ޚަބަރު ސަރުކާރު

އދގެ މެންބަރުކަން ފަލަސްތީނަށް ދިނުމަށް އާންމު މަޖިލީހުން ނިންމުމަކީ އެޅުނު މުހިންމު ފިޔަވަޅެއް: ރައީސް

ރައުފާ ރަޝީދު ، ދެން އޮންލައިން

އދގެ މެންބަރު ދައުލަތެއްގެ ގޮތުގައި ފަލަސްޠީނު ބަލައިގަތުމަށް އދގެ އާންމު މަޖިލީހުން ނިންމުމަކީ އިންސާފު ހޯދުމަށް ފަލަސްތީނު ރައްޔިތުން ކުރަމުންދާ މަސައްކަތުގައި ލިބުނު ކާމިޔާބެއްކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

Ads by STELCO

އެކްސްގައި ކުރެއްވި ޕޯސްޓެއްގައި ރައީސް ވިދާޅުވީ މިއަދު، އދ.ގެ ޢާންމު މަޖިލީހުގެ 10 ވަނަ ކުއްލި ޚާއްޞަ ޖަލްސާގައި، ފަލަސްޠީނުގެ ރައްޔިތުން ޢަދުލުއިންޞާފު ޤާއިމުކުރުމަށް ކުރަމުންދާ މަސައްކަތުގައި، ތާރީޚީ ކާމިޔާބީއެއް ލިބިފައިވާ ކަމަށެވެ.

އެ ސެޝަންގައި އދ.އަށް އަލަށް މެންބަރުން ވެއްދުމާ ބެހޭ ގަރާރު ފާސްކުރުމަށް ބައިނަލްއަގްވާމީ މުޖުތަމައުން އެޅި މުހިންމު ފިޔަވަޅަށް ތައުރީފު ކުރާ ކަމަށާއި ފަލަސްޠީނުގެ ރައްޔިތުންނަކީ، ޙައްޤު ކަށަވަރުކޮށްދިނުމަށް ކުރަމުންދާ މަސައްކަތުގައި ޒަމާނުއްސުރެ ކެތްތެރިކަން އިސްކުރަމުން އަންނަ ބައެެއް ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް ވިދާޅުވީ 1967 ވަނަ އަހަރުގެ ކުރީގެ ބޯޑަރުތަކާ އެއްގޮތަށް އެކުލަވައިލެވޭ، އިރުމަތީ ޤުދުސް ވެރިރަށެއްގެ ގޮތުގައި އޮންނަ، މިނިވަން މުސްތަޤިއްލު ފަލަސްޠީނުގެ ދައުލަތެއް އެކުލަވައިލުމުގެ އުންމީދުތައް ހާސިލުކުރުމަށް ކުރާ މަސައްކަތުގައި އެހީތެރިއެެއްގެ ގޮތުގައި ރާއްޖެއިން ދެމިއޮންނާނެކަމަށެވެ.

Ads by Ooredoo

މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!