރިކާގެ އިންޓަނޭޝަނަލް ނާކޮޓިކްސް އެންޑް ލޯ އެންފޯސްމަންޓް އެފެއާސް އާއި ގުޅިގެން ހިންގާ
- ސްރީލަންކާގެ ޑްރަގް އެޑްވައިޒަރީ ޕްރޮގްރާމް ގެ ރިކަވަރީ ޕިއާ ސަޕޯޓް ޕްރޮފެޝަނަލް އަދި ރިކަވަރީ ކޯޗު ކަމުގެ ކޯސް. މި ކޯސް ހާއްސަކޮށްފައިވަނީ، މަސްތުން ސަލާމަތްވާން ބޭނުންވާ މީހުންނަށް ހާއްސަ އާފްޓާ ކެއާ ފަރުވާތަކާއި ބެހޭ ގޮތުން
- ޔުނިވާސަލް ޓްރީޓްމަން ކަރިކިއުލަމް ޕްރޮގްރާމް.
- އެމެރިކާގެ، އިންޓަނޭޝަނަލް ސޮސައިޓީ އޮފް ސަބްސްޓެންސް ޔޫސް ޕްރޮފެޝަނަލްސް –
- އައި.އެސް.އެސް.ޔޫ.ޕީ މެމްބަރ
ސިޔާސީ ތަޖުރިބާ
- 2011 ވަނަ އަހަރު މަސްތުވާތަކެއްޗާއި ބެހޭ ގާނޫނު ޑްރާފްޓު ކުރުމަށް ހިޔާލާއި މަޝްވަރާ ފޯރުކޮށްދިނުން.
- އެން.ޑީ.އޭގެ ސީނިއާ އެގްޒެކެޓިވް ޑިރެކްޓަރގެ މަގާމުގައި - މަސްތުވާތަކެތި ބޭނުން ކުރުމަކީ ސިއްހީ މައްސަލައެއް ކަމަށް ބަލައިގަނެ ވަށާޖެހޭ ފަރުވާ ތައާރަފުކުރުމަށް ސަބާ ކުރި މަސައްކަތުން މަސްތުވާތަކެތި ބޭނުން ކުރާ މީހުންނަށް ޑޮކްޓަރީ ފަރުވާ ދޭން ރާއްޖޭގައި ފުރަތަމަ ފަހަރަށް ފެށީ 2021 ވަނަ އަހަރު.
- ރައްޔިތުންގެ މަޖިލީސް މެމްބަރުންނާއި ބައްދަލުކޮށް، ޖިނާއީ އަދުލުގެ ނިޒާމާއި، ފަރުވާގެ ނިޒާމު ހަރުދަނާ ކުރުމަށް ވަކާލާތުކޮށް އެ މަސައްކަތްތައް ނޭޝަނަލް ޑްރަގް އޭޖެންސީ އާއި، ޖިނާއީ އަދުލުގެ ނިޒާމުގެ ކަމާއި ބެހޭ ފަރާތްތަކާއި، ފުލުހުންނާއި ގުޅިގެން ފެށުން.
- ސ. މީދޫގައި ޑިޓޮކްސް ސެންޓަރެއް ހެދުމަށް ބާރުއަޅައި، އެ މަސައްކަތް ކާމިޔާބުކޮށްފައިވޭ. މި ސެންޓަރުން މިހާތަނަށް 100 އަށް ވުރެ ގިނަ މީހުންވަނީ ފަރުވާ ލިބިގަނެފައި.
- އެމް.ޑީ.ޕީގެ އެސް.ޔޫ.ޑީ ޕޮލިސީ ނުވަތަ މަސްތުވާތަކެތި ބޭނުންކުރާ މީހުންނާއި ބެހޭ ޕޮލިސީ ޑްރާފްޓު ކުރުން.
ސ. މީދޫގެ ކައުންސިލަށް ސިޔާސީ، އިދާރީ އަދި އިގްތިސާދީ ބާރުވެރިކަން ހޯދުމަށްޓަކައި ވަކާލާތުކޮށް، ޕެޓިޝަން ހަދައި، ރައްޔިތުންގެ މަޖިލީހާއި، އެލް.ޖީ.އޭ އަދި ރައީސުލް ޖުމުހޫރިއްޔާގެ ސަމާލުކަމަށް އެކަން ގެނައުން. - ސ. މީދޫގެ މަޖިލީސް ގޮނޑި ސ. މަރަދޫފޭދޫ އާއި އެކު އޮތް އޮތުން ނިމުމަކަށް ގެނެސް މީދޫގެ މަޖިލީސް ގޮނޑި ހަމަ އެކަނި މީދޫ ރައްޔިތުން ތަމްސީލުކުރާ ގޮނޑިއަކަށް ބަދަލުކުރުމަށް (އިލެކްޝަންސް ކޮމިޝަނާއި، ރައީސުލް ޖުމުހޫރިއްޔާ އަދި މަޖިލީހުގެ މެމްބަރުންނާއި އެކު މަސައްކަތްކޮށް) އެކަން ކާމިޔާބުކުރުން.
- ސ. މީދޫގެ ޓޫރިޒަމް ކުރިއެރުވުމަށްޓަކައި މީދޫ ޓޫރިޒަމް ކޯޕަރޭޓިވްސް އުފެއްދުން.
މަސްތުވާތަކެތިން މީހުންނާއި ކުދިން ސަލާމަތް ކުރުމަށް ކުރި އަމިއްލަ ގޮތުން ކުރާ މަސައްކަތް
- 2006 ވަނަ އަހަރު ރާއްޖެއަށް މުޅިން އަލަށް ނާކޮޓިކްސް އެނޮނިމަސް (އެން.އޭ) މީޓިންތައް ތައާރަފްކުރުން.
- މިހާތަނަށް އިންޑިއާގެ ސަބްސްޓެންސް ޔޫސް ޑިސޯޑާ ރީހެބިލިޓޭޝަން ސެންޓަރާއި ގުޅިގެން 35 މީހުން ފަރުވާ އަށް ފޮނުވާފައިވޭ. އަދި އެ ފަރާތްތައް ވަނީ ކާމިޔާބު ކަމާއި އެކީ ފަރުވާ ފުރިހަމަކޮށް މަސްތުގެ ވަބާއިން ސަލާމަތްވެ އުފާވެރި ހަޔާތަކަށް އެނބުރިފައި.
- ރާއްޖޭގެ އެކި ކަންކޮޅުތަކުގައި ހުރި ޑިޓޮކްސް ސެންޓަރު ތަކުން ފަރުވާ ހޯދުމަށް ބާރުއަޅައި، އެކަމަށް ބޭނުންވާ ސަޕޯޓް، އެސް.ޔޫ.ޑީ މީހުންނަށް ފޯރުކޮށް ދިނުން.
އެޖެންޑާ19 އިން ފެނިގެން ދިޔައީ އަނިޔާވެރިކަމާއި ކޮރަޕްޝަނާއި ފަސާދައާއި ލާދީނިއްޔަތު އެހެންވީމަ އެމްޑީޕީ އިން ތިކުޅޭ ޑްރާމާ ހުއްޓާލާފަ ގައުމަށް ފައިދާވާގޮތަށް ކަންކަން ނިންމުން މުހިންމު އެމްޑީޕީ އަކީ އިސްލާމް ދީނަށް ދުވަހަކުވެސް ލޯތްބެއްވާނެ ބައެއްނޫން