ރިޕޯޓް ސިޔާސީ

މިފަހަރު ހުސް ގޮނޑިއެއް ނެތް، ކިހިލި ޖަހައިލީ 71 ގޮނޑި

  • ކޮންގްރެސް ޕާޓީފަދަ ހަގު ޕާޓީއަށް މިވަރުގެ ތާއީދެއް ލިބުން މިއީ ބޮޑު ކާމިޔާބީއެއް
  • އެމްޑީޕީގެ ވަރުގަދަ ކިއްލާތައް ރޫޅާލައިފި
  • ރައީސް މުއިއްޒު ނިކުންނެވީ ހުރިހާ ސިޔާސީ ލީޑަރުންނާ ދެކޮޅަށް
އަޒްހާން އިބްރާޙީމް ، ދެން އޮންލައިން
ރައީސް މުއިއްޒުއަށް ތާރީހީ ކާމިޔާބީއެއް

ނިމިދިޔަ 2023 ވަނަ އަހަރުގެ ރިޔާސީ އިންތިހާބަށްފަހު ސިޔާސީ މައިދާންތަކުގައި އެންމެ ބާރަށް ދެކެވުނު އެއް ވާހަކައަކީ ހުސް ގޮނޑިއެއް ދައްކައިގެން ވެރިކަމަށް އައި ވާހަކަ އެވެ. ސާފުކޮށް ދަންނަވާނަމަ ޖަލު ބަންދެއްގައި ހުންނެވި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ފޮޓޯފުޅު ދައްކަވައިގެން އެމަނިކުފާނަށް ހާއްސަކޮށްފައިވާ ހުސް ގޮނޑިއެއް ޖަލްސާތަކުގައި ބަހައްޓައިގެން ރައީސް ޑރ. މުހައްމަދު މުއިއްޒު ވެރިކަމަށް ވަޑައިގެންނެވި ވާހަކަ އެވެ. ވޭތުވެދިޔަ 6 މަހެއްހާ ދުވަހު މެދު ނުކެނޑި މިވާހަކަ އެކި ފަހަރުމަތިން އެކި ގޮތްގޮތަށް ވަނީ މީޑިއާތަކުގައި ދައްކައިފަ އެވެ.

އާދިއްތަ ދުވަހު ނިމިގެންދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބާއިއެކު މިވާހަކައަށް މިވަނީ ނިމުމެއް އައިސްފަ އެވެ. ރައީސް ޑރ. މުއިއްޒު ގިނިކަންޏާ ނިކުމެވަޑައިގެން އިއްޔެ ކާމިޔާބު ކުރެއްވީ ރާއްޖޭގެ 71 ދާއިރާއެއްގެ މަޖިލިސް ގޮނޑި އެވެ. މިއީ މުޅި މަޖިލީހުގެ ތިންބައިކުޅަ ދެ ބަޔަށްވުރެއް ބޮޑު އަދަދެކެވެ. މިކާމިޔާބީ އަކީ ޕީއެންސީފަދަ އުމުރުން ހަގު ޕާޓީއަކަށް ލިބުނު ތާރީހީ ކާމިޔާބީ އެކެވެ.

ރައީސް ޑރ. މުއިއްޒުއަށް ރިޔާސީ އިންތިހާބުގެ ޓިކެޓު ލިބިވަޑައިގެންނެވީ ވަރަށް ހަނި ފުރުސަތެއްގެ ތެރެއިންނެވެ. ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ރިޔާސީ އިންތިހާބުގައި ވާދަ ނުކުރެއްވޭގޮތް މެދުވެރިވުމުން ޕީއެންސީގެ ސެނެޓަރުންގެ މެދުގައި ނެގި ވޯޓު އަގުލަބިއްޔަތު ހޯއްދަވައިގެން ޑރ. މުއިއްޒު އެޕާޓީގެ ރިޔާސީ ޓިކެޓު ހޯއްދެވި އެވެ. އެއަށްފަހު އެޕާޓީން ރިޔާސީ އިންތިހާބުގެ ދެވަނަ ބުރުގައި ބޮޑު ނަތީޖާއަކުން އޭރުގެ ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ބަލިކުރެއްވި އެވެ.

ރައީސް މުއިއްޒުގެ ކާމިޔާބީގެ ސިއްރު

ޑރ. މުއިއްޒުގެ ރިޔާސީ ދައުރު ފެށިގެން ދިޔުމަށްފަހު ފެނުނީ ޕީއެންސީ އިތުރަށް ވަރުގަދަވެގެން ދިޔަ ތަނެވެ. އެގޮތުން އެޕާޓީއަށް މެމްބަރުން އިތުރު ކުރުމާއި މަޖިލިސް އިންތިހާބުގައި އެޕާޓީގެ ފަރާތުން ހުރިހާ ދާއިރާއަކަށް މެމްބަރުން ނެރެން ރައީސް ނިންމެވި އެވެ. މަޖިލިސް އިންތިހާބުގެ ކެމްޕެއިންގައި ފެނިގެން ދިޔައީ އަމަލީ ގޮތުން ރައީސް މުއިއްޒު ނިކުމެވަޑައިގެން ހަރަކާތްތެރިވީ މަންޒަރެވެ. ރަމަޟާން މަހުގެ ތެރޭގައާއި އޭގެ ފަހުންވެސް ރަށްތަކަށް ވަޑައިގެންނެވި މަންޒަރެވެ. ރައްޔިތުންގެ މެދުގައި އެމަނިކުފާނަށް އޮތް މަގުބޫލުކަން ދުވަހެއް ދުވަހަށް ދިޔައީ އިތުރުވަމުންނެވެ.

މިފަހަރުގެ އިންތިހާބު ޕީއެންސީއަށް ކާމިޔާބުވުމުގެ އެންމެ ބޮޑު އެއް ސިއްރަކީ އިންޑިއާ ސިފައިން ދިވެހި ފަސްގަނޑުން ބޭލުމަށް ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދު ފުއްދެވުމެވެ. އެގޮތުން ލިޔުންތަކެއް ތައްޔާރު ކުރެވި އެލިޔުންތަކުގައި ދެގައުމުން އެއްބަސްވެފައިވާ ގޮތަށް ސިފައިން ދިޔައީ ބާލަމުންނެވެ. އަންނަ މަހު އިންޑިއާ ސިފައިންގެ އެންމެ ފަހު ބެޗު ރާއްޖެއިން ފައިބާނެ އެވެ.

މީގެ އިތުރުން ރައީސް މުއިއްޒުގެ އިގްތިޞާދީ ސިޔާސަތަށް ރައްޔިތުންގެ ފަރާތުން ލިބުނު ތާއީދު ވަރަށް ބޮޑެވެ. ރާއްޖެ ބޮޑު ދަރަންޏެއްގެ ތެރޭގައި ވަނިކޮށް ސަރުކާރުން އެކުލަވައިލީ ހަރުދަނާ އިގްތިޞާދީ ޕްލޭން އެކެވެ. އެގޮތުން އަހަރުގެ ފުރަތަމަ ހަ މަސްދުވަހު ކުދި މަޝްރޫއުތައް ފަށައި ބޮޑެތި މަޝްރޫއުތައް އަހަރުގެ މެދުތެރޭގައި ފެށުމަށް ރައީސް ނިންމެވި ނިންމެވުމަށް އިގްތިޞާދީ މާހިރުންގެވެސް ތައުރީފު ލިބުނެވެ.

ދެން އޮތީ ރައީސް މުއިއްޒު ވެވަޑައިގެންނެވި ވައުދާއި ހިލާފު ނުވުމުގެ ވާހަކަ އެވެ. ވެރިކަން ބަދަލުވިއިރު މާލެ ސަރަހައްދުން ގިނަ އަދަދެއްގެ ބިމާއި ފްލެޓުތައް ދޭން ލިސްޓުތަކެއް ހަދައި ލިޔުންތަކެއް ވަނީ ދޫކޮށްފަ އެވެ. ރިޔާސީ އިންތިހާބުގެ ކެމްޕެއިންގައި ރައީސް ވައުދުވެވަޑައިގެންނެވީ އެއިން އެއްވެސް ލިޔުމެއް ބާތިލް ނުކުރާނެ ކަމަށެވެ. އަދި ބިމާއި ފްލެޓު ލިބުނު އެއްވެސް މީހެއްގެ އަތުން އެތަކެތި އަތުނުލާނެ ކަމުގެ ވައުދެވެ. މި ވައުދު ފުއްދަވައި ރައީސް މުއިއްޒު ވަނީ އެމީހަކަށް ބިން ލިބުނު ތަނަކުން އެބިންތައް ދޭން ނިންމަވައި ދޫނުކޮށް ހުރި ލިޔުންތައްވެސް ދޫކޮށްފަ އެވެ. އަދި ކުރީ ސަރުކާރުގައި ފަށާފައިވާ ފްލެޓު މަޝްރޫއުތައް އިތުރަށް ހަލުވިކޮށް އާ މަޝްރޫއުތައް ފެށުމަށްވެސް ތައްޔާރުވެފަ އެވެ. މީގެ އިތުރުން ރަސްމާލޭގެ ނަމުގައި އާ މަޝްރޫއެއް ފެށުން ވެގެން ދިޔައީވެސް ރައްޔިތުންގެ ތާއީދު އިތުރުވި ކަމަކަށެވެ.

