ވިޔަފާރި

މޯލްޑިވިއަނުން މާލެ-ކޮލަމްބޯ ދެކޮޅު ޓިކެޓް 165 ޑޮލަރަށް

ޢާއިޝަތު އަރީނާ ، ދެން އޮންލައިން

ގައުމީ އެއާލައިން، މޯލްޑިވިއަނުން ސްރީލަންކާގެ ވެރިރަށް ކޮލަމްބޯއަށް، އަންނަ ބުރާސްފަތި ދުވަހު ދަތުރުފަށާ ގޮތަށް ހަމަޖެހިފައިވާ ކަމަށް އެއާލައިނުން ބުނެފިއެވެ.

Ads by Hajj Corporation

މޯލްޑިވިއަނުން ބުނީ ކޮލަމްބޯ އަށް ކުރާ ދަތުރުތަކުގެ ޓިކެޓު އަގު ފެށެނީ 165 ޑޮލަރަށެވެ. މާލެ-ކޮލަމްބޯ ދެމެދު ދަތުރުތައް އޮންނާނީ ބުރާސްފަތި އަދި ހޮނިހިރު ދުވަހެވެ. ލަގެޖް އެލަވަންސްގެ ގޮތުގައި ޕަސެންޖަރުންނަށް 30 ކިލޯ ލިބޭނެއެވެ.

ގިނަ އަދަދެއްގެ ދިވެހިން ދިރިއުޅެމުންދާ ކްލަމްބޯއަށް ފްލައިޓްތައް ފުރާނީ ރޭގަނޑު 7:35 ގައެވެ. އަދި ކޮލަމްބޯއިން މާލެއަށް އައުމަށް ހަމަޖެހިފައިވަނީ ރޭގަނޑު 10:35 ގައި ކަމަށް މޯލްޑިވިއަނުން މައުލޫމާތުދެއެވެ.

މޯލްޑިވިއަން އިން ލަންކާއަށް ދަތުރުތައް ކުރާނީ އެއާބަސް 'އޭ-320' މަތިންދާ ބޯޓުންނެވެ. މޯލްޑިވިއަންގެ ވެބްސައިޓާއި މޮބައިލް އެޕްލިކޭޝަނާއި ޓިކެޓިން އޮފީހުން ކޮލަންބޯ ރޫޓުގެ ޓިކެޓް ބުކް ކުރެވޭނެއެވެ.

މޯލްޑިވިއަނުން ބުނީ އެ އެއާލައިނުން ދަތުރުކުރާ ޕަސެންޖަރުންނަށް ނަވަލޯކާ ހޮސްޕިޓަލުން މެޑިކަލް ކޮންސަލްޓޭޝަން، މެޑިކަލް ހިސްޓްރީ އެވެލުއޭޝަން، ބޮޑީމާސް އިންޑެކްސް ޓެސްޓު އަދި ވިޝަން ޓެސްޓު ހެދެން ހުންނާނެ ކަމަށާއި ކްލިނިކަލް ޑައިޓިޝަނަކާ ކޮންސަލްޓު ކުރުމުގެ ފުރުސަތުގެ އިތުރުން ލެބޯޓަރީ ޓެސްޓުތަކުން 15 ޕަސަންޓް ޑިސްކައުންޓް ލިބެން ހުންނާނެ ކަމަށެވެ. އަދި ހެލްތު ސްކްރީނިން ޕެކޭޖުތަކުން ހާއްސަ ޑިސްކައުންޓަކާއެކު 5 އެކްސްރޭއަށް ފަސް ފަސެންޓު ޑިސްކައުންޓް ލިބިގެންދާނެ ކަމަށެވެ.

މޯލްޑިވިއަނުން ބުނީ އުމުރުން ދުވަސްވީ މީހުންނަށް ހާއްސަ ސަމަލުކަމެއް ދިނުމުގެ ގޮތުން، ދިވެހި/އިނގިރޭސި ބަހުން ވާހަކަ ދައްކާ ފަރާތްތައް ހިމެނޭ ގޮތަށް، މޯލްޑިވިއަންގެ މުވައްޒިފުންނާއެކު މެދުނުކެނޑި ދަތުރުފަތުރުކުރުމުގެ ތަޖުރިބާ ލިބި، ހުރިހާ ފެންވަރެއްގެ ތަޖުރިބާގެ ފަސިންޖަރުންނަށް ސާފު މުވާސަލާތާއި އެހީތެރިކަން ފޯރުކޮށްދޭނެ ކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!