ޚަބަރު

ވައިގަދަވެ، ކެމްޕޭނު ބިލްބޯޑުތައް ވެއްޓޭތީ ސަމާލުވާން އެދިއްޖެ

ރައުފާ ރަޝީދު ، ދެން އޮންލައިން

ކެމްޕެއިން ބިލްބޯޑް ވެއްޓުމުގެ ހާދިސާތައް ހިނގަމުންދާތީ ސަމާލުވާން ފުލުހުން އެދިއްޖެއެވެ.

ފުލުހުން ބުނީ، މޫސުން ގޯސްވެ ވައި ގަދަވުމުގެ ސަބަބުން ބައެއް ކެމްޕެއިން ބިލްބޯޑް ވެއްޓުމުގެ ހާދިސާތައް ހިނގަމުންދާ ކަމަށެވެ. އެހެންވެ ވައިގަދަ ވަގުތު ތަކުގައި މަގުމަތި ބޭނުންކުރާއިރު ސަމާލުވާން ފުލުހުން އެދޭއެވެ.

އަދި މަގުތަކުގެ އެއްފަރާތުގައި ބަހައްޓާފައި ހުރި ބިލްބޯޑް ތަކަކީ ރައްކާތެރި ގޮތުގައި ރަނގަޅަށް ހަރުކޮށްފައި ހުރި އެއްޗެހިކަން ކަށަވަރު ކުރުމަށް އެތަކެތި ބަހައްޓާފައިވާ ފަރާތްތަކަށް މިހާރު އަންގާފައިވާ ކަމަށް ވެސް ފުލުހުން ބުންޏެވެ.

މަޖިލިސް އިންތިހާބާއި ގުޅިގެން ސިނަމާލެ ބްރިޖް ޓްރެފިކް ލައިޓް ސަރަހައްދުގައި ގިނަ އަދަދެއްގެ ބިލްބޯޑުތައް ވަނީ ހަރުކޮށްފައެވެ. އެފަދަ ހާދިސާތައް ހިނގަމުން ދާތީ ގިނަ ބަޔަކު ދަނީ މީސް މީޑިއާގައި ނުރުހުންފާޅު ކުރަމުންނެވެ.

މިހާރު ރާއްޖޭގެ ބޮޑު ބަޔަކަށް ކުރަމުންދާ ވިއްސާރައިގެ ސަބަބުން ވިއްސާރަވެ، ވައިގަދަވާނެ ކަމަށް މެޓް އޮފީހުން ވިދާޅުވާތީ ބިލްބޯޑުތައް އެތަނުން ނެގުމަށް އާންމުން އިލްތިމާސްކުރެއެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!