ފުވައްމުލަކުގައި ނުރައްކާތެރި އެކްސިޑެންޓެއް، އެކަކު އައިސީޔޫގައި

ދެ ސައިކަލު ޖެހި، ފުވައްމުލަކު ސިޓީގައި ނުރައްކާތެރި އެކްސިޑެންޓުގައި ހިނގައި އެކަކަށް އައިސީޔޫގައި ފަރުވާދެމުން އަންނަ ކަމަށް ފުލުހުން ހާމަކޮށްފިއެވެ.
ފުލުހުންގެ މީޑިއާ އޮފިޝަލް ''ދެން'' އަށް ވިދާޅުވީ، ރޭ 10:48 ހާއިރު ފުވައްމުލަކުގައި ހިނގި އެ އެކސިޑެންޓުގައި ތިން މީހަކަށް އަނިޔާވެފައިވާ ކަމަށެވެ.
އެކްސިޑެންޓު ހިނގާފައި ވަނީ އެ ރަށު މައިމޫނާ ވިލާ ވާދީގެ ކައިރިން ދެ ސައިކަލު ޖެހިގެން ކަމަށް ފުލުހުން ބުންޏެވެ. އިތުރު ތަފްސީލެއް ފުލުހުން ނުދެއެވެ.
އެކްސިޑެންޓުގައި އަނިޔާވީ ތިން މީހުންނަށްވެސް ހޮސްޕިޓަލުގައި ފަރުވާދެމުންދާއިރު އޭގެ ތެރެއިން އެކަކަށް ފަރުވާދެމުން ދަނީ ހޮސްޕިޓަލުގެ އައިސީޔޫގައެވެ.
މި ތިން މީހުންގެ އުމުރު ފުލުހުން ހާމައެއް ނުކުރެއެވެ.