ޚަބަރު

"އަހާ" ގެ ތިން ވަނަ ފޯރަމް ހޯމަ ދުވަހު, ސުވާލު ފޮނުވަން ހުޅުވާލައިފި

އައިކާ ޔުނާން ، ދެން އޮންލައިން

ދައުލަތުގެ ވަޒީރުންނަށް ރައްޔިތުންނަށް ސީދާ ސުވާލުކުރެވޭ ގޮތަށް މި ސަރުކާރުން ކުރިއަށް ގެންދާ "އަހާ"ގެ ދެ ވަނަ ފޯރަމް އަންނަ ހޯމަ ދުވަހުގެ ރޭ ބާއްވަން ނިންމައިފިއެވެ.

Ads by Hajj Corporation

މި ފަހަރުގެ ފޯރަމްގައި ބައިވެރިވާނީ ދަތުރުފަތުރާ ބެހޭ ވަޒީރު މުހައްމަދު އަމީނާއި ދާހިލީ ވަޒީރު އަލީ އިހުސާނާއި މަސްވެރިކަމާ ބެހޭ ވަޒީރު އަހުމަދު ޝިޔާމާއި މައތީ ތައުލީމާ ބެހޭ ވަޒީރު ޑރ. މަރިޔަމް މާރިޔާގެ އިތުރުން ޒުވާނުންނާ ބެހޭ ވަޒީރު އިބްރާހީމް ވަހީދު ކަމަށް ރައީސް އޮފީހުން ބުންޏެވެ.

ރައީސް އޮފީހާއި ޕަބްލިކް ސާވިސް މީޑިއާ ގުޅިގެން ކުރިއަށް ގެންދާ ދެ ވަނަ ފޯރަމް އޮންނާނީ ހޯމަ ދުވަހުގެ ރޭ 08:30 ގަ އެވެ.

ރައްޔިތުންގެ ސުވާލުތައް އޭއެޗް ޖެހުމަށް ފަހު ކުޑަ ހުސްތަންކޮޅެއް ދިނުމަށް ފަހު، ސުވާލު ލިޔެ، 300 ނަމްބަރަށް ފޮނުވޭނެ ކަމަށް ރައީސް އޮފީހުން ބުނެ އެވެ.

އަހާގެ ފުރަތަމަ ފޯރަމް ބާއްވާފައިވަނީ މިދިޔަ ޖެނުއަރީ މަހުގެ ތެރޭގަައެވެ. ގިނަ އަދަދެއްގެ ރައްޔިތުން ބައިވެރިވި އެ ފޯރަމްގައި ވީޑިއޯއާއި އެސްއެމްސްގެ އިތުރުން އޮންލައިންކޮށް ވެސް ވަޒީރުންނާ ސުވާލުކޮށްފައިވެއެވެ.

އޭގެ ފަހުން ރައީސް ޑރ. މުހައްމަދު މުއިއްޒާ ސުވާލުކުރެވޭ ގޮތަށް ވެސް އަހާ ފޯރަމެއް ބާއްވާއިފައިވެއެވެ.

'އަހާ' ސިލްސިލާގެ ފޯރަމްތަކުގެ ގޮތުގައި ކޮންމެ ދެ މަހުން އެއްމަހު ވަޒީރުން ބައިވެރިވެވަޑައިގަންނަވާ އާންމު ފޯރަމްތަކެކެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!