ބަދަލުވީ ސިޔާސީ ބޮޑު މަންޒަރު

އެމްޑީޕީގެ ބޮޑެތި ކިއްލާތައް ރާއްޖޭގެ ބައެއް ސަރަހައްދުތަކުގައި އެބަހުއްޓެވެ. މިސާލަކަށް ރައީސް ޞާލިހުގެ އާއިލާއިން ރަސްކަން ކުރަމުންދިޔަ ޅ. ހިންނަވަރު، އައްޑޫ ސިޓީ، ފުވައްމުލައް ސިޓީ، ކުޅުދުއްފުށި ސިޓީފަދަ ތަންތަނެވެ. މިފަހަރުގެ އިންތިހާބުގައި ރައީސް މުއިއްޒު ކާާމިޔާބު ކުރެއްވި 71 ގޮނޑީގެ ތެރޭގައި ސިޔާސީ މައިދާން މުޅިން ސިއްސުވައިލި ނަތީޖާތަކެއް އެބަ ހުއްޓެވެ.

އައްޑޫ ހިތަދޫ މަޖިލިސް ގޮނޑީގައި 20 އަހަރު ދުވަހު އިންނެވުމަށްފަހު ކުރީގެ މަޖިލިސް ރައީސް މުހައްމަދު އަސްލަމްއަށް މިވަނީ ގޮނޑި ގެއްލިފަ އެވެ. އަނެއްކޮޅުން އައްޑޫ ސިޓީން މެޖޯރިޓީ ނެގީވެސް ކޮންގްރެސް ޕާޓީންނެވެ. މިއާއެކު ފުވައްމުލައް ސިޓީ އަދި ކުޅުދުއްފުށި ސިޓީންވެސް މެޖޯރިޓީ ނެގި އެވެ. މިއީ ފަހުގެ ތާރީހެއްގައި ސިޔާސީ ގޮތުން އެއް ޕާޓީއަކުން މިވަރުގެ ކާމިޔާބީއެއް ހޯދި ފުރަތަމަ ފަހަރެވެ.

މީގެ އިތުރުން ރައީސް ޞާލިހު 25 އަހަރު މެމްބަރުކަން ކުރައްވައި ކޮއްކޯފުޅު ޖީހާން މަހަމޫދަށް މިދިޔަ ދައުރުގައި ހޯއްދަވައިދެއްވި ހިންނަވަރު ގޮނޑިވެސް މުޅިން އަލަށް އެމްޑީޕީ ނޫން ޕާޓީއަކުން މިވަނީ ހޯދައިފަ އެވެ. މިއީ ރައީސް މުއިއްޒުއަށް ލިބުނު ކާމިޔާބީއެއް އެކަންޏެއް ނޫނެވެ. އެމްޑީޕީއާއި ރައީސް ޞާލިހަށް ލިބުނު ބޮޑު ސިޔާސީ ނާކާމިޔާބީއެއްވެސް މެއެވެ.

ރައީސް މުއިއްޒުއާއި ދެކޮޅަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން، ކުރީގެ ރައީސް މުހައްމަދު ނަޝީދު އަދި ކުރީގެ ރައީސް ޞާލިހުވެސް ކެނޑިޑޭޓުން ނެރުއްވި އެވެ. ރައީސް ޔާމީނަށާއި ރައީސް ނަޝީދަށް އެންމެ ގޮނޑިއެއްވެސް ނުލިބުނުއިރު ރައީސް ޞާލިހަށް ލިބިލެއްވީ އެންމެ 10 ގޮނޑި އެވެ. މިއާއެކު ދެން ސިޔާސީ ކުޅިބައި އަތުރާނެ ވެރިޔަކީ ޑރ. މުއިއްޒުކަން މިވަނީ ސާބިތުވެގެން ގޮސްފަ އެވެ.

 

ރައީސް މުއިއްޒުއަކީ ވަކި ބޭފުޅެއްގެ ގޮނޑި ކޮއްކޮއެއް ނޫންކަން ސާބިތުވެއްޖެ އެވެ. އިހުގައި ވެރިކަންކޮށް ބޮޑު ޕާޓީއެއްގެ ލީޑަރެއްގެ ގޮތުގައި ހުންނެވުމަކުން ސިޔާސީ ހަގީގަތް ބަދަލު ނުކުރެވޭނެ އެވެ. އޭރުވެސް ރައްޔިތުން ވޯޓު ދިނީ ހުސް ގޮނޑިއަކަށް ނޫނެވެ. ރައްޔިތުން ވޯޓު ދިނީ ރައީސް މުއިއްޒުއަށް ކުރެއްވި އިތުބާރެއްގެ ބޮޑުކަމުންނެވެ. ގައުމު ހަމަ މަގަށް ގެންދިޔުމުގެ ޒިންމާ އެންމެ ފުރިހަަމައަށް ނެންގެވޭނީ ރައީސް މުއިއްޒުކަމަށް ފެންނާތީ އެވެ. ރައީސް ޞާލިހުގެ ވެރިކަމުގައި ގޯސްކޮށް ދިޔަ ކަންކަން އަލުން ރަނގަޅު ކުރާށެވެ.

Ads by HDC
  1. އެހެންތޭ

    ސަރުކާރަށް މަޖްލީހުގެ މެޖޯރިޓީ ލިބުނީމާ ސަރުކާރަށް ހީވަނީ ލައްކައެކޭ އެނުވާނެއޭ ކަހިރުވަކަށް ވެސް ސަރުކާރަށް ނުވެސް އިނގޭނެއޭ އެމްޑީޕީ އާއި ޕީއެންއެފް ސިޔާސަތު ތަކުގެ އެއްްގޮތް ހުޅުމާލޭގައި ފްލެޓްސް އެޅުމާއި ހުޅުމާލެ ހިއްކާ ގޯތި ދިނުން މީ ދެ ޕާރޓީގެ ވެސް އެއްގޮތް ސިޔާސަތޭ މިފަދަ އިންސްޓްރުމެންޓްސް ތަކަކީ އެއީ ކުރިމަގުގައި މިދެޕާރޓީ ވަކި އެންޓިޓީއެއްގެ ގޮތުގައި ތިއްބަސް މުޒާހަރާ ޖައްސަން ވެއްޖެނަމަ ސަރުކާރު ކުޑަކަކޫ މައްޗަށް ތިރިކުރާނެ ކަމެކޭ ބަލަން ތިބެއްޗޭ ކަނޑުކޮހުންނޭ

  2. ހެޔޮނުވާނެއޭ

    ސިޔާސީ ޕާރޓީ ތައް އެކުވެރިވާން ގޮވާލަން ޖެހޭނީ އެއީ ސިޔާސީ ޕާރޓީ ތައް އަމިއްލަ އަށް އުފައްދާ އަދި ސިޔާސީ ޕާރޓީ ތަކަކީ ކޮބައި ކަމާއި އަދި ޕާރޓީގެ އުސޫލު ތަކަށް ތަބާވާ މީހުންނޭ ފުރަތަމަ ކަމަކީ މުއިއްޒުގެ ޕާރޓީ އެއް ނޫނޭ އެއީ ޕީއެންސީ އަކީ ވެސް އަދި ޕީޕީއެމް އަކީ ވެސް އެއީ ޖަހައިގަތް ދެޕާރޓީއޭ ދެން އަނެއް ކޮޅުން ޕީއެންސީ ޓިކެޓް ގައި ކެންޑިޑޭޓުން ނިކުމެފައި ތިއްބާ އެއަށް އިހްތިރާމް ނުކޮށް ފައިސާ ދޭ މީހުންނަށް ތާއީދު ކުރުން އެއީ ޕާރޓީ ލީޑަރު ކުރާ ކަމެއް ނޫނޭ މުއިއްޒު އެއީ މުނާފިގެކޭ އޭނާ އާއި އެކުވާން ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ ހެޔޮނުވާނެއޭ

