ޚަބަރު ސިޔާސީ

ޔާމީން މިނިވަންވުމަކީ ލިބުނު ތަސައްލީއެއް، ޕީއެންއެފްގެ ވޯޓު ހޯދަން އެމްޑީޕީން ނުފޫޒު ފޯރުވާ: މިނިސްޓަރު

ފައިނާ ފާއިޒް ، ދެން އޮންލައިން
މިނިސްޓާ އޮފް ސިޓީސް، ލޯކަލް ގޮވާމެންޓު އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފް އުމަރު

އާދިއްތަ ދުވަހު އޮންނަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ޕީޕަލް ނޭޝަނަލް ފްރޮންޓް (ޕީއެންއެފް) ގެ ވޯޓު ހޯދުމަށް އެމްޑީޕީން އަންނަނީ ޝަރުއީ ނިޒާމަށް ނުފޫޒު ފޯރުވަމުން ކަމަށް މިނިސްޓާ އޮފް ސިޓީސް، ލޯކަލް ގޮވާމެންޓު އެންޑް ޕަބްލިކް ވޯކްސް އާދަމް ޝަރީފް އުމަރު އިއްޔެ ވިދާޅުވެއްޖެއެވެ.

Ads by STELCO

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި މިނިސްޓަރު ވިދާޅުވީ މިހާތަނަށް އެމްޑީޕީން ވަނީ ކުރީގެ ރައިސް އަބްދުﷲ ޔާމިން އަބްދުލްގައްޔޫމްގެ ޝަރީއަތް ލަސްކޮށްފައި ކަމަށެވެ. އަދި އެއީ ސިޔާސީ ބޭނުމުގައި ޝަރީއަތައް ނުފޫޒު ފޯރުވައިގެން ކަމަށްވެސް މިނިސްޓަރު ވަނީ ތުހުމަތުކޮށްފައިއެވެ.

މިނިސްޓަރު ވިދާޅުވީ، ޔާމީން މިނިވަން ވުމަކީ މިނިސްތަރުގެ ހިތްޕުޅަށް ލިބިވަޑައިގެންނެވި ވަރަށް ބޮޑު ތަސައްލީއެއް ކަމަށެވެ. އަދި ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދުގެ ސަރުކާރުން ޝަރުއީ ނިޒާމަށް ނުފޫޒު ނުފޯރުވާތީ ޝުކުރުވެރިވާކަމަށްވެސް މިނިސްޓަރު ވިދާޅުވިއެވެ.

ވ. އާރަށް ކުއްޔަށް ދޫކުރުމުގައި ރިޝްވަތާއި މަނީ ލޯންޑްރިންގެ ކުށުގައި ޖަލަށްލާން ކްރިމިނަލް ކޯޓުން ވަނީ ޔާމީންގެ މައްޗަށް 2022 ވަނަ އަހަރުގެ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހު 11 އަހަރުގެ ޖަލު ހުކުމެއް އިއްވިއެވެ.

އެ މައްސަލަިގެ އިސްތިއުނާފުގެ މައްސަލައިގެ ހުކުމް ހައިކޯޓުން އިއްޔެ ވަނީ އިއްވާފައެވެ. އެއާއިއެކު ޔާމީން ވަނީ މިނިވަންވެވަޑައިގެންފައެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!