ޚަބަރު

ކޯޓަށް ވަޑައިގަންނަވަމުން ޔާމީން: "މިހާރު ނާދޭ ދޯ އަބްދުއްރަހީމް"

އައިކާ ޔުނާން ، ދެން އޮންލައިން

ކުރީގެ ރައީސް އަބްދުﷲ ޔާމީން ޖަލަށްލާން ކުރި ހުކުމުގެ އިސްތިއުނާފް މައްސަލާގެ ޝަރީއަތަށް ކޯޓަށް ވަޑައިގަންނަވަން ގެކޮޅުން ނިކުމެވަޑައިގަތުމަށްފަހު, މި ސަރުކާރުގެ އިސް މުޝީރު އަބްދުއްރަހީމް އަބްދުالله ކޮބައިތޯ ޔާމީން ސުވާލު އުފައްދަވައިފިއެވެ.

Ads by STELCO

ގެކޮޅުން ނިކުމެވަޑައިގަތުމަށްފަހު, ޔާމީން ކާރުކޮޅަށް އަރާވަޑައިގަތުމުގެ ކުރިން ސަޕޯޓަރުންނާ މުހާތަބު ކުރައްވާ ސަމާސާ ރާގެއްގައި ޔާމީން ވިދާޅުވީ "މިހާރު ނާދޭ ދޯ މިތާކަށް އަބްދުއްރަހީމް މެނެއް" އެވެ.

ޔާމީން އިޝާރާތް ކުރެއްވީ މީގެ ކުރިން އަބަދުވެސް ޝަރީއަތްތައް ކުރިއަށްދާ ދުވަސް ދުވަހު އެންމެ އިސްކޮށް ސަޕޯޓަރުންނާއެކު އަބްދުއްރަހީމް ގެކޮޅު ކައިރިއަށް ވަޑައިގެން ހުންނަވާތީއެވެ.

ޔާމީންގެ އެންމެ އަރިސްކޮށް ހުންނެވި އަބްދުއްރަހީމާ ގުޅުން ގޯސްވީ, މި ސަރުކާރުން ވެރިކަމަށް އައުމަށްފަހު ޔާމީނާ ރައީސް ޑރ. މުހައްމަދު މުއިއްޒާ ދެމެދު އުފެދުމު ހިޔާލު ތަފާތުވުންތަކުގައެވެ.

ޕީއެންސީ/ޕީޕީއެމް ވެރިކަމަށް އައިތާ ހަފުތާއެއް ނުވަނީސް ޔާމީން ވަނީ އެ ކޯލިޝަންގެ ލީޑަރުކަމުން އިސްތިއުފާ ދެއްވައިފައެވެ. އެއަށް ފަހު، އަމިއްލަފުޅު ޕާޓީއެއް އުފައްދަވަން ހުށަހެޅުއްވުމަށް އެ މަސައްކަތްކުރަން އީސީން ހުއްދަ ދިނީ މިދިޔަ ނޮވެމްބަރު މަހުގެ 29 ގައެވެ. ޕީއެންއެފްގެ މަސައްކަތް ފެއްޓެވުމަށް ފަހު ޔާމީން ގެންދަވަނީ ސަރުކާރާއި ރައީސް ޑރ. މުހައްމަދު މުއިއްޒަށް ފާޑު ވިދާޅުވަމުންނެވެ.

  1. ކޮޔާ

    ނުޖެހޭ މިހާރު ދާކަށް ވެރިކަމަށް ހަފްތާއެއް ނުވަނީސް މޫނު ކުނި ކޮއްފި