Thursday, 5 November 2026
Advertisement
MWSC — SmartMeter (leaderboard)
ޚަބަރު

މަޖިލީހުގެ މި ދައުރުގެ ފަހު ޖަލްސާ މާދަމާ

މަޖިލީހުގެ މި ދައުރުގެ ފަހު ޖަލްސާ މާދަމާ

ރައްޔިތުންގެ މަޖިލީހުގެ މި ދައުރުގެ އެންމެ ފަހު ޖަލްސާ މާދަމާއަށް އެޖެންޑާކޮށްފިއެވެ.

މާދަމާގެ ޖަލްސާގައި އެޖެންޑާކޮށްފައިވަނީ މައްޗަންގޮޅި ދެކުނު ދާއިރާގެ މެންބަރު އަޙްމަދު ޚައިތަމް ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖެއަށް ފަތުރުވެރިންގެ ގޮތުގައި ޒިޔާރަތްކުރާ ފަރާތްތަކަށް ޓޫރިސްޓް ޕްރީ އެޕްރޫވަލް ވިސާ އޮން އެރައިވަލް / އިލެކްޓްރޯނިކް ޓްރެވަލް އޮތޮރައިޒޭޝަންގެ ޚިދުމަތްތަޢާރަފްކުރުމަށް ގޮވާލައި ހުށަހަޅާ ޤަރާރެވެ.

މީގެ އިތުރުން އައްޑޫ މީދޫ ދާއިރާގެ މެންބަރު ރޮޒައިނާ އާދަމް ހުށަހަޅުއްވާފައިވާ، ދިވެހިރާއްޖޭގެ ޖުމްހޫރިއްޔާގެ ޤާނޫނުއަސާސީއަށް އިޞްލާޙު ގެނައުމުގެ ބިލުގެ ބަހުސްވެސް ވަނީ އެޖެންޑާ ކޮށްފައެވެ.

Advertisement
Ooredoo — Truecaller (box)

މަޖިލީހުގެ މިހާރު ހިނގަމުންދާ ދައުރު ނިމޭނީ މޭއި 15 ގައެވެ. ނަމަވެސް މަޖިލީހުގެ ރައީސް، ހިތަދޫ އުތުރު ދާއިރާގެ މެމްބަރު މުހައްމަދު އަސްލަމް ނިންމީ ޖަލްސާތައް މޭއި 13 ގެ ނިޔަލަށް ކުރިޔަށް ގެންދިއުމަށެވެ.

ނަވާރަވަނަ މަޖިލީހުގެ ފަހު ޖަލްސާ މާދަމާއަށް އެޖެންޑާކޮށްފައިވާއިރު، ރައްޔިތުންގެ މަޖިލީހުގެ އައު ދައުރަކަށް އިންތިހާބުވި މެމްބަރުންގެ ހުވާ ކުރުން މި މަހުގެ 28 ގައި އޮންނާނެއެވެ. މެމްބަރުން ހުވާ ކުރުމުގެ އިންތިޒާމުތައް ހަމަޖެއްސުމުގެ މަސައްކަތް މަޖިލީހުގެ އިދާރާއިން މިހާރު ވަނީ ފަށާފައެވެ.

ރިއެކްޝަން

Advertisement
HDC — Sidebar (box)

ކޮމެންޓް