ޚަބަރު ރައްޔިތުންގެ މަޖިލިސް

11 ޖަހަންދެން މަޑުކުރުމަށްފަހު ކޯރަމް ހަމަނުވެގެން މަޖިލިސް ޖަލްސާ ކެންސަލް

އައިކާ ޔުނާން ، ދެން އޮންލައިން

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާ ފެށުމަށް ބޭނުންވާ ކޯރަމް ހެނދުނު 11 ޖެހިއިރު ވެސް ހަމަނުވެގެން ކެންސަލްކޮށްފި އެވެ.

Ads by MWSC

އާންމުކޮށް ހެނދުނު 09:00 ގައި ފަށާ ލައިވް މިއަދު ފަށާފައިވަނީ ލަހުންނެވެ. އެވަގުތު މަޖިލީހުގެ މިއަދުގެ ޖަލްސާގެ ރިޔާސަތުގައި އިންނެވި މަޖިލީހުގެ ރައީސް މުހައްމަދު އަސްލަމް ވަނީ ކޯރަމް ހަމަނުވުމުގެ ސަބަބުން ޖަލްސާ 10:00 ޖެހުމާ ހަމައަށް ފަސްކޮށްފައިވާކަން އިއުލާނުކޮށްފަ އެވެ.

އަސްލަމް ވިދާޅުވީ ބައެއް މެމްބަރުން ތަޅުމަށް ނުވަދެ ބޭރުގައި ތިބި ކަމަށާއި އެ މެމްބަރުން ޖަލްސާއަށް ވަންނަން ފުރުސަތު ދޭނެ ކަމަށެވެ.

ނަމަވެސް, 10:00 ޖެހިއިރު ވެސް ތަޅުމުގައި ޖަލްސާ ފެށޭ ވަރަށް މެމްބަރުން ނެތުމުން އަސްލަމް ވަނީ 11:00 އަށް އިތުރު ފުރުސަތެއް ދީފަ އެވެ.

އޭގެ ފަހުން 11:00 ޖެހިއިރު ލައިވް އަލުން ފެށުމަށް ފަހު އަސްލަމް ވިދާޅުވީ ދެ ފުރުސަތު ދިނުމަށް ފަހު ވެސް ޖަލްސާ ފެށޭ ވަރަށް މެމްބަރުން ހާޒިރުވެ ނެތުމުން ޖަލްސާ ކެންސަލް ކޮށްފައިވާ ކަމަށެވެ.

މިހާރު މި ހިނގާ 19 ވަނަ ރައްޔިތުން މަޖިލީހުގެ ފަހު ޖަލްސާ އޮންނާނީ މިމަހުގެ މަހުގެ 13 ވަނަ ދުވަހު އެވެ. މިހާރު އިންތިހާބުވެފައިވާ 20 ވަނަ މަޖިލީހުގެ އިންތިހާބީ މެންބަރުން ހުވާ ކުރުން ވެސް މި މަސް ތެރޭގައި އޮންނާނެ އެވެ. އައު މަޖިލިސް ހުވާ ކުރުން އޮންނާނީ މި މަހުގެ 28 ވަނަ ދުވަހު އެވެ.

މިދިޔަ މަހު ބޭއްވި ވިހިވަނަ މަޖިލިސް އިންތިހާބުގައި ސަރުކާރު ހިންގާ މައިޕާޓީ ޕީއެންސީން އެކަނި މަޖިލީހުގެ 66 ގޮނޑި ވަނީ ކާމިޔާބު ކޮށްފަ އެވެ. އަދި އެ އިންތިހާބުގައި އެޕާޓީއާއެކު ކޯލިޝަން ހަދާފައިވާ ޕާޓީތަކުން ހޯދި ހަތަރު ގޮނޑިއާއެކު ޖުމްލަ 70 ގޮނޑި ސަރުކާރަށް ވަނީ ލިބިފަ އެވެ.

ވިހިވަނަ މަޖިލީހުގައި 93 މެންބަރުން ތިބޭއިރު އިދިކޮޅު އެންމެ ބޮޑު ޕާޓީ އެމްޑީޕީ އަށް މިފަހަރު ލިބުނީ އެންމެ 12 ގޮނޑި އެވެ.

Ads by HDC

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!