ޚަބަރު

ރައްޔިތުން ބަލައިގަންނަނީ ރައީސް، ޔާމީނު ނޫންކަން ވޯޓުން ބުނެދީފި: ގާސިމް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން
ގާސިމް، ރައީސް މުއިއްޒާ އެކު މީގެ ކުރިން ބޭއްވި ބައްދަލުވުމެއްގެ ތެރެއިން

ރައްޔިތުން ބަލައިގަންނަނީ ރައީސް ޑރ މުހައްމަދު މުއިއްޒު ކަމަށާއި، ކުރީގެ ރައީސް އަބްދުﷲ ޔާމީން ނޫންކަން ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި ރައްޔިތުން ސަރުކާރަށް ދިން އަގުލަބިއްޔަތުން ހާމަވެގެން ގޮސްފައިވާ ކަމަށް މާމިގިލި ދާއިރާގެ މެންބަރު ގާސިމް އިބްރާހިމް މިރޭ ވިދާޅުވެއްޖެއެވެ.

Ads by STELCO

މާމިގިލި ދާއިރާގެ ގޮނޑި ކާމިޔާބު ކުރެެއްވި ގާސިމް 'އެކްސް' ގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، 2023 ގެ ރިޔާސީ އިންތިހާބުވެސް އަދި މަޖިލީސް އިންތިހާބުވެސް ކާމިޔާބު ވުމުގެ ފަހަތުގައި އޮތީ، ނުހަނު ''ހުޠޫރަތްތެރި'' ހާލަތެއްގައި، އިހްލާސްތެރި ކަމާއެކު ރައީސް ޑރ މުއިއްޒާއި އެމަނިކުފާނުގެ ޓީމު ކުރެއްވި ބުރަ މަސައްކަތްޕުޅުތަކުގެ ނަތީޖާ ކަމެވެ.

އެ ކާމިޔާބަކީ ވަކި ބޭފުޅަކަށް ހުސްގޮނޑި އެއް ބަހައްޓަވައިގެން ކުރެއްވި މަސައްކަތްޕުޅުން ލިބުނު ނަތީއްޖާ އެއް ނޫންކަން މިއަދު ރައީސް ޑރ މުއިއްޒުއަށް ރައްޔިތުން ދެއްވި ތާއީދާއި، ދެއްވި ފުރިހަމަ މެޖޯރިޓީން އެވަނީ އެނގި ކަށަވަރުވެފައި ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ނަން ނުގެންނަވައި ވިދާޅުވިއެވެ.

ވިޔަފާރިވެރިޔާ ގާސިމް ވިދާޅުވީ އެހާ ބޮޑު ކާމިޔާބީ އެއް ހޯއްދެވި އިރު އެއްވެސް ޖަލްސާއެއްގައި ހުސް ގޮނޑިއެއްވެސް ނުވަތަ ވަކިބޭފުޅެެެއްގެ ފޮޓޯއެއްވެސް ބަހައްޓާފައިވަނިކޮށް ނުފެންނަ ކަމަށެވެ.

ހުސްގޮޑި ނިސްބަތްވާ ފަރާތުން ރައީސް މުއިއްޒާއި އެމަނިކުފާނުގެ ސަރުކާރާއި ގުޅޭ ގޮތުން، ފަތުރުއްވަމުން ގެންދެވި އިހާނެތި ވާހަކަތަކާއި، މެދުކެނޑުމެއްނެތި ކުރިމަތިކުރައްވަމުން ގެންދެވި އަދި ގެންދަވާ ތުހުމަތު ތަކާ، ކުރައްވަމުން ގެންދަވާ މިފަދަ ހަޑިހުތުރު ޢަމަލުތައް ދިވެހި ރައްޔިތުން އެއްވެސް ވަރަކަށް ބަލައިނުގަންނަ ކަން މި އަދުގެ ވޯޓުގެ ނަތީއްޖާ އިން ދިވެހީން އެވަނީ ދައްކުވައި ދެއްވާފައެވެ

މިއާއެކު ޕީއެންއެފްގެ ޓިކެޓުގައި، ޔާމީންގެ ތާއިދާއެކު މަޖިލީހުގެ އިންތިހާބަށް ނެރުނު އެއްވެސް ކެނޑިޑޭޓަކަށް އިންތިޚާބު ކާމިޔާބު ވެފައި ނުވާކަމީވެސް ފެންނާން އޮތް ހަގީގަތެެއް ކަމަށް ވިދާޅުވިއެވެ.

މި އިންތިހާބުގައި މާމިގިލީ ދާއިރާއަށް ވާދަކުރާތީވެ ޕީއެންސީ އިން ކެނޑިޑޭޓަކު ނުނެރެ އޭނާ އަށް ތާއީދު ކޮށްދިނތީ ގާސިމް، ވަނީ ރައީސަށް ޝުކުރު އަދާކޮށްފައެވެ.

