Wednesday, 28 October 2026
Advertisement
Ooredoo — Airfibre (leaderboard)
ޚަބަރު

ދުވާފަރު ދާއިރާގެ ވޯޓު ފޮށިތައް އަލުން ގުނަން ޖެހޭފަދަ ހާލަތެއް ނެތް: އީސީ

ދުވާފަރު ދާއިރާގެ ވޯޓު ފޮށިތައް އަލުން ގުނަން ޖެހޭފަދަ ހާލަތެއް ނެތް: އީސީ

މަޖިލިސް އިންތިހާބުގައި ދުވާފަރު ދާއިރާގެ ވޯޓު ފޮށިތައް އަލުން ގުނަން ޖެހޭފަދަ ހާލަތެއް ނެތްކަމަށް އިލެކްޝަންސް ކޮމިޝަނުން ނިންމައިފިއެވެ.

އެކޮމިޝަނުގެ މެންބަރު ޙަސަން ޒަކަރިއްޔާ، ވިދާޅުވީ ދުވާފަރު ދާއިރާގައި ވޯޓުގެ ފަރަގު ކުޑަވުމުގެ ސަބަބުން ވޯޓު އަލުން ގުނުމަށް އެދި ހުށަހަޅާފައިވާ ކަމަށެވެ. ނަމަވެސް މިހާތަނަށް ބެލިބެލުމުން އެ ފޮށި އަލުން ގުނަން ޖެހޭ ހާލަތެއް ފެންނަން ނެތް ކަމަށް އޭނާ ވިދާޅުވިއެވެ.

ވޯޓު އަލުން ގުނުމަށް އެދި ހުށަހެޅީ ދުވާފަރު ދާއިރާއަށް އަމިއްލަ ގޮތުން ވާދަކުރެއްވި ކެންޑިޑޭޓް އިބްރާހީމް ޢަބްދުލްރަޙްމާނެވެ. ވަގުތީ ނަތީޖާއިން ދައްކާގޮތުގައި އޭނާއާއި އެދާއިރާގެ އިންތިޚާބު ކާމިޔާބުކުރި ކެންޑިޑޭޓާ ދެމެދު ފަރަގަކީ އެންމެ ހަތަރު ވޯޓެވެ.

Advertisement
Ooredoo — Square (box)

އެ ގޮނޑި ހާސިލް ކުރެއްވީ ކޮންގްރެސް ޕާޓީގެ ކެންޑިޑޭޓް މުޙައްމަދު ޢަލީއެވެ. އޭނާއަށް 1074 ވޯޓު ލިބިވަޑައިގެނަނެވިއިރު އިބްރާހީމް އަބްދުލްރަޙްމާނަށް ލިބިވަޑައިގަތީ 1070 ވޯޓެވެ. ދެން ވާދަކުރީ ޖުމްހޫރީ ޕާޓީން ނުކުތް، ކުރީގެ ރައީސް ޔާމީންގެ ވެރިކަމުގައި ހޯމް މިނސްޓަރުން ކުރެއްވި އަޒްލީން އަހުމަދާއި އިދިކޮޅު އެމްޑީން ނުކުތް އިސްމާއިލް އަހުމަދުއެވެ. އަޒްލީނަށް އިންތިހާބުގައި ލިބުނީ 77 ވޯޓެވެ. އިސްމާއިލް އަހްމަދުއަށް ލިބުނީ 579 ވޯޓެވެ.

 

ރިއެކްޝަން

Advertisement
Ooredoo — Truecaller (box)

ކޮމެންޓް