  3. ތަދޯ

    މުއިއްޒު ވެރިކަަމަށް އައީ ހުރިހާ އެއްޗެއް ހާމަކުރާނޭ ކަމަށް ބުނެގެންނޭ ރައްޔިތުން އޭނާ ބުނި ބަހަށް އިތުބާރުކުރިއޭ އެކަމަކު ވެރިކަމަށް އައިސް އެންމެ މަހަކު ވެސް ސަރުކާރުން ޚަރަދުކުރާ މިންވަރު ފިނޭންސް މިނިސްޓަރަށް ނުކެރެއޭ ހާމަކޮށް އަދި ވެބް ސައިޓް ގައި ޝާއިއު ކުރަން އޭއި މިހިރަ މުއިއްޒޭ މީ ރައްޔިތުންގެ ޓެކްސް ފައިސާ އިން ހިނގާ ސަރުކާރެކޭ ތަމެން ބޭނުންވުމުން ފައިސާ ޚަރަދުކުރާ ގޮތް ސިއްރުނުކުރެވޭނެއޭ އެއީ އެއްވެސް މީހެއްގެ އަމިއްލަ ތަރިކަ މުދަލެއް ނޫނޭ ތަ އަމާ ހަނދާންކުރެވިގެންތޭ މިކަން ހާމަނުކޮށްގެން އުޅެނީ ތަ އަމާ ހަދާން ކުރެވިގެންތޭ މިކަން ހާމަނުކޮށްގެން އުޅެނީ ތަ އަމާ ހަދާން ކުރެވިގެންތޭ މިކަން ހާމަނުކޮށްގެން އުޅެނީ ތަ އަމާ ހަދާން ކުރެވިގެންތޭ މިކަން ހާމަނުކޮށްގެން އުޅެނީ ތަ އަމާ ހަދާން ކުރެވިގެންތޭ މިކަން ހާމަނުކޮށްގެން އުޅެނީ ތަ އަމާ ހަދާން ކުރެވިގެންތޭ މިކަން ހާމަނުކޮށްގެން އުޅެނީ ތަ އަމާ ހަދާން ކުރެވިގެންތޭ މިކަން ހާމަނުކޮށްގެން އުޅެނީ ތަ އަމާ ހަދާން ކުރެވިގެންތޭ މިކަން ހާމަނުކޮށްގެން އުޅެނީ ތަ އަމާ ހަދާން ކުރެވިގެންތޭ މިކަން ހާމަނުކޮށްގެން އުޅެނީ ތަ އަމާ ހަދާން ކުރެވިގެންތޭ މިކަން ހާމަނުކޮށްގެން އުޅެނީ ތަ އަމާ ހަދާން ކުރެވިގެންތޭ މިކަން ހާމަނުކޮށްގެން އުޅެނީ

  4. ވަގުންނޭ

    ރާއްޖޭގައި ގަވާއިދާއި ޚިލާފަށް އުޅަެ އެންމެ ބިދޭސީ އެއްވެސް މިސަރުކާރުން ކުރި މަސައްކަތުން ފޮނުވިފައި ނެތް ސަރުކާރަށް 8 މަސްވެގެންދަނީއޭ އެއްކަމެއް ވެސް ނުކުރަނީއަެ މިކަން ހައްލުކުރަން އެންމެ ކުޑަވެގެން އެމެންނަށް މާލެ ސަރަހައްދުގައި ދަތުރުކުރާއިރު ސައްހަ ވޯރކްވިސާ ނެތް މީހުންނަށް ދަތުރުނުކުރެވޭ ގޮތް ހެދިނަމަވެސް ދުވާލަކު 100 މީހުންޖެހޭނެ ފުރުވާލަން އަހަރުދުވަސް ތެރޭ އެކަންކުރާނެ ކަމަށް ވަޒީރު ބުނިއިރު އޭނާގެ އެއްވެސް ޕްލޭނެއް ނެތޭ އެކަމުގައި

