Friday, 6 November 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

ބަހުގެ ދުވަސް ފާހަގަ ކުރަން ބާއްވާ އަތު ލިޔުމުގެ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

ބަހުގެ ދުވަސް ފާހަގަ ކުރަން ބާއްވާ އަތު ލިޔުމުގެ މުބާރާތުގައި ބައިވެރިވާން ހުޅުވާލައިފި

ދިވެހި ބަހުގެ ދުވަސް ފާހަގަކުރަން އޮފީސްތަކުގެ މެދުގައި ބާއްވަން ނިންމާފައިވާ އަތުލިޔުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލައިފިއެވެ.

ދިވެހިބަހުގެ ދުވަސް ކޮންމެ އަހަރަކުވެސް ފާހަގަކުރަނީ އޭޕްރީލް މަހުގެ 14 ވަނަ ދުވަހުއެވެ. މިއަހަރުގެ ދިވެހިބަހުގެ ދުވަހަށް އެކެޑަމީން ކަނޑައަޅާފައިވާ ޝިޢާރަކީ "ދިވެހިބަހުން ވިސްނަމާ"އެވެ.

އަތުލިޔުމުގެ މުބާރާތުގައި ބައިވެރިވުމުގެ ފުރުސަތު ހުޅުވާލާފައިވަނީ މި މަހުގެ 25 ވަނަ ދުވަހުގެ މެންދުރު ފަހު 2:00 ގެ ނިޔަލަށެވެ. މުބާރާތާއި ގުޅޭ <a href="https://dhivehiacademy.edu.mv/20360">ގަވައިދުތައް</a> ހިމެނޭ ލިޔުމެއް އެ އެކެޑެމީން މިހާރު ވަނީ އާއްމުކޮށްފައެވެ.

Advertisement
Ooredoo — Square (box)

ދިވެހިބަހުގެ އެކެޑަމީން ވިދާޅުވި ގޮތުގައި އަތުލިޔުމުގެ މުބާރާތް ބާއްވަން ނިންމީ ދިވެހިބަހަށާއި ތާނަ އަކުރަށް އޮފީސްތަކުގެ މުވައްޒަފުންގެ ހިތުގައި އޮންނަ ލޯތްބާއި ޝައުޤުވެރިކަން އިތުރުކުރުމަށް ކަމަށެވެ.

އަދި ތާނަ ރީތިކޮށް ލިޔާ ފަރާތްތަކުގެ އަގު ވަޒަންކޮށް ހިތްވަރުދިނުމަކީވެސް މުބާރާތް ބޭއްވުމުގެ މަޤުސަދެއްކަމަށް އެކެޑަމީން ވިދާޅުވެއެވެ. އަދި މިމަހު 25 ވަނަ ދުވަހުގެ ކުރިން މުބާރާތަށް ލިޔުންތައް ހުށައަޅަންޖެހޭނެ ކަމަށާއި ވަނަ ހޮވާނީ އެކަމަށްޓަކައި އެކެޑަމީން ބާއްވާ ޚާއްސަ ރަސްމިއްޔާތެއްގައި ކަމަށް އެކެޑަމީން މަޢުލޫމާތު ދެއްވައެވެ.

ދިވެހިބަހުގެ އެކެޑަމީއަކީ ދިވެހިބަހަށް އިސްކަންދިނުމުގެ ޤާނޫނުގެ 7 ވަނަ މާއްދާގެ ދަށުން ދިވެހިބަސް ޙިމާޔަތްކޮށް ތަރައްޤީކުރުމަށްޓަކައި މަސައްކަތްކުރުމަށް އުފައްދަވާފައިވާ އިދާރާއެކެވެ. އެގޮތުން އެކެޑަމީން ދިވެހިބަސް ކުރިއެރުވުމަށާއި ބަހަށް ލޯބި އިތުރުކުރުމަށް ކޮންމެ އަހަރަކުވެސް ދަރިވަރުންނަށާއި ބޮޑެތި މީހުންނަށް އަމާޒުކޮށްގެން ތަފާތު ހަރަކާތްތައް ހިންގާ މުބާރާތްތައް ބާއްވައެވެ.

ރިއެކްޝަން

Advertisement
Ooredoo — Square (box)

ކޮމެންޓް