ޚަބަރު

ފުލުހުންގެ ނަމުގައި އޮޅުވާލައިގެން ސްކޭމް ކޯލްތަކެއް, ސަމާލުވޭ!

ރައުފާ ރަޝީދު ، ދެން އޮންލައިން

ފުލުހުންގެ ނަމުގައި އޮޅުވާލައިގެން ސްކޭމް ކޯލްތަކެއް ކުރަމުންދާތީ އެކަމަށް ސަމާލުވުމަށް ފުލުހުން އިލްތިމާސްކުރައްވައިފިއެވެ.

Ads by STELCO

ފުލުހުންގެ ތަރުޖަމާނު އަހްމަދު ޝިފާން މިއަދު ވިދާޅުވީ ދިވެހި ފުލުހުންގެ ހިދުމަތުގެ ލޯގޯ ބޭނުންކޮށްގެން ރާއްޖެއިން ބޭރުގެ ނަންބަރުތަކެއް ބޭނުންކޮށްގެން ވަޓްސްއަޕް ކޯލްތަކެއް ކުރަމުންދާ ކަމަށެވެ.

އަދި ރާއްޖެއިން ބޭރުގެ އެއްވެސް ނަންބަރަކުން އެއްވެސް މީހަކަށް ފުލުހުން ނުގުޅާނެކަމަށާއި، އެހެންކަމުން މިގޮތަށް އަންނަ ފޯނު ކޯލުތަކަށް ސަމާލުވުމަށް ޝިފާން އިލްތިމާސް ކުރެއްވިއެވެ.

ސްކޭމް މައްސަލަތައް އިތުރުވަމުންދާތީ ރައްޔިތުން ހޭލުންތެރިކުރުވުމަށް ހުޅުމާލޭ އަވައްޓެރި ފުލުހުން އިސްނަގައިގެން ސްކޭމް އެވެއާނަސް ރޯޑް ޝޯވ އެއް ވެސް ވަނީ ކުރިޔަށް ގެންގޮސްފައެވެ.

ފުލުހުން ވިދާޅުވީ މި ދުވަސްވަރަކީ ޗުއްޓީ ދުވަސްވަރު ކަމަށް ވުމާއެކު މި ދުވަސްވަހު ހާއްސަ ސަމާލުކަންދޭންޖެހޭ ކަންކަމުގެ މައުލޫމާތު އާންމުންނާ ހިއްސާކޮށްފައިވާ ކަމަށެވެ.

މީގެކުރިންވެސް ފުލުހުންގެ ނަމުގައި އެކި މީހުންނަށް ގުޅައި މަކަރާއި ހީލަތް ހަދައިގެން ފައިސާ ހޯދާ މައްސަލަތައް ފެންމަތިވެފައިވެއެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!