  5. ގަނެފިގަނެފި

    އަމަލުން އެބަހުރި ކަންކަން މިސަރުކާރުން ދައްކާފައި ދައުލަތުގެ ޚަރަދުތައް ހާމަކުރާނަމޭ ބުނެ ވެރިކަމަށް އައިސް އެކަން ފޮރުވީ އިންޑިއާ އިން އަޅާ ވާނުވާ ބްރިޖް ބޮލަށް ވެއްޓޭނެ ކަމަށް ރައްޔިތުން ބުނަމުންދާއިރު ދަބަރުވެ ހަލާކުވެފައިވާ ދަގަނޑުތަކުން ހަމަ ބްރިޖްހަދާ ނަގަނީ އެކަންވެސް ހާމަނުކުރި އިންޑިއާ ސިފައިން ގަންޖުފަރާސް ލައްވާފައި އެމެން ދާއިމީކޮށް ރާއްޖޭގައި ތިބެން ހުއްދަދީފި އަމަލޭ އަމަލޭ އަމަލޭ ސާބަހޭ ދައުލަތުގެ ފައިސާއިން ވޯޓްގަނެފި ގަނެފި

  6. ވަގުންނޭ

    މިސަރުކާރަކީ އެއީ ވަރަށް ބިރުވެރި ސަރުކާރަކަށްވާނެ ކަން އެއީ ޔަގީން ކަމެކޭ މިސަރުކާރު ރާއްޖޭގެ ރައްޔިތުންނަށް ވެގެންދާނީ ބިރުވެރި ހުވަފެނަށޭ ބަލަން ތިބެއްޗޭ ފުރަތަމަ މިއަހަރު ކާރޑުގެ ބާވަތް ތަކުގެ އަގު 300 ގުނަ ބޮޑުވެގެންދާނެއޭ ދެން އެއަށް ފަހު ޓެކްސް އެކި ނަންނަމުގައި ބޮޑުކުރާނެއޭ މުއިއްޒު ސަރުކާރުގެ މާލިއްޔާ އިން ވައްކަންކޮށްގެން މަޖްލީހުގެ މެމްބަރުން ވޯޓް ގަނެގެން ވެރިކަމަށް އައުން އެއީ ވައްކަންކޮށްގެން ގޮނޑިހޯދީ ދެން މީހެ ނިމުން ވަރަށްހިތިވާނެއޭ މުއިއްޒު އެއީ މުނާފިގެކޭ މުނާފިހެކޭ އެއީ ބަތާހަރާމީ ހަރާމްކޯރެކޭ

  7. ވަގުންނޭ

    ދުވެލި އަވަސް ކުރަން މަޖްލީހަށް ކުރެވޭނެ އެއްކަމެއްވެސް ނޯންނާނެއޭ އެއީ ބޮޑު އޮޅުވާލުމެއްގެ ތެރޭން ސަރުކާރުން ދައްކާ ވާހަކަތަކޭ ގާނޫނަށް ވުރެން ބާރުގަދަވާނެއޭ ރައީސްގެ ގަރާރު ތައް ގަރާރު ތައް ނެރެގެން .ާލެ ސަރަބައްދުގައި ޓެކްސީ ކުރަން އެމްޓީސީސީ އަށް ވެސް ދެވޭނެއޭ ރައްޔިތުންނަށް ލުއި ފަސޭހަ އެއްކަމެއްވެސް މުއިއްޒުގެ ސަރުކާރުން އަދި އެއް ނުކުރެއޭ ނުކުރެއޭ ނުކުރެއޭ މުޅިން ދޮގާއި މަކަރާއި ހީލަތޭ ހަދަނީދޯ.

  8. ވަގެކޭ

    މުއިއްޒު ކިހިލި އޮޅާލީ ސަރުކާރުގެ .މާލިއްޔާއިން ވައްކަންކޮށްގެން ކަން އެންމެނަށް އިނގޭއިރު މިހާރު ނޫސް ފަދަ ވަގުން ހިންގާ ނޫސްތަކުން ހިތްވަރުދޭނީ ވަގުންނަށޭ މިރާއްޖޭގެ ހަލާކަކީ މިހާރު ނޫހޭ އެމްޑީޕީ ޕީއެންއެފް ގުޅިގެން އެބަޖެހޭ މިހާރު ނޫސް ބޮއިކޮޓް ކުރަން ސަރުކާރާއި ދެކޮޅު އެއްވެސް ކޮމެންޓެއް މިހާރު ނޫހުގައި ތިބޭ ވަގު ނޫސްވެރިން ޝާއިއު ނުކުރަނީ ރައީސް އޮފީހުން ވަގު ހޯރަފުށި ޚަލީލު އަންގައިގެންނޭ މުއިއްޒު އަކީ ބޮޑުވަގެކޭ މުއިއްޒު އެއީ ބޮޑު ވަގެކޭ މުއިއްޒު އެއީ ބޮޑުވަގެކޭ