ކަރަންޓު މައްސަލައާ ހެދި ބައެއް ފްލައިޓްތައް ޑިލޭވެއްޖެ

ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓަށް ދިމާވި ކަރަންޓުގެ މައްސަލައާ އެކު ބައެއް ފްލައިޓްތަކުގެ އޮޕަރޭޝަންތަކަށް ބުރޫ އަރައިފިއެވެ.
''ފިސް.ކޮމް'' އިން ދައްކާ ގޮތުން މިއަދު މެންދުރު ޑޮމެސްޓިކް އެއާޕޯޓުތަކުން މާލެއަށް އަންނަ އޮތް ހަތަރު ފްލައިޓެއް ވަނީ ޑިލޭވެފައެވެ. ޑިލޭވީ ގިނަ ފްލައިޓްތަކަކީ ދޭކައި ފަހެއް ޖެހުމާއި ދެމެދު ފުރަން/އަންނަ ހަމަޖެހިފައިވާ ފްލައިޓްތަކެެވެ.

ޑިލޭވި ފްލައިޓްތަކުގެ ތެރޭގައި މޯލްޑިވިއަަންގެ ފަސް ފްލައިޓެއް ހިމެނެއެވެ. އަދި އެމިރޭޓްސްގެ ފްލައިޓްތަކެއްވެސް ވަނީ ޑިލޭވެފައެވެ.
ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ވީއައިއޭއިން ދަނީ މަސައްކަތްކުރަމުންނެވެ.