Ads by Allied Insurance
  1. ޤާސިމް ފިތުނަ އުފައްދާން ނޫޅޭ، އެމްޑީޕީ އާއި ގުޅިގެން ދައުލަތުން ހޯދި މުދާ މަދީތޯ، މިހާރު ރައީސު ޑރ މުއީޒަ ސަނާ ކިޔައިގެން ދައުލަތުން އެއްޗެއް ހޯދަން ތިޔައުޅެނީ !

  2. ކޮޔާ

    ބޮނޑިބަތްގަނޑު ފުސްޖަހާފަ އޮތް ވަރު ފެނިގެން މިދިޔައީ ޖަމީލުމެން ގެ ފަޅިއެއް ދެނެއް މޮޅެއް ނުވާނެ

  3. ރަދީފު

    ކޮންމެވެސް ބޭފުޅެއް ‘ހުޠޫރަތްތެރި’ ގެ މާނަ ބުނެދެއްވަބައްލަވާ. ރަދީފުން ހަމަ ނުފެނިގެން އަހާލެވުނީ

  4. އޮޅާލާއޮޅާލާ

    ކޮން ހުތޫރަތްތެރި ކަމެއްތޭ ގާސިމް ސަރުކާރަށް މަޖްލީހުގެ ކެމްޕެއިނަށް ދިން 25 މިލިއަން ޑޮލަރުގެ ވާހަކަ އެއީ ދޯ ހުތޫރަތްތެރި ކަމަކީ ދެން ސަން ސިޔާމް އަތުން 100 މިލިއަން ރުފިޔާ ދަރަންޏަށް ނެގުން އެއީދޯ ހުތޫރަތްތެރި ކަމަކީ ދެން ޗަންޕާ އަތުން 20 މިލިއަން ޑޮލަރު ކެމްޕެއިނަށް ލޯންގެ ގޮތުގައި ނެގުން އެއީދޯ ހުތޫރަތް ތެރިކަމަކީ ތަމެންނަށް ތިޔާ ކަން ދައްކާދޭނަމޭ މަމެން އަންނަ ކައުންސިލް އިންތިޚާބުގައި ތަމެން ހުތޫރަތްތެރިކަން އޮޅާލަބަލަ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ އޮޅާލާ

  5. ޔަގީނޭޔަގީނޭ

    ޕީއެންސީ ނަމުގައި ކެންޑިޑޭޓުން ނެރެފައި މުއިއްޒު އެމެންނަށް ހަރާމްކޯރުވެފައި ޕީއެންސީ އަށް އެއްވެސް ޚިދްމަތެއް ނުކުރާ ބޭރުން އަންނަ ބަޔަކަށް ތާއީދު ކުރާނީ އެއީ ޔަގީނުން ވެސް ރިޝްވަތުގެ ފައިސާ ގައި މުއިއްޒު ޖެހުނީމާ ކަން އެއީ ޔަގީނުން ވެސް އިނގޭ ކަމެކޭ ވަރަށް ރީއްޗަށް ނިމިގެންދާނެ ވެރިކަމެއް މީ އެއްވެސް ހަމައެއް އުސޫލެއް އޮންނަ މީހެއް ނޫނޭ މުއިއްޒު އެއީ މުއިއްޒުގެ ސަބަބުންނޭ މާލޭގެ މަގުމަތީގައި ބުޅާ ވެސް ގިނަވީ އޭނާ އެއް ކަމެއް ވެސް މާލެ އަކަށް ނުކުރެއޭ އޭނާ އެއީ މަކަރާއި ހީލަތުން އުޅޭ މީހެއް ކަން އެއީ ޔަގީން ކަމެކޭ ޔަގީނޭ ޔަގީނޭ ޔަގީނޭ ޔަގީނޭ…

  6. ވަގުންނޭ

    ފެންދީފައި ކަތިލާނީ އެތަން މިފެންނަނީ އަދި ތަމެންނަށް ދައްކުވާނެ މީގެ އަނެއް ކޮޅު ބަލަން ތިބޭ ބަޔަކަށް އެތަން ފެންނާނެއޭ މީ ދުނިޔޭގެ ތަޖްރިބާއޭ ތިޔާ ގޮތަށް ފުއްޕާފައި މީހަކު އުޅުނު ވާތަށް ނޭގި ކަނާތުން ކަންކުރާ މީހަކު މިއަދު އޭނާ އެއޮތީ އެފްރިކާގެ ޖަންގައްޔަކަށް ގޮސް އެތަނުގެ ގަސް ބަލަހައްޓަންދޯ ޔަގީނުން ވެސް އިނގޭ އެއްޗަކީ މިވެރިކަން ފެށުމުގައި ވަރަށް ބޮޑު ނުބައެއް މުއިއްޒުގެ ނިޔަތުގައިވާ ކަން އެކަން ދެން ރަނގަޅު ކުރެވޭނެ އެއްގޮތެއް ވެސް ނޯންނާނެއޭ އެހެވޭ އުޑުގައި ޖެހިފައި ބިމުގައި ޖެހިފައި ތަމެން ފެލުނަސް އެކަން އޮންނާނީ އެހެންނޭ އިނގޭތޭ…