Wednesday, 28 October 2026
Advertisement
Allied Insurance (leaderboard)
ޚަބަރު

އަމިއްލަ ގޮތުން ނައިފަރު ދާއިރާއަށް ހޮވުނު ޔާސީން ޕީއެންސީއަށް!

އަމިއްލަ ގޮތުން ނައިފަރު ދާއިރާއަށް ހޮވުނު ޔާސީން ޕީއެންސީއަށް!

އާދިއްތަ ދުވަހު ކުރިއަށްދިޔަ ރައްޔިތުންގެ މަޖިލީހުގެ އިންތިހާބުގައި އަމިއްލަ ގޮތުން ނައިފަރު ދާއިރާގެ ގޮނޑިއަށް އިންތިހާބުވެވަޑައިގެންނެވި ޔާސީން އަބްދުﷲ ކޮންގްރެސް ޕާޓީއަށް ސޮއިކުރައްވައިފިއެވެ.

ޅ. އަތޮޅު ކައުންސިލް ރައީސްގެ މަގާމުވެސް ފުރުއްވަމުން ގެންދަވާ ޔާސީން ޕީއެންސީއަށް ސޮއިކުރައްވާފައިވަނީ އިއްޔެގެ ވަގުތެއްގައެވެ.

އޭނާގެ އިންތިހާބީ އޭޖެންޓު ޒަކަރިއްޔާ ރިމްޒާން ފޭސްބުކުގައި ބުނެފައިވަނީ ޔާސީން ޕީއެންސީއަށް ސޮއިކުރެއްވީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ އަރިހުގައެވެ.

Advertisement
Ooredoo — Truecaller (box)

އޭނާ ޕާޓީއަށް ސޮއިކުރީ އެއްވެސް ޝަރުތަކާ ނުލާ ކަމަށާއި ބޭނުންވަނީ ނައިފަރަށް ތަރައްގީ ގެނައުން ކަމަށް ވެސް އޭނާ ބުނެފައިވެއެވެ.

ޔާސީން ވަނީ ސަރުކާރު ހިންގާ ޕާޓީއަށް އިންތިހާބުގައި ލިބުނު ކާމިޔާބީ ފާހަގަކުރަން ބޭއްވި ހަފްލާގައި ވެސް ބައިވެރިވެފައެވެ.

ޔާސީން މި ގޮނޑި ކާމިޔާބު ކުރައްވާފައިވަނީ ކާމިޔާބު ކުރެެއްވީ ޕީއެންސީގެ ޓިކެޓްގައި ނުކުންނެވި ހައްސާން އަލިފުޅުއާ (ބާސް)އާ ގާތުން ވާދަކުރައްވައެވެ.

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް